އަންހެނުން ރޯދަމަހު ބަދިގޭގަ އުޅެމުން 2 ޘަވާބު ހޯދޭނެ!: ޝައިޚް ޞާލިޙް އަލް ފައުޒާން

ކިޔުމަށް ހޭދަވާނީ 1މ 3ސ
އަންހެނުން ރޯދަމަހު ބަދިގޭގަ އުޅެމުން 2 ޘަވާބު ހޯދޭނެ!: ޝައިޚް ޞާލިޙް އަލް ފައުޒާން

ޢާއިޝަތު ރަފާޙް ޢަލީ

 

މުސްލިމް އަންހެނުން ގިނަ ފަހަރަށް ބަދިގޭގައި އެކި ވައްތަރުގެ ކާއެއްޗެހި ތައްޔާރުކުރުމުގައި ގިނަ ވަގުތު ހޭދަކުރެ އެވެ. އެހެންކަމުން ރަމަޟާން މަހުގެ ބައެއް ހެޔޮކަންކަން ކުރުމުގެ ފުރުޞަތު ގެއްލިގެންދެއެވެ. އެކަމަނާއަށް ހެޔޮކަމެއް ވޭހެއްޔެވެ؟  ނުވަތަ އޭނާގެ ކެއްކުމަށް ހެޔޮކަމެއް ލިބޭ ހެއްޔެވެ؟ މީހަކު ޝައިޚާ ސުވާލު ކުރިއެވެ. 

ޝައިޚްގެ ޖަވާބުގައި ވިދާޅުވަނީ: އާދެ، އެކަމަނާއަށް އެކަމުގެ ސަވާބު ލިބޭނެއެވެ. ސަބަބަކީ އެކަމަނާ ރޯދަވެރިންނަށް ކާއެއްޗެހި ތައްޔާރުކުރައްވަމުން ގެންދަވާތީއެވެ. އަދި އެއީ، تقوى ވެރިވުމާއި، تقوى ވެރިވުމުގައި އެއްބާރުލުން ދިނުމުގެ ސަބަބުންނެވެ.

އަދި ކެއްކުމާއި ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި ﷲ ތަޢާލާގެ މަތީން ހަނދުމަކުރުމާއި، ތަސްބީޙަ (سبحان الله)، ތަޙްލީލް (الحمد لله) ތަކްބީރު (الله أكبر) ކިޔުމަކުން މަނައެއް ނުކުރެއެވެ.  

އަދި އެކަމަނާ ކީރިތި ޤުރްއާނުން ހިތުދަސްކޮށްފައިވާ ބައިން ކިޔެވުމަކަށްވެސް މަނައެއް ނުކުރެއެވެ.

ކެއްކުމަކީ ﷲ ތަޢާލާގެ މަތީން ހަނދުމަނެތިކޮށްލާ އަދި އެކަލާނގެއަށް ޛިކުރު ނުކުރެވޭ ކަމެއް ނޫނެވެ.

މިއަދު އޮންލައިން