ﷲ ގެ ޙަޟްރަތުން ވާގިއެދެމުން ޙާޞިލުކުރަން މަސައްކަތްކުރިކަމެއް ކާމިޔާބު ނުވިޔަސް ދެރަނުވާށެވެ! ލައްވަވާ ރަޙްމަތް މާބޮޑުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ﷲ ގެ ޙަޟްރަތުން ވާގިއެދެމުން ޙާޞިލުކުރަން މަސައްކަތްކުރިކަމެއް ކާމިޔާބު ނުވިޔަސް ދެރަނުވާށެވެ! ލައްވަވާ ރަޙްމަތް މާބޮޑުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންނަށް އެންމެ ފައިދާކުރާނީ ކޮން ގޮތަކުންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ. ވީމާ އެމީހަކަށް އެންމެ ބޮޑަށް ފައިދާކުރާނީ އެހެން ޢިލްމަކުންކަން، ނުވަތަ އެހެން ފަންނަކުން ކުރިއަށް ދިއުމުންކަން އެމީހަކަށް ނުއެނގުނު ނަމަވެސް އެކަންކަން މާމޮޅަށް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.  

ވީމާ ތިމާ ބޭނުންފެންވަރުގައި ފާސްނުވުމުން ސްޓްރީމް ބަދަލުކުރަންޖެހުން ނުވަތަ އެހެން ފަންނަކުން ކުރިއަށްދާން އެޖެހެނީ އެގޮތުން ކުރާނެ ފައިދާ މާބޮޑުވީމާ ﷲ ތަޢާލާ މިންވަރުކުރެއްވެވި ގޮތް ކަމަށް ޤަބޫލުކުރާށެވެ. އެއީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާ ތިބާކުރި ދުޢާތައް ޢިޖާބަ ނުކުރެވެވުމެއް ނޫނެވެ. އެއީ ޢިޖާބަ ކުރެއްވެވުން ކަމަށް ދެކޭށެވެ.  

ދަންނަ މީހުންގެ ތެރެއިން މިބުނި މަގުން ބަލައި ވިސްނައިފިނަމަ މިދެއްކި ވާހަކައަކީ ތެދެއްކަން ޤަބޫލުކުރެވޭނެ އެތައްކަމެއް ފެންނާނެއެވެ. އެތައް ބައެއްގެ ކާމިޔާބީ ގުޅިފައިވަނީ އެމީހުން ކުރިއަށްދާން ބޭނުންވި މަގުން ނޫންކަން އެނގޭނެއެވެ. ވީމާ ތިމާއެންމެ ބޭނުންވާ ގޮތަށް ކަންކަން ނުވުމުން ﷲ ތަޢާލާގެ ރަޙްމަތާއިމެދު ޝައްކު ނުކުރާށެވެ. އެޗައކު އުފައްދުވާ ޝައިޠޯނާ އާއި ދުރުހެލިވާން މަސައްކަތްކުރާށެވެ.  

މިޘާލެއްވެސް ބުނެލާނަމެވެ!  

އަހަރެމެން ކިޔަވަނީ އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދާށެވެ. އެކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ތިބާކުރިއެވެ. ރަނގަޅު ނަތީޖާއެއް ދެއްވެވުން އެދި ދުޢާވެސް ކުރިއެވެ. މިދެކަންތައް ކުރުމުންވެސް ތިބާ ބޭނުންވި ފެންވަރުގައި ފާސްނުވީއެވެ.  

އެޙާލަތުގައި ބައެއް މީހުންނަށް ވިސްނެނީ އެމީހުން ކުރި ދުޢާ ޢިޖާބް ނުކުރެއްވެވީކަމަށެވެ. އެގޮތަށް ވިސްނި މުސްތަޤްބަލް ގެއްލުނީ ކަމަށް ޤަބޫލުކޮށް ﷲ ތަޢާލާގެ ރަޙްމަތާއިމެދުގައިވެސް މާޔޫސްވެއެވެ. ނުބައި މަގުތަކުންވެސް ކުރިއަށްދާން ފެށެއެވެ. މިއީ މީހަކަށް ކުރެވޭނެ އެންމެ ދެރަކަންތަކެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން