ރަމަޟާންމަހު ރަވާތިބް ސުންނަތްކުރަން ސަމާލުކަންދީފިނަމަ އެކަން އާދަވެ ފަހުން ކުރެވޭނެ ސުވަރުގެއިން ބޮޑު ގަނޑުވަރެއް ލިބޭނެ މީހަކަށް ވެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ރަމަޟާންމަހު ރަވާތިބް ސުންނަތްކުރަން ސަމާލުކަންދީފިނަމަ އެކަން އާދަވެ ފަހުން ކުރެވޭނެ ސުވަރުގެއިން ބޮޑު ގަނޑުވަރެއް ލިބޭނެ މީހަކަށް ވެވިދާނެ!

ރަވާތިބް ސުންނަތުގެ 12 ރަކްޢަތް ނުކުރެވޭ މީހުން ވަރަށް ގިނައެވެ. ކުރިއަށް މިދާ ރަމަޟާންމަހުގައި އެކަމަށް ނިކަން ސަމާލުކަންދީބަލާށެވެ! އިން ޝާ ﷲ އެއިރުން މަސްނިމޭއިރު އެކަން ހުންނާނީ އާދަވެފައެވެ. ސުވަރުގެ ގަނޑުވަރެއް ދެއްވަވާނެ މީހަކަށް ވެވިފައެވެ. އިން ޝާ ﷲ

މިހާރުވެސް ނުކުމެ ބަލައިބަލާށެވެ! އެންމެ ގިނަ ބައަކު އަވަދިނެތި އުޅޭނީ ދިރިއުޅޭނެ ގޮދޮރު ނުއެޅިގެން އެކަންކުރެވޭނެ މަގެއް ފެނޭތޯއެވެ! ގެއަޅާނެ ފައިސާ ހޯދޭތޯއެވެ. ވީހައި ފުރިހަމައަށް ގެއެއް އެޅޭތޯއެވެ. މި ޙަދީޘްފުޅުގެ މަތިން ހަނދާންކުރަނީވެސް މަދު މީހެކެވެ.

“From Umm Habibah radhiyallahu ‘anha, Wife of the Prophet sallallaahu’ alaihi wa sallam, he said:

I heard the Prophet sallallaahu ‘alaihi wa sallam said: A Muslim performs a sunnah prayer which is not obligatory, for Allah, (as many as) twelve rak’ahs in each day , Allah will build for him a house (palace) in heaven. “(Later) Umm Habibah radhiyallahu ‘anha said,” After I heard this hadith I never left the prayers. “ (From the Book of Riyadhussalihin)

"ރަވާތިބު ސުންނަތަކީ ފަރުޟުނަމާދުތަކުގެ ތެރެއިން ބައެއް ނަމާދުތަކުގެ ކުރިންނާ ފަހުން ކުރުމަށް އައިސްފައިވާ ސުންނަތް ނަމާދުތަކެކެވެ. މިއީ ސުންނަތްކަން ގަދަވެގެންވާ ނަމާދު ތަކެކެވެ. ރަވާތިބު ސުންނަތުގެ އަދަދަކީ ބާރައެވެ. އެ 12 ރަކްޢަތް ކުރުންމަތީގައި ދެމިހުރުމަކީ ﷲ ތަޢާލާ އެމީހަކަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވަވާނެ ކަމެއްކަން މިޙަދީޘްފުޅުން އެނގިގެންދެއެވެ.

އެއީ ފަތިސްނަމާދުގެ ކުރިން ކުރާ 2 ރަކްޢަތާއި، މެންދުރުނަމާދުގެ ކުރިންކުރާ 4 ރަކްޢަތާއި، މެންދުރުނަމާދުގެ ފަހުން ކުރާ 2 ރަކްޢަތާއި، މަޢްރިބް ނަމާދުގެ ފަހުން ކުރާ 2 ރަކްޢަތާއި އަދި ޢިޝާ ނަމާދުގެ ފަހުން ކުރާ 2 ރަކްޢަތެވެ. والله أعلم”

މުހިންމީ ދުނިޔޭގައި އުޅެލަން ލިބޭ މަދު ދުވަސްކޮޅު އުޅޭނެ ބޮޑު ގެއެއް ހެއްޔެވެ؟ ނޫނީ ސުވަރުގެއިން ގަނޑުވަރެއް ހެއްޔެވެ؟ އަހަރެމެން ކޮންމެ މީހަކީވެސް ސުވަރުގެ ވަނުމަށް މަސައްކަތްކުރާ މީހެކެވެ. އެހެންކަމަށްވާއިރު ސުވަރުގެއިން ގަނޑުވަރަކަށް އެދިގެން މަސައްކަތްނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ނަމާދަށް ކުޑައިރުކޮޅެއް ކުރިން ގޮސް އިހު ސުންނަތްކޮށްލާށެވެ. އަދި ނަމާދު ނިމުމުން ނުކުންނަން އަވަސްވެ ނުގަނެ ފަހު ސުންނަތްވެސް ކޮށްލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން