ކޮންމެ މީހަކުވެސް އެމީހަކަށާ އެމީހެއްގެ މައިންބަފައިންނަށް އަދި ހުރިހާ މުއުމިނުންނަށް ކުރަން ރަނގަޅު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކޮންމެ މީހަކުވެސް އެމީހަކަށާ އެމީހެއްގެ މައިންބަފައިންނަށް އަދި ހުރިހާ މުއުމިނުންނަށް ކުރަން ރަނގަޅު ދުޢާއެއް!

ރަމަޟާން މަސް ފެށިގެން ކުރިއަށްދަނީއެވެ. އަޅުކަންކުރުން އިތުރުކޮށް ދުޢާކުރުން ގިނަކުރުމުގެ މޫސުން ބައްދަލުކުރީއެވެ! ތިމާއަށްޓަކައި ދުޢާކުރާފަދައިން މައިންބަފައިންނަށާއި ހުރިހާ މުއްމިނުންނަށްޓަކާ ދުޢާކުރުން ގިނަކުރާށެވެ! 

މިއީ އިބްރާހީމްގެފާނު ކުރެއްވެވި ދުޢާތަކުގެތެރެއިން ދުޢާއެކެވެ. އެމީހަކަށާއި އެމީހެއްގެ މައިން ބަފައިންނަށާއި އަދި އެންމެހައި މުއުމިނުންގެ ފާފަ ފުއްސެވުން އެދި މި ދުޢާކުރުން ގިނަ ކުރާށެވެ. (އިބްރާހީމް ސޫރަތުގެ 41) 

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ 

"އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބު ޤާއިމުވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިން ތަކުންނަށް ފާފަފުއްސަވާނދޭވެ!"  

މައިންބަފައިން މަރުވުމުން އެމީހުންގެ މައްޗަށް ހެޔޮލަފާ ދަރިން ކުރާ ދުޢާގެ ސަބަބުން ސުވަރުގޭގައި އެމީހުންގެ ދަރަޖަ އުފުލިގެންދެއެވެ. އެހެންކަމުން މައިން ބަފައިންގެ މައްޗަށް ވީހައި ގިނައިން ހެޔޮ ދުޢާ ކުރުމަކީ އެކަމުގެ ސަވާބު ދުޢާ ކުރި މީހަކަށްވެސް ލިބިގެންދާނެ ކަމެކެވެ.

މިއަދު އޮންލައިން