ޢާއިޝަތު ރަފާޙް ޢަލީ
މިއީ ވަކިން ޚާއްޞަކޮށް އަންހެނުންނަށް ދެވޭ ނަޞޭޙަތެކެވެ.
އެއީ އެކަނބަލުންގެ އަންހެން ދަރިން ތަރުބިއްޔަތުކުރުމުގައި އަޅާލުމާއި، މަޑުމައިތިރިކަމާއި، ރިވެތި އަޚްލާޤާއި، ލަދުވެތިކަމާއި، ހިޖާބުގެ މަތީގައި ތަރުބިއްޔަތުކުރުމަށް ސަމާލުކަން ދިނުމެވެ.
އަދި ހިލޭ ފިރިހެން ކުދިންނާ އެއްވުމާއި، އެމީހުންނާއި ދުރުގައި ތިބުމެވެ. އަދި ފިރިހެން ކުދީންނާއި އެއްވެގެން އުޅޭ އެފަދަ މީހުންނާއި ދުރުހެލިވުމެވެ.
އެއީ އިސްލާމީ އުންމަތުގެ ތަރުބިއްޔަތާއި ޘަޤާފަތުގައި ވެސް ވާގޮތުގައެވެ.
ހަމަކަށަވަރުން، އެގެއަކީ، ސީދާވެގެންވާ، تقوى ވެރި އަންހެނުންގެ ގެއެއްކަމުގައިވާނަމަ، އަދި تقوى ވެރި ފިރިހެނުންގެ ގެއެއްކަމުގައިވާނަމަ، تقوى ވެރި صالح أمّة އެއް އެގެއިން ގެނެސްދެއެވެ.
ޝައިޚްގެ މިނަޞޭޙަތްފުޅުގައިވެސް ބަޔާންކުރައްވަވާފައި އެވަނީ ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދިނުމަކީ ތަޤްވާވެރި މަންމައާއި ބައްޕަގެ މައްޗަށް އޮތް އެންމެ ބޮޑު އެއް މަސްއޫލިއްޔަތުކަމެވެ. ދަރިން ބޭނުންވާހައި ބައަކާއިއެކު ބޭނުންހައި ގޮތަކަށް އުޅެން ދޫކޮށްލުމަށްފަހު ރަނގަޅު މަގަށް އަނބުރައި ގެނައުމަކީ ޢާންމުކޮށް ކުރެވޭ ކަމެއް ނޫނެވެ. ވީމާ އެންމެ މުހިންމު ކަމަކީ ދަރިންނަށް ފުރަތަމަވެސް ހަރުދަނާ ތަރުބިއްޔަތެއް ދިނުމެވެ.