އޭގެ ޒަރީޢާއިން އަޅުގަނޑުމެން ޤަބޫލުކުރާ ހަމަތަކާ އުޞޫލުތައް ހިފެހެއްޓޭނެ. އެއުޞޫލުތައް ދޫކޮށްލާ الله سُبْحانَهُ وَتَعَالَى ޙަރާމް ކުރެއްވި ރިބާގެ މުޢާމަލާތްތަކަށް މިއޮންނަނީ ތަރައްޤީ ކުރެވިފަ، ލޯނުދޭމީހާ އެކޭ އެމީހާ އެއެއްލާ އެންކޮޅު ހީވަނީގޮހޮރަށް އެޅީމާ އަޑީގައި އަޅައިގެންފާ އިންނަ ބުޅިއެއްހެން އޭނާ ހަމަ ދޫދެނީ، މީނާ ހަމަކަނީ، ގޮސް އެންމެ އުނދަގޫވާ ގަޑީގައި ދަމައިގަންނަނީ އެހިސާބުން ފެށިގެން ދެން ނިމުނީ، ދެންހަމަ އެއްކޮށް ބާނާކަށްވެސް ނޫޅޭ އެއްކޮށް ދޫކޮށްލާކަށްވެސް ނުބަހައްޓާ ދެންހަމަ ބުޅި ނަގާފަ ބަހައްޓަނީ، އެގޮތަށް ޤައުމުތައް އަޅުވެތި ކޮށްގެން މާލީ ގޮތުން ޤައުމުތައް އަޅުވެތިކޮށްގެން އެމީހުންގެ ޢަމަލުތަކާ އުޞޫލުތަކަށް އަޅުގަނޑުމެން ފައްތުވައިގެން މުޅި ދުނިޔެ މީގެތެރޭގައި އަނބުރަމުން މިގެންދަނީ،
ރިބާގެ ތެރެއިން ﷲ ޙަރާމް ކުރެއްވި ރިބާ ރިބާއާނުލާ ކިހިނެއްހޭ ކުރިޔަށް ދާނީ ކުރިޔަށް ކޮންތާކަށްތޯ މިދަނީ ކުރިޔަކަށް ނުދޭނޫންތޯ ކުރިޔަކަށް ނުދޭ.
އަބަދުވެސް ނުފުދިގެން ނޫޅެވިގެން، ދަރަނި ބޮޑުވެގެން، މީހުންވެސް ދަރަނިވެރިވެގެންގޮއްސަ. އޭގެތެރޭގައި އަޅުގަނޑުމެން ޤަބޫލުކުރާ ހަމަތަކާ އުޞޫލުތައްވެސް ވިއްކާލީ މުސްލިމް މުޤައްދަސާ ތައްވެސް ވިއްކާލަންޖެހޭ ހިސާބަށް ދިޔައީ، އިށީދެވޭކަށްނެތް، އަތަކަށް ގުޑޭކަށްނެތް އެންމެބާރަށް ދުއްވައިގަންނަ މީހާ އެންމެ އަވަހަށް ބަންޑުން ވެއްޓޭނީ އޭނަގެ ބޮލުގަ ޕެޗް އަޅުވާފަ އެހެންވީމާ މީ ޤައުމުތައް މީހުން ހިންގާގޮތް
ދެވަނަ ސަބަބަކީ: ކީރިތި ޤުރްއާން ކިޔެވުން ނަބިއްޔާ ﷺ ބައިވަރު ދުޢާތައް އެބަހުރި ކުރައްވާފަ އަޅުގަނޑު ކުރިން ވާހަކަ ދެއްކި ނުކުތާގައި އެކަލޭގެފާނު ކުރެއްވި ދުޢާ ގެ ތެރޭގައި "الله وَزَيِّنْنَّي بِزِيْنةٍ الإيمَان وَجَعَلْنَى هُدَاةً مُبْتَدِيْن " އަހަރެމެން އީމާންކަމުގައި ޒީނަތްތެރި ކޮށްދެއްވާތޯ އަދި އަހަރެމެންނަށް ތެދުމަގު ލިބިފައިވާ އަދި އެހެންމީހުންނަށް ތެދުމަގު ދައްކާ ބައެއް ކަމުގައި ލައްވާނދޭ! އަދި އަޅުގަނޑުމެންނަށް ވިތުރީގައި ޤުނޫތު މިކިޔަނީ "اللَّهُمَّ اهْدِنِي فِيْمَنْ هَدَيْتَ " ކޮންމެވިތުރިއެއް ޤުނޫތުގައިވެސް އެބަ ދަސްކުރޭ.
ކީރިތި ޤުރްއާން، ލޮބުވެތި ޢިއްޒަތްތެރި އަޚުން، ޤުރްއާނަކީ ވަކި މައުޟޫޢު އެއް ޤުރްއާން އެއީ ﷲ ގެ ވައުދެއް وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ މިބައިމީހުން ﷲގެ ވާފަށުގައި ﷲ ގެ ދީނުގައި އެއިލާހުގެ ޝަރީޢަތުގައި ހިފާއްޓާށޭ ބައިބައި ނުވާށޭ ދެން އެވާފަށް އެއީ އަޅުގަނޑުމެން އެންމެ ގަދަޔަށް ހިފާއްޓަންޖެހޭ އެއްޗެއް ބޭރު ދުނިޔޭގައި މުސްލިމުންގެ ޢަދުއްވުންނަށް އެންމެބޮޑަށް އެންމެ ބޮޑަށް އެނގޭ އެވާފަށުގައި މުސްލިމުން ހިފާއްޓައިގެން މުސްލިމުންގެ ދަރިން ޤުރްއާން ހިތުދަސްކޮށް ޤުރްއާނުގެ މާނައެނގި ޤުރްއާނުގެ ބަހުރުވަ ދަސްކޮށް މިހެން މުސްލިމުން އުޅޭހާ ހިނދަކު މުސްލިމުން ދީނާ ދުރެއް ނުވާނެކަން. އެފޮތް ކިހިލި ޖަހައިގެން އެފޮތް ހިފައިގެން ކިޔަވަން ގޮސް އެފޮތުގެ ޝަރަޙަ ކިޔާ އެފޮތުގެ މާނަކިޔާ އެފޮތުގެ ތަފްޞީލް ކިޔާ އެޔާ ދަރިން ކައިރިވި ވަރަކަށް އިސްލާމީ އުންމަތް ދީނާ ދުރެއް ނުކުރެވޭނެ. އެއީ އޭގެ ޞައްޙަ ކަމާމެދުގައި ޚިލާފެއް ނެތް ފޮތް. ﷲ ގެ ކަލާމްފުޅު،
އެހެން އެއްޗެއް ޢިލްމުވެރިޔަކު ބުނިބަހެއް ފަހަރެއްގައި އޭގައި ސުވާލު އުފައްދަފާނެ. ނޫން ޤުރްއާން އެއީ ﷲގެ ކަލާމްފުޅު އެންމެން ޤަބޫލުކުރޭ އެއާމެދުގައި ޝައްކު އުފެއްދޭނެ ޖާގައެއް ނެތް އެހެންވީމާ މުސްލިމް ދަރީން ކީރިތި ޤުރްއާނާ ގާތްކުރުން ކީރިތި ޤުރްއާނާ މެދު ގިނައިން އެޤުރްއާން ކިޔަވާ އެހިތުދަސްކޮށް އޭގެ މާނަވެސް އެނގުން އެއީ މިއަދު އުންމަތް ސަލާމަތްވާނެ ހަމައެކަނި މަގު ލާހިކެއްނޫން އުންމަތް މިޖެހޭ އޮއިވަރުގައި ސީދާ މިސްރާބުން ކަހާނުލާ ހިފާއްޓާކަށް ﷲ ގެ ވާފަށުގައި ނުހިފަހައްޓައެއް. ކަނޑުވެގެން ބަޔަކު ދިޔައަސް ސަލާމަތްވާނީ ވަލުގާ ހިފަހައްޓައިގެން.
ﷲގެ ވާފަށް އެއީ އެވާފަށުގައި ހިފެހެއްޓީމާ މިޖެހޭ ގަދަ އޮއިގާ ސަލާމަތުގެ އައްސޭރި ޔަށް ފޯރާނީ "وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ " ތިޔަބައިމީހުން އެންމެން އެކުގައި ﷲގެ ވާފަށުގައި ހިފަހައްޓާށޭ، އެކަލާނގެ ވާފަށުގައި ހިފެހެއްޓީމާ މިހުރިހާ ކަންތައްތަކުން މީހާ ސަލާމަތްވާނެ.
ކީރިތި ޤުރްއާނުގައި الله سُبْحَانَهُ وتَعَالَى وَحِي ކުރައްވާފައިވަނީ إِنَّ هَٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ ހަމަ ކަށަވަރުން މިޤުރްއާން މަގުދައްކަވަނީ لِلَّتِي هِيَ أَقْوَمُ އެންމެ ސީދާ ވެގެންވާ މަގަށެވެ. މިޤުރްއާން މަގުދައްކަވަނީ އެންމެސީދާ ވެގެންވާ މަގަށޭ އަޅުގަނޑުމެންގެ އަތުގައި އޮތް ފޮތް ބުނަނީ އެހެންވީމާ އެނގޭ މިނޫން މަގެއް ނޯންނާނެކަން، ސީދާވެގެންވާ މަގެއް ތެދުމަގެއް ކީރިތި ޤުރްއާނުގަނޫން އެހެން މަގެއް ނޯންނާނެ.
އެޤުރްއާނާ ޚިލާފު ކޮންމެ މަގަކީ ކޮންމެ އުޞޫލަކީ ކޮންމެ ހަމަޔަކީ ބާޠިލު އެއްޗެއްކަން. އެއީ އަޅުގަނޑުމެންގެ އެޤުރްއާން އަޅުގަނޑުމެން ކައިރީގާ އެބުނަނީ " إِنَّ هَٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ " އަދި މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރުދޭ ފޮތެކެވެ. އެއީ هِيَ أَقْوَمُ އަށް އުޅޭމީހުން އެހެން އާޔަތެއްގައި އަލްމާއިދާގެ 15 އަދި 16 މިދެ އާޔަތުގައި الله سُبْحَانَهُ وتَعَالَى وَحِي ކުރައްވާފައިވަނީ "قَدْ جَاءَكُمْ مِنَ اللَّهِ نُورٌ وَكِتَابٌ مُبِينٌ " ތިޔަބައިމީހުންގެ ގާތަށް ﷲ ގެ ޙަޟްރަތުންވާ ނޫރެއް އައިސް ކިތަންމެ ކަނުއަނދިރީގައިވެސް އެނޫރުގެ ޒަރީއާއިން އަހަރެމެންނަށް އެނގޭ އެނޫރުގެ ޒަރީއާއިން ހިނގަންނޭނގޭނެ ކަނު އަނދިރިކަމެއް ދުނިޔޭގެ އެއްވެސް ޒަމާނެއްގައި ނާންނާނެ.
ކީރިތި ޤުރްއާން ކިޔަވާ އެޤުރްއާނުގެ މާނަ ދަސްކޮށްގެން އެޤުރްއާނުގެ ޒަރީޢާއިން ތެދުމަގާ ދިމާލަށް ވާޞިލު ކުރަން ހުރަސްއަޅާ އެއްވެސް އޮޅުމެއް ނާންނާނެ. އެއްވެސް އެއްވެސް މީހަކަށް އެޤުރްއާނުގެ އަހުލުވެރިން މަގެއް ނުފުރެއްދޭނެ. އެއީ ﷲ ގެ ނޫރެއް "قَدْ جَاءَكُمْ مِنَ اللَّهِ نُورٌ وَكِتَابٌ مُبِينٌ " ﷲ ގެ حضرة ން ނޫރެއް ތިޔަބައިމީހުންގެ ގާތަށް އައިއްސިއޭ، އަދި ޙައްޤާއި ތެދުމަގު ބަޔާންކުރަނިވި ފޮތެއް ތިޔަބައިމީހުންގެ ގާތަށް އައިއްސި އަޅުގަނޑުމެން އުޅެންވީ ގޮތް އެބަ ކިޔައިދޭ ދާންވީ މަގަށް އެފޮތުން އެބަ އަލިކޮށްދޭ ދާންވީގޮތް ބުނެފާ އަލިކޮށްދިނީމާ ދެން ކޯޗަކަށްތޯ ބަލަންޖެހޭނީ ،
ދާންވީގޮތް ކިޔާދީފާ އެދާންވީ މަގަށް އަލިކޮށްދިނީމާ ދެން އިތުރަކަށް ބަލަންޖެހޭ އެއްޗެއް ނޯންނާނެ. ދެން ދާންވީނޫންތޯ ކިތާބު، ފޮތް، ފޮތުން ބަޔާންކޮށްދެނީ ރަނގަޅު މަގު އަދި އޭގެ ނޫރު އަލިކަމެއް "يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ " އެއީ الله سُبحَانَه وتَعَالَى އެފޮތުގެ ޒަރީޢާއިން އެއިލާހުގެ ރުއްސެވުން ހޯދަން އެދޭމީހުނަށް ސަލާމަތުގެ މަގަށް އެކަލާނގެ މަގުދައްކަވައެވެ. "وَيُخْرِجُهُمْ مِنَ الظُّلُمَاتِ" އަދި އަނދިރި ނޭއްގާނީ ބާޠިލު މަގުތަކުން އެބައި މީހުން ނެރެދެއްވައެވެ.
އެފޮތުގެ ޒަރީޢާއިން "مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِ رَبِّهِمْ" އަނދިރިކަމުން އަލިކަމަށް އެބައިމީހުންގެ ވެރިރަސްކަލާނގެ އިޛްނަފޫޅާ އެކު އެބައިމީހުން ނެރެދެއްވައެވެ. އެފޮތުގެ ޒަރީޢާއިން "وَيَهْدِيهِمْ إِلَى صِرَاطٍ مُسْتَقِيمٍ" އަދި އެބައިމީހުންނަށް ސީދާ ވެގެންވާ މަގަށް އެފޮތް މަގުދައްކަވައެވެ. އަނދިރިކަމެއްގެ ތެރެއިން ކުރެވުނުކަމެއް ވިޔަސް އެފޮތް އަޅުގަނޑުމެންނަށް ކިޔައި ދެއްވާނެ
ނަބިއްޔާ ﷺ ސިފަކުރެވިފައިވަނީ އެހެން ނޫންތޯ އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތް تَنَقَّلَهَا على الْمَحِجَةِ وَرِضَاءَ لَيْلَهَا وَنَهَارٍهَا ،
އެކަލޭގެފާނު އަހަރެމެންނަށް ދޫކުރެއްވި ސާފު ސީދާ ހުދު ބަހެއްގައެވެ. އެބަހުގައި ރޭގަނޑާއި ދުވާލު ހަމަހަމަ ވެގެންވޭ. الْمَحِجَةً وَرِضَائِى ތިޔަބޭފުޅުން ވަލުތެރެޔަށް ވަދެގެން ހިންގަވާގޮތް ފެންނާނެ މީހުން ހިނގާހިނގާހިނގާ ހުދުވެފާ ހުންނަ މަގުފެންނާނެ. އެއްވެސްކަހަލަ ވިނައެއް އެމަގުގާ ނުހުންނާނެ. ދެފަރާތުން އޮންނާނީ އެއްކޮށް ބެދިފަ އެމަގު އޮންނާނީ ހުދުކުލައިގަ އެމަގުގަ ރޭގަނޑުގަވެސް ހިނގަން އެނގޭ، ދުވާލުގަވެސް ހިނގަން އެނގޭ އެއީ އަތަކަށް ޖެހިލާއިރު ގަސްތައް އޭނަގައި ލައިގަންނާނެ. އަތަކަށް ޖެހޭއިރަށް ފައިގަ އޭނަޔަށް އެނގޭނެ އެއީ މަގުނޫންކަން އިސްލާމް، ނަބިއްޔާ ﷺ އަހަރެމެންނަށް ދޫކުރެއްވި އެފަދަ ސާފުމަގެއް އެބަހުރޭ ރޭގަނޑާ ދުވާލު ހަމަހަމަ ވެގެންވާ.
ގަސްދުގަ މީހަކު ބުންޏޭ ބުނިއްޔާ ނޫނީ ތިމަންނައަކަށް ދާކަށް ނޭނގޭ ކިޔާފާ މަގެއް ނުފުރެދޭނެ އޭނަ އަމިއްލަޔަށް މަގުފުރެދިއްޔާ ދެންކުރާނެ ކަމެއް ނެތް އެގޮތަށް މީހާ މަގުފުރެދޭނީ އިސްލާމްގެ ހިދާޔަތް އޭނާއަށް އައުމަށްފަހު، ޖިންނީންނަށްވެސް މިކަން އެބަހުރި ކީރިތި ޤުރްއާން ގައި الله سُبحَانَه وتَعَالَى ޖިންނީންގެ ވާހަކަ ބަޔާންކުރައްވާ ފައިވަނީ إِنَّا سَمِعْنَا قُرْآنًا عَجَبًا ތިމަން މެންނަށް އަޑުއިވިއްޖޭ ޢަޖާއިބު ކުރަނިވި ޤުރްއާނެއް يَهْدِي إِلَى الرُّشْدِ އެޤުރްއާން ހިދާޔަތް ދެވި އެޤުރްއާން މަގުދައްކަވަނީ ސީދާވެގެންވާ ތެދުމަގަށެވެ.
ޤުރްއާން އަޑުއެހި ޖިންނީންގެ ޖަމާޢަތެއްގެ ވާހަކަ الله سُبحَانَه وتَعَالَى ބަޔާން ކުރައްވާފައިވޭ އަޅުގަނޑުމެން މިރޭ މިހާހިސާބުން ކުރުކޮށްލާނީ އަދިވެސް ބައެއް ސަބަބުތައް އެބަހުރި ތަންކޮޅެއް ތަފްޞީލްކޮށް ވާހަކަ ދައްކަންޖެހޭ ، މިދަރުސް ސިލްސިލާ އަޅުގަނޑުމެންނަށް ހުކުރުދުވަހަށް ރޭވިފަ އޮތީމަ އަޅުގަނޑުމެން ދަތުރުތައް ކުރަންޖެހޭ ގިނަކަމުން އަސްލުގަ ހުކުރުދުވަހުގަ އޮންނަ ފިލާވަޅު ކެންސަލްވަނީ އަތޮޅުތެރެއަށް ދަތުރު ކުރަންޖެހޭތީ، އަޅުގަނޑު ވިސްނަން ހަފްތާގެ ރެއަކަށް މިފިލާވަޅު ބަދަލުކުރަން. އޭރުން އިރާދަކުރެއްވިއްޔާ އެކަމު ހުކުރު ދުވަސް އަޅުގަނޑުމެނަށް ވަރަށް މުހިންމު ގިނަބޭފުޅުންނަށް ވަގުތު ލިބޭތީ އެހެންނަމަވެސް އަޅުގަނޑުމެން އަތޮޅުތެރޭގައި ތިއްބަވާ ބޭފުޅުން ގާތަށްވެސް އެބަ ދާންޖެހޭ ވަރަށް ދުވަސް ވެއްޖެ އަޅުގަނޑުމެން އެބޭފުޅުންނާ ގުޅުންކެނޑިގެން ތިބޭތާ ދެންނުގޮސް އަތޮޅުތެރޭގެ ދަރުސްތަކާ އެއްޗެހި އެހެންވީމާ އަޅުގަނޑު އިރާދަކުރެއްވިއްޔާ ޝެޑިއުލް ކުރާނަން ކޮށްފަ ތިބޭފުޅުންނަށް އަންގާނަން ދެން މިކޮޅުގަ ހުރެއްޖިއްޔާ އިންޝާ ﷲ ކުރިޔަށް ގެންދާނަން މެދުނުކެނޑި " ވަރަށް ބޮޑަށް ޝުކްރިއްޔާ)
- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން