ޠަބީޢަތް ރަނގަޅުވީމާ ނަމާދުކުރަން ތިބޭ މީހުންގެ ޠަބީޢަތަށް ގާތީ ރަނގަޅު ބަދަލެއް ނައުން! ދުވަހެއް ދުވަހަކަށް ގޯސްވުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޠަބީޢަތް ރަނގަޅުވީމާ ނަމާދުކުރަން ތިބޭ މީހުންގެ ޠަބީޢަތަށް ގާތީ ރަނގަޅު ބަދަލެއް ނައުން! ދުވަހެއް ދުވަހަކަށް ގޯސްވުން!: މުފްތީ މެންކް

ޠަބީޢަތަކީ ވަދަލުވާ އެއްޗެކެވެ. ޠަބީޢަތް މާނަ މިކުރަނީ މޫޑަށެވެ. މޫޑާއި ގުޅުވައިގެން ނަމާދުކުރަން ފަސްޖެހޭ މީހާގެ މޫޑު ދުވަހަކުވެސް ރަނގަޅުނުވެދާނެއެވެ. އެހެނީ މޫޑް  ރަނގަޅުވާން އޮތީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ކަމަށްވާތީއެވެ. އެކަލާނގެ އެމީހަކު އެހާލަތުން ސަލާމްތަކޮށްދެއްވެވުމުން ކަމަށްވާތީއެވެ.   

ބައެއް މީހުންނަށް ހިތްދަތިކަން ލިބުމުން ނުވަތަ ތަކްލީފެއް އުފުލަންޖެހުމުން މީސްތަކުންނާއި ވާހަކަދެއްކުން ހުއްޓާލައެވެ. އެކަހެރިވެ އުޅެން ފަށައެވެ. އެއީ އެގޮތަށް ކަންކަން ކުރުމުން އެމީހަކަށް ހިތްހަމަޖެހުން ލިބޭތީއެވެ.  

އެފަދަ މީހުންނަށް ބުނެލަން އޮތީ ކިތަންމެ ބޮޑު ހިތްދަތިކަމެއްގައި އުޅެންޖެހުނަސް، ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނަސް ދުރުނުވެވޭނެ އެއް ކަމެއް ވެއެވެ. އެއީ ތިބާގެ ނަމާދެވެ. ފިރިހެނަކު ނަމަ މިސްކިތަށްގޮސް ޖަމާޢަތުގައި ނަމާދުކުރުމެވެ. އަންހެނަކު ނަމަ ގޭގައި ނަމާދުކުރަން އަވަސްވެގަތުމެވެ.  

ދެންވެސް މިބުނެދެނީ އެގޮތަށް އެކަންކުރަންޖެހޭ ސަބަބެވެ. އެ ސަބަބަކީ ބަންގީގައިގޮވައިލެވޭ ގޮވާލެވުމެވެ. "ކާމިޔާބުލިބިގަތުމަށް އަންނާށެވެ!" ތިބާއަށް ކުރިމަތިވެފައިވާ ހުރިހާ ކަމަކަށް ކާމިޔާބު ދެއްވެވޭނެ ހަމައެކަނި ފަރާތުން އެއަންގަވަނީ ކާމިޔާބުލިބުމަށްޓަކައި އަވަހަށް އައިސް ނަމާދު ކުރުމަށެވެ.  

އެހެންކަމަށްވާއިރު އެކަން އެގޮތަށ ނުކޮށް ކާމިޔާބު ލިބިގަނެވޭނީ ކިހިނަކުން ހެއްޔެވެ؟ ވީމާ ކިތަންމެ ބޮޑު، ކިތަންމެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވީ ނަމަވެސް ނަމާދަށް ފަރުވާކުޑަނުކުރާށެވެ.  

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. "މިވަޤުތު މޫޑެއް ނެތެވެ. ގައަކު ވަރެއް ނެތެވެ. ފަހުން ނަމާދުކޮށްލާނީއެވެ." މިހިރީ ހައްތާވެސް ޝައިޠޯނާގެ ކިބައިން އަންނަ ވަސްވާސްތަކެވެ. ނަމަނަމަ މިފަދަ މަޅިތަކުގައި ނުޖެހޭށެވެ. ހިތްވަރުކޮށްފައި ނަމާދުކުރަން މަސައްކަތްކުރާ މީހާއަށް އެކަމަށް ﷲ ތަޢާލާ ހިތްވަރުދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން