ފަތްޕިލާވެއްޔާ ތަރުކާރީ އަދި މޭވާފަދަ ތަކެތި ރަނގަޅަށް ނުދޮންނަނަމަ ދަގަނޑުގެ ބާވަތްތައް ހަށިގަނޑުގެ ތެރެއަށްގޮސް ނުރައްކާތެރި ޙާލަތު މެދުވެރިވޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ފަތްޕިލާވެއްޔާ ތަރުކާރީ އަދި މޭވާފަދަ ތަކެތި ރަނގަޅަށް ނުދޮންނަނަމަ ދަގަނޑުގެ ބާވަތްތައް ހަށިގަނޑުގެ ތެރެއަށްގޮސް ނުރައްކާތެރި ޙާލަތު މެދުވެރިވޭ!

އިންށާނުންގެ ލޮލަށް ނުފެނުނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ޖައްވުތެރޭގައި ދަގަނޑުގެ ބައިތައް ވަޔާއިއެކު ދައުރުކުރެއެވެ. އެކުދިކުދި އެތިކޮޅުތައް ފަތްޕިލާވެއްޔާ، ތަރުކާރީ އަދި މޭވާގައި ހަރުލައެވެ. 

ވީމާ ކޮންމެ ދުވަހަކު ހަރުލާނެ މިންވަރަށް ވިސްނައިލުމުން ބިރުގަންނަން ޖެހެއެވެ. މިޘާލަކަށް ހަފްތާ ދެހަފްތާ، މަސްދުވަސްވެގެންދާއިރު ތަތްލާފައި ހުންނާނެ މިންވަރަށް ވިސްނައިލާށެވެ! އެތަކެތި ފިލުވައިލެވެން އޮތް ގޮތަކީ ރަނގަޅަށް ދޮވުމެވެ.

ގިނަބައަކު ސައި ބުއިމަށް ލޯބިކުރެއެވެ. ސައިބުއިމުން ބައެއް މީހުންނަށް މައްސަލަތައް ކުރިމަތިވެއެވެ. އެކަމުގެ އެއް ސަބަބެއް ކަމުގައި ބެލެވެނީ ފަތް ބިނުމަށްފަހު ރަނގަޅަށް ނުދޮވެ މުގުރައި ސައިފަތަށް ހަދާކަމެވެ. އެއިރުން އޭގައި ހަރުލާފައި ހުންނަ ދަނގަނޑުގެ ބައިތައް ފިލައިގެން ނުދާތީއެވެ. 

މިބައިތަށް ހަށިގަނޑުގެ ތެރެއަށް ދިއުމާއިއެކު އެންމެ ހިމަ ނާރުތަކަށް ދަތުރުކުރެއެވެ. އަދި ކަންދިމާވާގޮތަކުން ނާރުފިތި ފަޅައިގެންދެއެވެ. އެއީ ހިތުގެ ނުވަތަ ސިކުނޑީގެ ނާރަކަށް ވެއްޖެނަމަ ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. 

ސައިފަތް އެއީ ޓީބޭގްކަމަށްވީނަމަވެސް ބޭނުންކުރަންވާނީ އިތުބާރު ހިފޭ މަރުކާތަކުގެ ސައިފަތެވެ. ފެންނަ ކޮންމެ މަރުކާއެއްގެ ސައިފަތް ގޮތް ނުބަލައި ގަންނަނަމަ މިބުނި ފަދައިން ގެއްލުން ލިބުމުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ޚާއްޞަކޮށް ކުނޑި ސައިފަތް ބޭނުންކުރާނަމަ ފުރުޞަތު ބޮޑުވެގެންދެއެވެ. 

ދެން ބުނާނީ ކުރީ ޒަމާނުގައި އެކަން މުދުވެރިނުވަނީ ކީއްވެގެން ހެއްޔެވެ؟ ނުވެސް ދޮވެ ކައި އުޅުނުއިރު އެކަންކަން ކުރިމަތިނުވަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ އެއިރު ވައި މިހާ ނުސާފެއް ނޫނެވެ. އެހެންކަމުން ވައިގެ ތެރޭގައި މިހާރު ހިމެނޭ ނުރައްކާތެރި ބާވަތްތައް އެއިރު ވައިގެ ތެރޭގައި ވަރަށް މަދުވާނެއެވެ.

 

- މަޢުލޫމާތު ޞިއްޙީ ޚަބަރު

 

 

މިއަދު އޮންލައިން