ހަނދުމަކޮށްދިނުމެއް!: އަންހެނުން ގޭގަ ނަމާދުކުރާއިރު ޤަމަތް ދިނުމުގެ ޙުކުމް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހަނދުމަކޮށްދިނުމެއް!: އަންހެނުން ގޭގަ ނަމާދުކުރާއިރު ޤަމަތް ދިނުމުގެ ޙުކުމް-

ގޭގައި ނަމާދުކުރެވެން ނެތިގެން މިސްކިތަށް ދިއަ ނަމަވެސް ގިނަ އަންހެނުން މިހާރު ނަމާދުކުރަނީ ގޭގައެވެ. އެހެންކަމުން ބައެއް ކަންކަން އިތުރަށް އޮޅުންފިލުވަން ބޭނުންވެގެން ގިނަބައަކު އުޅެއެވެ. 

އެގޮތުން ގިނަ ބައަކު ގޭގައި، އަންހެނުން އެކަނި ނުވަތަ އަންހެނުންގެ ޖަމާޢަތެއްގައި  ނަމާދު ކުރާއިރު ބަންގި ގޮވާ ޤަމަތް ދިނުމުގެ ޙުކުމާއި މެދު ސުވާލުކުރާތީ މިގެނެސްދެނީ އެކަމުގެ ޙުކުމް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ 

الحمد لله والصلاة والسلام على رسوله ، أما بعد : 

"ގޭގައި، އަންހެނުން އެކަނި ނުވަތަ އަންހެނުންގެ ޖަމާޢަތެއްގައި  ނަމާދު ކުރާއިރު ބަންގި ގޮވާ ޤަމަތް ދިނުމުގެ ޙުކުމާއި މެދު ޢިލްމުވެރިންވަނީ ޚިޔާލު ތަފާތުވެފައެވެ. ދަލީލުތަކުގެ މައްޗަށް ބަލާއިރު އެންމެ ބުރަވެވޭ ގޮތަކީ ބަންގި އާއި ޤަމަތަކީ އަންހެނުން އެކަނި ނުވަތަ އަންހެނުންގެ ޖަމާޢަތެއްގައި ނަމާދު ކުރާއިރު އެމީހުންނަށް ކުރުން ހުއްދަ (މުބާޙު) ކަމެކެވެ. ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ލިބިގެންވާކަމެކެވެ. 

ވީމާ އަންހެނަކު ޤަމަތް ނުދީ ނަމާދު ކުރިއަސް އޭގެ ސަބަބުން ނަމާދަކަށް އެއްވެސް އުނިކަމެއް ނުލިބޭނެއެވެ. الله أعلم.

 

- ޝައިޚް ޚްޖުތަބާ ޙަމީދު

 

ކޮންމެ އަޅުކަމެއް ކުރުމުގައިވެސް ބަލަންވީ އުނިކަމެއް ނައިސް ފުދުމަކަށް ނޫނެވެ. ލިބޭ ޘަވާބު ވީހައި އިތުރުވުމަށެވެ.

 

މިއަދު އޮންލައިން