ބައިވެރިޔާދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ކުރާނެހާ ކަމެއް ކުރަން ރުހި ފުރުޞަތުދިނުމަކީ މީހާ މާޔޫސްވެ ބަލިކަށިވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ބައިވެރިޔާދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ކުރާނެހާ ކަމެއް ކުރަން ރުހި ފުރުޞަތުދިނުމަކީ މީހާ މާޔޫސްވެ ބަލިކަށިވާނެ ކަމެއް!

ދެމަފިރިން އެކުގައި ދިރިއުޅެމުން އަންނައިރު ދޫދޭންޖެހޭ ކަންކަން ހުންނާނެއެވެ. އެކަންކަމަށް ދޫދޭންވެސްވާނެއެވެ. ނަމަވެސް އެއިގެ މާނައަކީ ކުރާނެހައި ކަމެއް ކުރުމަށް ރުހިގެން ހުރުމެއް ނޫނެވެ. އެއީ ދެމަފިރިން ކުރެ އެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ!  

ކައިވެނިކުރުމުގެ ކުރިންވެސް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތަކާއިބެހޭގޮތުން މަޝްވަރާކުރުމެވެ. ރުހެވޭނެ ކަންކަމާއި އެއްގޮތަކަށްވެސް ނުރުހެވޭނެ ކަންކަން ކަނޑއަޅައި އެކަންކަމަށް މަޝްވަރާކުރަންވާނެއެވެ.  

އެއިގެ އިތުރުން އެކުގައި އުޅޭއިރުވެސް ބައިވެރިޔާގެ ކިބައިން ތިމާ ނުރުހޭ ކަންކަން ފެންނަމަ އެކަމުގެ ވާހަކަ ދައްކަންވާނެއެވެ. އެފަދަ ކަންކަން ތަކުރާރުނުކުރަން ބުނަންކެރެންވާނެއެވެ. ތަކުރާރުކޮށްފިނަމަ އަޅާނެ ފިޔަވަޅުވެސް އަންގަންޖެހޭނެއެވެ.  

އެކަންކަން އެނގުމުންވެސް ބައިވެރިޔާ ނުރުހޭ ކަންކަން ކުރާނަމަ އެއިގެ މާނައަކީ ބައިވެރިޔާއާއިމެދު އެއްވެސް ޝައުޤުވެރިކަމެއް ނެތްކަމެވެ. ކޮންމެ ފިޔަވަޅެއް އެޅިނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަމެވެ. މިއީ ބައިވެރިޔާއަށް ދެވޭނެ އެންމެ ނުރަނގަޅު އެއްމެސެޖެވެ.  

މިފަދަ މެސެޖެއް ލިބިއްޖެނަމަ ދެވަނަ ވިސްނުމަކަށް ދިއުމަށް އަވަސްވެގަންނާށެވެ! ސަބަބަކީ ދޫދީގެން ގިނަ ދުވަސްވާވަރަކަށް އެއީ ޙަޔާތުން ނަގައިލެވޭ މުހިންމު ދުވަސްތަކެކެވެ. އަދި އެދުވަސްތަކުގައި އެކަންކަމަށް ވިސްނަމުން ގޮސް މީހާ ނަފްސާނީ ގޮތުން ބަލިކަށިވުންވެސް އޮންނާނީ ދާދި ގާތުގައެވެ.  

ދެވަނަ ކައިވެނީގައި އުފަލުގައި ދިރިއުޅެން އެޅޭ އެންމެ ބޮޑު އެއް ހުރަހަކަށްވަނީވެސް މިބުނި ފަދައިން މީހާ ނަފްސާނީ ގޮތުން ބަލިކަށިވުމެވެ. ވީމާ އެޙާލަތުން ސަލާމަތްވެ ހުރުމަށް އަބަދުވެސް ސަމާލުކަންދޭންވާނެއެވެ. ސަމާލުކަންދޭން ކުރަން އޮތް ކަމަކީ އަޅަންޖެހޭ ފިޔަވަޅުތައް އެކަމުގެ ވަޤުތުގައި އެޅުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން