އެންމެ އުފަލުގަ އުޅެވެނީ ކައިވެނި ކުރެވުމުން އެންމެ ބޮޑަށް ވިސްނަންޖެހޭ ކަންތަކަށް ސަމާލުކަންދޭ މީހުންނަށް! އެއީ ކިހާބޮޑުކަމެއްކަން ޤަބޫލުކުރެވޭނަމަ ސަމާލުކަން ދެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެންމެ އުފަލުގަ އުޅެވެނީ ކައިވެނި ކުރެވުމުން އެންމެ ބޮޑަށް ވިސްނަންޖެހޭ ކަންތަކަށް ސަމާލުކަންދޭ މީހުންނަށް! އެއީ ކިހާބޮޑުކަމެއްކަން ޤަބޫލުކުރެވޭނަމަ ސަމާލުކަން ދެވޭނެ! އިން ޝާ ﷲ

ކައިވެނި ނުކޮށް ތިބޭއިރު ލޯބިވެރިން ނުވަތަ ތިމާ ލޯބިވާ މީހުން ބަދަލުކުރެވިދާނެއެވެ. ނަމަވެސް ކައިވެނި ކުރުމަށްފަހު އޮތީ އެކުގައި ޢުމުރަށް ދިރިއުޅެން މަސައްކަތްކުރުމެވެ. އިރުއިރުކޮޅުން ކައިވެނި ރޫޅާލައި ބައިވެރިޔާ ބަދަލުކުރުމެއް ނެތެވެ.  

ވިސްނާށެވެ! ތިބާގެ ވަށައިގެން އެތައް ބައަކު އެނބުރެމުން ދަނިކޮށް ވަކިމީހަކާއި ކައިވެނިކުރެވުމުން ޤަބޫލުކުރަންވީ ދެމީހުންނަށް ކައިވެނި މިކުރެވުނީ އެކަމަށް ﷲ ތަޢާލާ ރުހިވޮޑިގެންވާތީކަމެވެ. ރުހިވޮޑިގެން ނުވާނަމަ ކައިވެނި ނުކުރެވޭނެކަން އެއީ ކޮންމެ މުސްލިމަކަށްވެސް ޔަޤީންވާނެ ކަމެކެވެ.  

ރަނގަޅަށް ވިސްނާށެވެ! ފުރަތަމަ ކައިވެނިމަތީގައި ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރަނިކޮށްވެސް އެކުގައި ނުއުޅެވޭނެ ފަދަ ސަބަބެއް ކުރިމަތިވެގެން ވަކިވާންވެސް ޖެހިދާނެއެވެ. ނަމަވެސް އެކަން އެގޮތަށް މެދުވެރިވާނީ މަދު ބައަކަށެވެ.  

ދެން ބަލައިލަންވީ ދިރިއުޅުން އެންމެ އުފަލުގައި ކާމިޔާބުކުރެވުނު މީހުންށެވެ. އެއިގެ ތެރޭގައި ގިނަވާނީ ކައިވެނިކުރެވޭ ޙިސާބުން ދެމީހުން ދުވަހަކުވެސް ވަކިނުވެ އެކުގައި އުޅެން މަސައްކަތްކުރި މީހުންނެވެ.  

އެއްވެސް ޝައްކެއް ނެތެވެ. އެމީހުންގެ ކައިވެނީގައިވެސް އަޑިގުޑަންތައް ކުރިމަތިވެފައިވާނެއެވެ. ނަމަވެސް އެކަންކަމުން އަރައިގަންނަން ދެމަފިރިން އެކުގައި މަސައްކަތްކުރުމުން އަރައިގަނެވެނީއެވެ. އެގޮތަށް މަސައްކަތް ކުރުމަށް ހިތްވަރުލިބޭނީވެސް އަދި މަގުފަހިވާނީވެސް ދެމީހުންގެވެސް އަމާޒަކީ އެކުގައި ސުވަރުގެ ވަނުން ކަމަށް ބަލައިގެން މަސައްކަތްކުރާ މީހުންނަށެވެ. އެމީހުން ކުރާ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާތީއެވެ.  

ކައިވެނި ކުރެވުމުން އެންމެ ބޮޑަށް ސަމާލުކަންދޭންވީވެސް ވިސްނަން އޮތް ކަމަކީވެސް ކައިވެނި މިކުރެވުނީ ތިމާއަށް ﷲ ތަޢާލާ ދެއްވެވި ބައިވެރިޔާއާއި ކަމެވެ. އެކަމަށް ވިސްނައި ސަމާލުކަންދީފިނަމަ ޒަވާޖީޙަޔާތް ބާއްޖަވެރިވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން