ކީރިތި ޤުރުއާނަކީ ހަނދުމަކުރުމަށް ފަސޭހަ ފޮތެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކީރިތި ޤުރުއާނަކީ ހަނދުމަކުރުމަށް ފަސޭހަ ފޮތެއް-

ތަޢާލާ ވަޙީކުރެއްވެވިއެވެ. 

﴿وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ﴾

މާނައީ: "ހަމަކަށަވަރުން ތިމަންއިލާހު ޤުރުއާން ހަނދުމަކުރުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭ ހެއްޔެވެ؟" 

سورة القمر ގައި މި އާޔަތް 4 ފަހަރު ތަކުރާރުކުރައްވާފައިވެއެވެ.  

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ 

"އެއިލާހު (ކީރިތި ޤުރުއާން) ހަނދުމަކުރުމަށް ފަސޭހަކޮށްދެއްވުމުގައި، ތިން ގޮތަކުން ފަސޭހަކޮށްދެއްވާފައިވެއެވެ.  

ފުރަތަމައީ: އޭގައިވާ ލަފްޒުތައް ހިތުދަސްކުރުމަށް ފަސޭހަކޮށްދެއްވާފައިވުން 

ދެވަނައީ: އޭގެ މާނަ ފަހުމުވުމަށް ފަސޭހަކޮށްދެއްވާފައިވުން 

ތިންވަނައީ: އޭގައިވާ އަމުރުފުޅުތަކާއި ނަހީތަކަށް ޢަމަލުކުރުން ފަސޭހަކޮށްދެއްވާފައިވުން" 

[الـصواعـق الـمرسلـة (1 / 331)]

 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން