ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ސިޙުރަކާއި ނުލައިވެސް ޖިންނިއެއް އިންސާނެއްގެ ހަށިގަނޑަށް ވަދެދާނެއެވެ. އެއީ އެމީހާއަށް ކުރެވޭ ކަމަކުން ނުވަތަ އެނޫންވެސް ގޮތަކުން އެމީހާއާއި އަވަލައިގެންނެވެ. ނަމަވެސް ގިނަ ފަހަރަށް އެގޮތަށް ކަންތައް މެދުވެރިވަނީ ސިޙުރުގެ ސަބަބުންނެވެ.
މިއީ ހިނގަމުންދާ ކަމެއްކަން ޔަޤީންނުކުރެވޭތީ ބައެއް ކިޔުންތެރިން އުފައްދުވާ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ
އެއީ އަހަރެމެން ކިޔަވަން މަދީނާގައި ތިބި ދުވަސްވަރެވެ. ކްލާސްތަކުގެ އިތުރުން އަހަރެން ދިއައީ ޝައިޚެއްގެ އަރިއަހުން ރުޤްޔާ ވެސް ދަސްކުރަމުންނެވެ.
އެއްދުވަހަކު ހެނދުނު ކައރީގައި ހުރި އެޕާޓްމަންޓެއްގައި ތިބޭ ދަރިވަރުން ފޯނުކޮށްފައި ވަރަށް އަވަހަށް އެ އެޕާޓްމަންޓަށް ގޮސްދިނުމަށް އެދުމުން ދިއައިރު ދަރިވަރަކު އޮތީ ތަޅުގަނޑުގައެވެ. އޭނާގެ ގައަށް ބާރުއަރައި ގޮތްގޮތްވެއެވެ. އެހެންކަމުން ޖިންނިއެއް އަވަލާފައިވާކަން އެނގުނެވެ.
އެވަގުތާއި ހަމައަށް ރުޤްޔާކުރުމަކީ އަހަރެންކުރިކަމެއް ނޫނެވެ. އަހަރެންނަކީ ހަމައެކަނި ދަސްކުރާ ދަރިވަރަކީމެވެ. އެހެނަސް މަންޒަރުފެނުމުން އެނގިހުރިމިންވަރުން ދަރިވަރު ސަލާމަތްކުރެވޭތޯ ކިޔަވަންފެށީމެވެ. ހަމަތެދަށް ބުނަމެވެ. ދެންމެވީކަމެއްފަދައިން ހަނދާން އެބަހުއްޓެވެ. އޭނާގެ ގައިގައި އަތްލައި ކިޔަވަން ފެށުމުން ޖިންނި ހަށިގަނޑުގެތެރޭގައި ދެކޮޅަށް ދުވާތަން ފެނުނެވެ. މިބުނަނީ ޖންނި ފެނުނުވާހަކައެއް ނޫނެވެ. އެއްފަޅިން ފުއްޕާފައި އެ ފުއްޕިތަން ތިރިވެ މައްޗަށް އަރާތަން ފެނުނެވެ.
އެގޮތަށް ހަށިގަނޑުގެ ތަންތަން ފުއްޕައި އަމިއްލައަށް ދުއްވުމަކީ އެއްވެސް މީހަކަށް ކުރެވޭެ ކަމެއް ނޫނެވެ. ޤުރްއާން ކިޔަވަމުން ފުއްޕާފައި ހުންނަ ދިމާގައި އަތްލުމުން މައްޗަށް އަރައިގެންދެއެވެ. މަތިން އަތްލުމުން ތިރިއަށް ފައިބައެވެ.
ދެގަޑިއެއްހައިއިރު އެމަސައްކަތުގައި އުޅުނުތަނާ ދަރިވަރަކު އެންމެންނަށް މެންދުރުގެ ކެއުން ގެނައުމުން އެންމެން އެކުގައި ކާންފެށިއެވެ. އަހަރެންވެސް ކާންފެށީމެވެ. ނަމަވެސް ޖިންނި އުނދަގޫވެފައިއިން ކުއްޖާ ކާކަށް އެއްބަހެއް ނުވިއެވެ. ބަނޑުހައި ނުވާކަމަށް ބުނެ ކަމެއްގައި އިށީނދެގެން އިނީއެވެ.
ދަރިވަރެއްގެ އަތުން ބަތްސުވަލެއް ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. އެ ނުނަގައި އެދަރިވަރު ދެވަނަފަހަރު ކާއެއްޗެތިނަގަންދިއަތަނީ ނުކައި ކަނުގައި އިން ދަރިވަރު ދުވެފައި އައިސް އޭނާގެ ވައަތުން އެބަތްސުވާ ނަގައި ކައިލިއެވެ. މިވީ ކިހިނަކުން ހެއްޔެވެ؟ ފުރަތަމަ ކަމަކަށް ދަރިވަރު ނުކައި އެއިނީ އަހަރެމެން ބިސްމިﷲ ކިޔައިގެންކާތީއެވެ! ދެވަނަ ކަމަކަށް ފެނިގެން އެދިއައީ ކާއެއްޗެއް ވެއްޓުނު ނަމަވެސް ނަގައި ށާފުކޮށްލައިގެން ކެއުމަށާއި ނުކައިފިނަމަ ޝައިޠޯނާ އެތަކެތި ކާނެކަމަށް އޮތް ޙަދީޘްފުޅުގެ ތެދުކަމެވެ. އޭނާ އެ ޢަމަލުކުރީ އޭނާގެ ކިބައިގައިވާ ޝައިޠޯނާ ބޭނުންވާ ގޮތަށެވެ. ސުވާނަގައި ޝައިޠޯނާއަށް ކާންދިނީއެވެ.
އެދުވަހު ކުރެވުނު އިތުރު ތަޖުރިބާއެއް އަހަރެން ބުނެލާނަމެވެ. އެއީ އަލަށް އިސްލާމްވެގެން ކިޔަވަން އައިތާ ވަރަށް ކުޑަދުވަސްކޮޅެއްވީ ދަރިވަރެކެވެ. އޭނާއަށް އެއިރަކު ދީނުގެ އަާސްވެސް ނުއެނގޭނެއެވެ. ޝައިޚުންގެ ނަންފުޅުތަކެއްވެސް ނުއެނގޭނެއެވެ. ޝައިޚް ޢުޘައިމީން އަކީ ކިހައިވަރެއްގެ ބޭކަލެއް ކަމެއްވެސް ނުއެނގޭނެއެވެ.
އިމްތިޙާނުކުރުމުގެ ގޮތުން އަހަރެން ބުނީމެވެ. "ޝައިޠޯނާއެވެ! ކަލޭ އޭނާ ދޫކޮށް ނުދާނަމަ އަހަރެންގެ އުސްތާޛް ޝަންޤީތީ އަށް ގުޅައިގެން މިގެނުވަނީއެވެ." އެވަގުތު ދަރިވަރު ވަގުތުން އެކަމަށް ދެކޮޅުހަދައި އުސްތާޛް ނުގެނައުމަށް ބުންޏެވެ.
ދެން އަހަރެން ނަމެއް ހަދާލާފައި "ޝައިޚް ސްޕްރިންގ" ގެންނާނެކަމަށް ބުނީމެވެ. އޭނޢަށް އެކަން ކަމަކަށް ނުވިއެވެ. ފެށީ ހޭށެވެ! ދެން އަހަރެން (އަވަހާރަވެފައިވާ) ޝައިޚް އިބްން ޢުޘައިމީން ގެންނާނެ ކަމަށް ބުނީމެވެ. އޭނާގެ މޫނުމަތިން ފެނުނީ މަލާމާތްކުރުމެވެ. ނުބައި ހިންޏަކުން ހޭންފެށިއެވެ. ބުނާފަދައެވެ. "މަރުވެފައިވާ މީހުން ގެނެވޭ ހެއްޔެވެ؟"
މިއީ އަހަރެންނަށް ފުރަތަމަ މިފަދަ ތަޖުރިބާއިން ބައެކެވެ.
--ޑރ. ޔާސިރު ޤާދީގެ ދަރުސަކުން