ލޯބުވެތި އެކުވެރިންނޭވެ! ރޯދައަށް ތިބެ ދައްކަންވާނީ ހެޔޮ ވާހަކަތަކެވެ. ކަންފަތުން އަޑުއަހަންވާނީ ހެޔޮލަފާ ރަނގަޅު ވާހަކަތަކެވެ. ލޮލުން ބަލަންވާނީ މުސްލިމުން ބެލުން ހުއްދަ މަންޒަރުތަކެވެ. މުސްލިމުންނަށް ކުރަން ހުއްދަ ކަންކަން ކުރާތަނެވެ.
މިކަންކަމަށް ސަމާލުކަން ނުދެވޭނަމަ ރޯދަ ހިފުމުގެ ބޭނުމުގައި ކިތަންމެ ގިނަ ވަޤުތަކު ނުކައި ނުބޮއި ހުރިނަމަވެސް އެކަމުން އެމީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން ޙަދީޘްފުޅުތަކުން އެނގެން އެބަ އޮތެވެ.
ވީމާ އަހުރެމެން ހިފާ ރޯދައަކީ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ރޯދައަކަށް ހެދުމަށްޓަކައި ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ. ތިމާގެ އަތާއި ދުލުގެ ނުބައިކަމުން މީސްތަކުން ސަލާމަތްކުރަންޖެހޭ ފަދައިން މިބުނި މަގުން ކަންފަތާއި ދެލޯވެސް ސަލާމަތްކުރަން އެބަޖެހެއެވެ.
ނުަރަނގަޅު ވާހަކަ ދެއކުމަކީ ފާފައަކަށްވާ ފަދައިން ނުރަނގަޅު އަޑުތައް އެހުމަކީވެސް ކުރެވޭ ފާފައެކެވެ. ނުރަނގަލު ކަންކަން ކުރުމަކީ ފާފައަކަށްވާފަދައިން ނުރަނގަޅު ކަންކަން ކުރާތަން ބެލުމަކީވެސް ކުރެވޭ ފާފައެކެވެ. ވީމާ ތިމާ ހިފާ ރޯދަ ރޯދައަކަށް ހެދޭނީ މިކަންކަމަށް ސަމާލުކަންދީގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ސަމާލުކަން ދިނުން މުހިންމު ބައެއް ކަންކަން:
އެންމެ ޒަމާނީ ހެދުން ލައިގެން ހުރި ވަރަށް ސިފަރިތި އަންހެނަކު ނުދައްކައި ދަގަނޑު މޮހޮރެއްވެސް އިޝްތިހާރުނުކުރެވޭ ފަދައިން މިޔުޒިކާއި ނުލައި ކުރެވޭ އެއްވެސް ކަމެއް މިހާރަކު ނެތެވެ. ކުޅިވަރެއް ކުޅެވެނީވެސް މިޔުޒިކާއި ލައިގެންނެވެ. ކުޅިވަރަށް ސަޕޯޓްކުރެވެނީވެސް މިޔުޒިކާއިލައިގެންނެވެ. ޝައިޠޯނާއަށް އޭތީގެ ބެރުދުންމާރި ފުމެދީގެންނެވެ. ކަސްރަތުކުރެވެނީވެސް، ފަތާ ކްލާސް ހިންގެނީވެސް ހަމަ މިޔުޒިކާއި ލައިގެންނެވެ. ވީމާ މިޔުޒިކާއި ނުލައި ކުރެވޭ އެއްވެސް ކަމެއް ނެތް ޙާލަތަށް ކަންކަން މިވަނީ ގޮސްފައެވެ.
މިޔުޒިކާއެކު ހުރިހާ ޕްރޮގްރާމްތަކެއް ފޮނުވާ ޓީވީޗެނެލްތައް ބަލަން އަބަދު ތިބުމަކީ ކޮންކަހަލަ ކަމެއްކަން ދަސްކޮށްލަމާތޯއެވެ!
- އާދެ! މިޔުޒިކް އިވޭގޮތަށް ކަންތައް ކުރުމަކީ އެއީ ރަނގަޅު ކަމެއްނޫން، އެ ސަބަބަކީ މިޔުޒިކް އޭގެ ޒާތުގައި އެއީ އިސްލާމް ދީނުގައި ހުއްދަކުރައްވާފައިވާފައިވާ އެއްޗެއްނޫން، ދެން ޓީވީން ރަނގަޅު ޕްރޮގްރާމްތައް މިސާލަކަށް ދީނީ ދަރުސެއް ނޫނީ ޤްރުއާން ކިޔެވުން ނުވަތަ ޤްރުއާން ކިޔަވަން ދަސްކޮށް ދިނުން ނުވަތަ ނަމަދު ކުރަން ދަސްކޮށްދިނުން އެކަހަލަ އެއްޗެހި އަންނަކަމަށް ވަނީނަމަ ޓީވީ އަޅުވާފައި ބެހެއްޓުމަކީ ރަނގަޅުކަމެއް.
އެހެން ނޫންނަމަ ހަމަ ވިސްނަންޖެހޭނެ ޓީވީ އެގޮތަށް އަޅުވާފައި ބެހެއްޓުމަކީ ރަނގަޅު ކަމަކަށް ނުވާނެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ޓީވީން މިޔުޒިކްގެ އަޑު އަންނަނަމަ ޓީވީ ވާނީ މިޔުޒިކަލް އިންސްޓްރޫމަންޓަކަށެވެ. އެއިރުން ފެތޭނީ މިޙަދީޘްފުޅަށެވެ.
Hadhrat Abu Maalik Ash'ari (radhiyallahu anhu) says that he heard Rasulullah (sallallahu alayhi wasallam) say: "Most certainly, there will be in my Ummah people who will make lawful fornication, silk, liquor and musical instruments." (Bukhaari)