ޔޫއެން ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި ދިވެހިރާއްޖެ ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ޔޫއެން ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި ދިވެހިރާއްޖެ ބައިވެރިވެއްޖެ

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ އޮނަރަބަލް ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންނެވި ޔޫއެން ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަރުގަދަކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވިއްޖެއެވެ.

މި ސަމިޓުގައި މިނިސްޓަރ ޠާރިޤް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްމަންޓް އިތުރުކުރުމާއި، އަމާންކަން ޤާއިމުކުރުމާއި، އަދި ގްލޯބަލް ޓޫރިޒަމް ރެސިލިއަންސް ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުނު މި މުހިންމު ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމުގައި ފާހަގަކުރެވެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން