ކިތަންމެ މޮޅު ކާހިނަކު ކިތަންމެ މޮޅަށް ސިޙުރުހަދާފައި ކިތަންމެ ބާރުގަދަ ޝައިޠޯނުން ފޮނުވިޔަސް ފޫއަޅުވައި ނުލެވޭނެ އައްޑަނަ ހިފައިގެން ހުންނަ މީހަކާ ވައިވެސް ނޭޅެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 36ސ
ކިތަންމެ މޮޅު ކާހިނަކު ކިތަންމެ މޮޅަށް ސިޙުރުހަދާފައި ކިތަންމެ ބާރުގަދަ ޝައިޠޯނުން ފޮނުވިޔަސް ފޫއަޅުވައި ނުލެވޭނެ އައްޑަނަ ހިފައިގެން ހުންނަ މީހަކާ ވައިވެސް ނޭޅެވޭނެ! އިން ޝާ ﷲ

ސިޙުރުވެރިންނާއި ސިޙުރިންގެ ގާތަށް ގޮސް ސިޙުރު ހައްދުވާ މީހުން ގިނަވުމުން މިހާރު އެބޮޑު ފާފައަށް މާކެޓް ނެތް ޤައުމެއް ނެތެވެ. ނެތްތަނެއް ނެތެވެ. އެހެންކަމުން ގިނަ ބައަކަށް ތިބެންޖެހިފައިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އެހެންވެ އެންމެ ގިނައިން ކުރެވޭ އެއް ސުވާލަކީ ސިޙުރުން ސަލާމަތްވެ ހުރެވޭނެ ގޮތެކެވެ. 

މިސުވާލަށް އަހުރެން ފުރަތަމަ މިދެނީ އަހުރެންގެ ދުލުން ތަކުރާރުކުރިނަމަވެސް އަހުރެންގެ ބަހަކުން ނޫނެވެ. މިވަޤުތު ރަސިޔާގައި ހުރި އެންމެ ބޮޑު ކާހިނު އަންހެނާގެ ބަހުންނެވެ. "ކިތަންމެ ވަރަކަށް، ކިތަންމެ ވަރުގަދައަށް ސިޙުރު ހެދިނަމަވެސް ޖައްސުވަން އެންމެ އުނދަގޫވަނީ މުސްލިމުން ކޮންމެ ދުވަހަކު އަޅުކަމުގެ ގޮތުގައި އެކުރާ ކަންކަން ކުޜާ މީހުންނަށެވެ. އެމީހުން ތިބެނީ ގުއްބެއްގެ ތެރޭގައެވެ. ކިތަންމެ ބާރުގަދަ ޝައިޠޯނުން ފޮނުވިޔަސް އެމީހުންނާއި ހަމައަކަށް ނުދެވެއެވެ. އެމީހުން އަތުލައެއް ނުގަނެވެއެވެ."

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

އަޅުގަނޑަކީ ރަށެއްގައި ދިރިއުޅޭ އަންހެނަކީމެވެ. ކަންދިމާވި ގޮތުން ދިރިއުޅެންޖެހިފައިވަނީ 3 ދަރިންނާއިއެކު އެކަންޏެވެ. ބައެއް ރޭރޭ ވަރަށް ބިރުގަންނަން ޖެހޭ ކަންކަން ދިމާވެއެވެ. ވައިނުޖެހޭ ރޭރޭވެސް ދޮރުގެ ބިއްލޫރި ތެޅިދާނެއެވެ. ބަލައިލާއިރު ހިޔަނިފަދަ އެއްޗެތި ފެންނަހެންވެސް ބައެއް ފަހަރު ހީވެއެވެ. 

އަޅުގަނޑަށް އެނގޭ މީންވަރުން ރައްކައުތެރިކަން ހޯދަން މަސައްކަތްކުރަމެވެ. މިފަދަ ޙާލަތެއްގައި ހަށިރައްކައުތެރިކަން ކތެވިދާނެކަމެއް ވިދާޅުވެދެއްވިދާނެތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލަށް ވަރަށް ސާފު ޖަވާބެއް ތިރީގައިވާ ލިޔުމުން ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

އަހަރެން މިހާރު ރުޤްޔާއެއް ނުކުރަމެވެ. އެއީ އެކަމަށް ހޭދަކުރަންޖެހޭ ވަގުތު ގިނަވުމުން ބޭނުންވާ އެންމެންނަށް ކޮށްނުދެވޭތީއެވެ! އަދި އެހައި ގިނަ ވގުތުތައް ހޭދަކުރަންޖެހުމުން ޢާއިލީގުޅުންތަކަށްވެސް ބުރޫއަރާތީއެވެ.

އަހަރެން ރުޤްޔާކުރި ދުވަސްވަރު ރޭގަނޑު ނިދަން އޮށޯތުމުން ނިދި ނުނިދި އޮންނަވަގުތު ކިތަންމެ ރެއަކު ބޮޑު ބިޔަ ކަޅުހިޔަންޏެއް އަންނަކަން އިޙްޞާޞްކުރެވެއެވެ. ހަމަލޮލަށްވެސް ފެންނަ ފަދައިންނެވެ. ނަމަވެސް ކޮންމެ ރެއަކުވެސް  އެހިޔަންޏަށް އާދެވެނީ ވަކިހިސާބަކަށެވެ. ޖެހެނީ ހުއްޓޭށެވެ!

އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި ރޭގަނޑު ކިޔަންޖެހޭ ޛިކުރުތައް ކިޔައިގެން އޮންނާތީ އަހަރެންނާއި ކައިރިނުވެވެނީއެވެ. އެ ޝައިޠޯނާ އާއި އަހަރެންނާއި ދެމެދަށް ﷲ ތަޢާލާގެ ޚާއްޞަ ބާރުފުޅަކުން ހުރަސްއަޅުއްވަވަނީއެވެ. އެ ހުރަސް ނައްތައިލުމުގެ ބާރު އެއްވެސް ޝައިޠޯނަކަށް ވެސް ލިބިގެނެއް ނުވެއެވެ. (އެއްވެސް މަޚްލޫޤަކަށް ލިބިގެނެއް ނުވެއެވެ)

ހެނދުނާއި ހަވީރު ކުރުސި، އިޚްލާޞް، ފަލަޤް، ނާސް ކިޔަމުންގެންދާށެވެ. އަދި ނިދުމުގެކުރިން ވެސް ކުރުސިއާއި ދެންވެސް ކިޔަވަންހުރި ޛިރުތައް ކިޔަވާށެވެ. އިޚްލާޞް، ފަލަޤް، ނާސް ސޫރަތް ކިޔަވައި އަތަށް ފުމެ މުޅި ހަށިގަނޑުގައި އުނގުޅާށެވެ. މިޙަދީޘްފުޅަށް ޢަމަލުކުރާށެވެ 

حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا الْمُفَضَّلُ، عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، عَنْ عُرْوَةَ، عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا ‏{‏قُلْ هُوَ اللَّهُ أَحَدٌ‏}‏ وَ‏{‏قُلْ أَعُوذُ بِرَبِّ الْفَلَقِ‏}‏ وَ‏{‏قُلْ أَعُوذُ بِرَبِّ النَّاسِ‏}‏ ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلاَثَ مَرَّاتٍ‏.‏ 

Narrated 'Aisha: 

Whenever the Prophet () went to bed every night, he used to cup his hands together and blow over it after reciting Surat Al-Ikhlas, Surat Al-Falaq and Surat An-Nas, and then rub his hands over whatever parts of his body he was able to rub, starting with his head, face and front of his body. He used to do that three times. 

Saheeh Bukhari: 5017

އެއިރުން އެއްވެސް ޝައިޠޯނަކަށް ތިބާ އާއި ކައިރިވެސް ނުވެވޭނެއެވެ. އިން ޝާ ﷲ

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން  

މިއަދު އޮންލައިން