އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ.
މިއަދުގެ ސުވާލު:
ތަރާވީޙް ނަމާދުކުރާއިރު ވަކި ސޫރަތެއް ކިޔަވަން ޖެހޭނެތަ؟
އެހީ:
ތަރާވީހް ނަމާދުކުރާއިރު ޤުރްއާނުން ކޮންމެ ތަނެއް ކިޔެވިނަމަވެސް ފުދޭނެއެވެ. މަތިން ތިރިއަށްވާގޮތަށް ކިޔަވާށެވެ! ބައެއް އިމާމުން ބަޤަރާ ސޫރަތުގެ އާޔަތްތަކުން ފަށައި ކުރު ސޫރަތްތަކުން ނިންމައެވެ. ތަރާވީޙް ނަމާދަކީ ގޭގައި އެކަނިކުރަން ފަސޭހަ ނަމާދަކަށްވަނީވެސް އެސަބަބަށްޓަކައެވެ.
ތިބާގެ އީމާންތެރިކަން ގަދަވާނީ މިސްކިތުގެ ޖަމާޢަތަށް ދިއުމުން ކަމުގައިވާނަމަ އެއީވެސް މައްސަލައެއް ނޫނެވެ. ހަމައެފަދައިން ގޭގައި ކުރެވޭނެނަމަ ގޭގައި ކުރުމަކީވެސް މައްސަލައެއް ނޫނެވެ. މުހިންމީ ރަމަޟާން މަހުގެ ކޮންމެ ރެއަކުވެސް ރޭއަޅުކަންކުރުމެވެ.
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.