މީސްތަކުންނޭވެ! ޖާފަތުގެ ބޮޑުމިނަށް ނުބަލާށެވެ! ތިބި ޢިއްޒަތްތެރިންގެ ސައިޒަށް ނުބަލާށެވެ! ﷲ ތަޢާލާއަށްވުރެ މަތިވެރިކަންބޮޑު އެހެން އެއްވެސް ފަރާތެއް ނުވެއެވެ. ވީމާ ކަނައަތުން ކާން އަމުރު ކުރެއްވެވި ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވާށެވެ! އަދި ތިއަތަނުގައި ނަމަވެސް ތިއަ ކަނީވެސް ﷲ ތަޢާލާ ދެއްވެވި ރިޒުޤެވެ.
ދަރިންނަށް ރިވެތި އަދަބުތައް ދަސްކޮށްދިނުމުގެ ގޮތުންނަމަވެސް އޫވިޔަސް، ސަމުސާވިޔަސް ވައަތުން އަނގައަށްލާން ދަސްކޮށްނުދޭށެވެ. އެކަން އެގޮތަށް ދަސްކޮށްދީފިނަމަ ކުއްޖާ މުޅި ޢުމުރުގައި އެފާފަކުރިޔަސް އެކަމުން ބައެއް ދަސްކޮށްދިން މީހާއަށް އެޅޭނެއެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކޮންމެ ކަމެއް ކާފިރުން ކުރާ ގޮތަށް ކުރަން އުޅެން ހަދައިގެން ކެއުމުގައި ވައަތުން އަނގައަށް ކާއެއްޗެތިލައިގެން ކެއުންވެސް މިހާރު މިވަނީ ތަހްޒީބީ ކަމަކަށް ހަދައިފައެވެ. މިޘާލެއްގެ ގޮތުން ބުނެލާނަމެވެ. ކަނައަތުން ވަޅީގައި ހިފާފައި ވައަތުން އުލުގައި ހިފާފައި ކުކުޅުގެ މަސް ވަޅިން ނައްޓުވާފައި ވައަތުގައި އޮންނަ އުލަށް ހަރައިގެން ނަގައި އަނގައަށްލުމަކީ މިހާރު ޢާންމު ކަމެކެވެ.
މިކުރެވެނީ ކިހާބޮޑު ނުބައިކަމެއް ކަމާއިމެދު ވިސްނައި ހޭލުންތެރިވަމާތޯއެވެ! ވައަތުން އެއްވެސް އެއްޗެއް އަނގައަށް ލައިގެން ކެއުމުން އެއެއްގޮތްވެވެނީ ސީދާ ޝައިޠޯނުންނާއިއެވެ. ހަމައެއާއިއެކު ރިޒުޤް ދެއްވަވަނީ ﷲ އެވެ. ﷲ ރިޒުޤް ދެއްވެވުމުން ޙަރާމް ގޮތުގައި ކަމުން ﷲ ގެ ޙަޟްރަތުން ރިޒުޤަށް އެދުނީމާ ދެކޮޅުޖެހޭ ހެއްޔެވެ؟
މިޙަދީޘްފުޅު ތިބާއަށް ހަމަ ނުއެނގެނީހެއްޔެވެ؟
ބައެއް ޖާފަތްތަކުގައި އަދ ރެސްޓޯރަންޓްތަކާއި ގޭގައިވެސް އުލާއި ސަމުސާ ބޭނުންކޮށްގެން ކަމުއެވެ. ކޮންމެ ތަނެއްގައި ކެއިނަމަވެސް ކިތަންމެ ގިނަ ބައެއްގެ ތެރޭގައި ކައިހެދިނަމަވެސް ކާތަކެތި ވައަތުން އަނގައަށްލައިގެން ނުކާށެވެ! އެއީ ޙަރާމް ކަމެކެވެ.
"ވާއަތުން ކައިބޮއި ހެދުމަކީ ޙަރާމް ކަމެކެވެ. އެއީ އެކަން ނަބިއްޔާ صلى الله عليه وسلم ވަނީ ނަޙީކުރައްވާފައެވެ. އަދި ވާއަތުން ކެއުމަކީ ޝައިޠާނާގެ ޢަމަލެއްކަމުގައިވެސް ވަނީ ބަޔާންކުރައްވާފައެވެ. والله أعلم"
--ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް