ނަމާދުކުރާއިރު ލޯމަރައިގެން ހުރުމާމެދު އިމާމް އިބްނު ބާޒު رحمه اللهގެ ބަސްފުޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ނަމާދުކުރާއިރު ލޯމަރައިގެން ހުރުމާމެދު އިމާމް އިބްނު ބާޒު رحمه اللهގެ ބަސްފުޅު-

އަލްއިމާމް އިބްނު ބާޒު رحمه الله ވިދާޅުވިއެވެ.

"ލޯ މަރައިގެން ހުރެ ނަމާދު ކުރުމަކީ، ޢިލްމުވެރިންގެ އަރިހުގައި މަކްރޫހަ ވެގެންވާ ކަމެކެވެ. އެހެނެއްކަމަކު އޭނާގެ ނަމާދު ޞައްޙަ ވާނެއެވެ. ބައެއް ބޭކަލުން ދެކެލައްވާ ގޮތުގައި ލޯމެރުމަކީ ޚުޝޫޢަތްތެރިކަން އިތުރުކޮށްދޭ ކަމެއްނަމަ، ނަމާދުގައި ލޯމެރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބޮޑަށް ރަނގަޅު ގޮތެއް ކަމުގައި ބެލެވެނީ ނަމާދުގައި ލޯމަރައިގެން ނުހުރުމެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވާ ގޮތުގައި ލޯ މެރުމަކީ ޔަހޫދީން ކުރާކަމެކެވެ."

ނަމާދުކުރާ މީހާ ބެލުން ސުންނަތްވެގެންވަނީ ސަޖިދަ ޖަހާ ތަނަށެވެ. ކިރިތި ރަސޫލާ صلى الله عليه وسلم ނަމާދު ކުރައްވާހިނދު، ސަޖިދަ ޖައްސަވާ ތަނަށް ބައްލަވން ހުންނަވާކަމުގައި ރިވާވެގެންވެއެވެ. والله أعلم

ބައްލަވާ:

https://www.binbaz.org.sa/noor/6198

--ޝައިޚް ޙަސން މޫސާ ފިކުރީ

މިއަދު އޮންލައިން