ދަރިފުޅު ނަމާދުކުރަން ފޫހިވާ ދުވަސްދުވަހު ދަރިފުޅާއިމެދު ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދަރިފުޅު ނަމާދުކުރަން ފޫހިވާ ދުވަސްދުވަހު ދަރިފުޅާއިމެދު ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

ބައެއް ކުދިންގެ ގާތުގައި ނަމާދުކުރަން ނުބުނި ނަމަވެސް އަމިއްލައަށް އިސްނަގައިގެންވެސް ފަރުޟް 5 ނަމާދުކޮށްފާނެއެވެ. އަނެއްބައި ދުވަސްދުވަހު ނަމާދުކުރަން އެތައް ފަހަރަކު ބުނަންވެސް ޖެހިދާނެއެވެ.  

އެކަން އެގޮތަށް އެދިމާވަނީ ކުދިންގެ ޠަބީއަތަށް އަންނަ ބަދަލުގެ ސަބަބުންނެވެ. މިފަދަ ކަމަކާއި ހުރެ ކުދިންދެކެ ރުޅި އައިސް ނުބައި ބަސްތައް ނުބުނާށެވެ! ހިތްވަރު އެލޭފަދަ ކަންކަން ނުކުރާށެވެ! ޚާއްޞަކޮށް ނަމާދު ވާޖިބުނުވާ ޢުމުރުގައި ނަމާދުކުރުމާއިމެދު ކުދިން މާޔޫސްނުވާ އެއްވެސް ކަމެއް ނުކުރާށެވެ!  

ވިސްނައިލާށެވެ! އަހުރެމެންނަކީ ނަމާދު ވާޖިބުވެގެން ތިބި ބޮޑެތި މީހުންނެވެ. އަހުރެމެންގެ ޠަބީޢަތަށްވެސް އެފަދަ ބަދަލުތައް އައުދެއެވެ. ގަދަކަމުން ހިތްވަރުކޮށްލައިގެން ނަމާދުކުރަންޖެހޭ ދުވަސްތައް ބައްދަލުކުރަނީ މަދަކުން ނޫނެވެ. ވީމާ ކުދިންނަށްވެސް އެފަދަ ގޮތްތައް މެދުވެރިވާނެކަން ޤަބޫލުކުރަންވާނެއެވެ.  

ކުއްޖަކު ނަމާދުކުރަން ފަސްޖެހޭ ދުވަހެއް ނަމަ ހިތްވަރުދޭށެވެ. ނަމާދުކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމާއި ސްކޫލުގެ އިމްތިޙާންތަކުން ރަނގަޅު ނަތީޖާއެއް ލިބޭނީވެސް ނަމާދުކުރުމުންކަން ވިސްނައިދޭށެވެ. އަދި ކުއްޖާ ބޭނުންވެގެން ހުންނަ ކަންކަން ފާހަގަކޮށް އެކަންކަން ޙާޞިލުކުރަން މަގުފަހިވާނީވެސް ނަމާދުކުރުމުންކަން ވިސްނައިދޭށެވެ!  

އެއާއި ޚިލާފަށް ކުދިންދެކެ ރުޅިއައިސް ނުބައި ބަސްތައް ބުނާނަމަ ކުދިންގެ ހިތުގައި ނަމާދުކުރުމަށް ނަފްރަތު އުފެދުންވެސް އޮންނާނީ ދާދިގަތުގައެވެ. އެއިރުން ލިބޭނެ ދެރަ މާބޮޑުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން