އައިޖީއެމްއެޗްއިން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އައިޖީއެމްއެޗްއިން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް އިން ދެމުންގެންދާ ޚިދުމަތްތައް ހަރުދާނާކުރުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް އެހޮސްޕިޓަލްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެގޮތުން މިބައްދަލުމުގައި މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކަފުޅުގައި އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިއު ކުޑަކުރުމާއި، އައިޖީއެމްއެޗްގެ ސްޕެޝެލިސްޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ކުރިއަށްދާ އައުޓްރީޗް ޕްރޮގްރާމްތައް މިހާރަށްވުރެ ފުޅާކޮށް ގެންދިއުމަށް މިނިސްޓަރ ވަނީ އިރުޝާދު ދެއްވާފައެވެ.

އަދި އައިޖީއެމްއެޗް އިން ފޯރުކޮށްދޭ ޚިދުމަތްތަކާއި އެޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ވީހާވެސް ސާފުކޮށް، ރައްޔިތުން އިޙްތިރާމްކުރާ އަދި ބަލައިގަންނަ ތަނަކަށް އެހޮސްޕިޓަލް ހެދުމަށްޓަކައި ކަސްޓަމަރ ކެއަރގެ ޚިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މީގެއިތުރުން އައިޖީއެމްއެޗަށް 75 އެނދު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ނުވަތަ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ފަށާފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ހޮސްޕިޓަލަށް އޮތް ޑިމާންޑާ އެއްވަރަށް ޚިދުމަތްފުޅާކޮށް، އެޑްމިޓްކޮށް ޚިދުމަތްދޭ ފަރާތްތަކަށް ދެމުންދާ ޚިދުމަތް ހަރުދާނަކުރުމަށްޓައި 75 އެނދު އިތުރުކުރުމަށް ވަކި އޭރިއާއެއް އެހޮސްޕިޓަލުގައި ދަނީ ތަރައްގީކުރަމުންނެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން