ރަމަޟާން މަސް ފެށުނީންސުރެ ގިނަގިނައިން ކުރަން އޮތް 3 ދުޢާއެއް: ޝައިޚް މުޙައްމަދު ބާޖޫރް

ކިޔުމަށް ހޭދަވާނީ 2މ 29ސ
ރަމަޟާން މަސް ފެށުނީންސުރެ ގިނަގިނައިން ކުރަން އޮތް 3 ދުޢާއެއް: ޝައިޚް މުޙައްމަދު ބާޖޫރް

ޢާއިޝަތު ރަފާޙް ޢަލީ

 

ރަމަޟާން މަސް ފެށުނީންސުރެ ގިނަގިނައިން ކުރަން އޮތް 3 ދުޢާއެއް ވެއެވެ. 

ފުރަތަމަ ދުޢާއަކީ: 

رَبَنَّا اَعْتِقْ رِقَابَنَا مِنَ النَّار 

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ކަނދުރާތައް ނަރަކައިން ސަލާމަތްކޮށްދެއްވާނދޭވެ.

O my lord free our necks from the fire

ރަމަޟާން މަހުގެ ކޮންމެ ރެއެއްގައި މިދުޢާ ކުރާށެވެ. ރަމަޟާން މަހުގެ ފަހު ދިހަ އަކަށް ދުޢާ ކުރަން މަޑުނުކުރާށެވެ. 

ދެވަނަ ދުޢާ: 

الَّلهُمَّ بَلٍّغْنَا لَيْلَةُ القَدْرِ

ޔާ ﷲ! އަޅަމެންނަށް ލައިލަތުލް ޤަދްރް ޙާޞިލްކޮށްދެއްވާނދޭވެ.

Oh allah let us reach laylathiul gadr 

ފުރަތަމަ ދުވަހުން ފަށާގެން ދުޢާ ކުރަމުން ގެންދާށެވެ! ފަހު ދިހައެއްގައި ހަމައެކަނި ދުޢާކުރަން މަޑުނުކުރާށެވެ. އެއީ އެރޭގެ ޘަވާބާ ދަރުމަ ޙާޞިލްކުރަން ހުރިހާ އެންމެންވެސް ކަންތައް ކުރަން އޮތް ގޮތެވެ. ނަމަވެސް އަޅުގަނޑުމެންނަށް ކަންތައް ކުރެވެނީ އެއާ ޚިލާފަށެވެ. (ދުޢާކުރުން ފަސްކުރެވެނީއެވެ.) 

ތިންވަނަ ދުޢާ: 

رَبَّنَا تَقَبَّلۡ مِنَّآۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން މިކަން (ހިފާ ރޯދައާ ކުރާ އަޅުކަން) ޤަބޫލްކޮށްދެއްވާނދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

Our lord accept this from us indeed you are the hearing the knowing

"މިއަޅާގެ ޢަމަލުތައް ޤަބޫލުފުޅު ކުރައްވަވާނދޭވެ!" މިދުޢާއަކީ ކޮންމެ ހެޔޮ ޢަމަލެއް ކުރުމަށްފަހުގައިވެސް ކުރަން އޮތް ދުޢާއެކެވެ. އެހެނީ ކުރާ ހެޔޮ ޢަމަލުތަކުގެ ފައިދާކުރާނީ އެކަމެއް ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުމުންނެވެ.

 

- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން

 

 

 

 

Third dua

Rabbanaa thagaabal minnaa innaka antha sameeul aleem

Our lord accept this from us indeed you are the hearing the knowing

Ya allah accept the stuffs that I am doing

Ya allah please I know I am behind

I know its not much but please ya allah I beg u accept

 

މިއަދު އޮންލައިން