ކައިބޮއިހެދެނީ ޙަލާލްތަކެތިކަން ޔަޤީންކުރައްވާ! އަނގައަށް މީރު ބައެއް އުފެއްދުންތަކުގަ ޙަރާމް ބާވަތްތައް ހިމެނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ކައިބޮއިހެދެނީ ޙަލާލްތަކެތިކަން ޔަޤީންކުރައްވާ! އަނގައަށް މީރު ބައެއް އުފެއްދުންތަކުގަ ޙަރާމް ބާވަތްތައް ހިމެނޭ!

ކާން ބޭނުން ކުރެވޭ އެއްޗެއްސަކީ ޙަލާލްތަކެތިކަން ޔަޤިންކުރަން ޖެހެއެވެ. އެއީ މިޒަމާނުގައި އުނދަގޫ ކަމެއް ނޫނެވެ. އެއެއްޗެއް އުފައްދަނީ ކޮން އެއްޗަކުން ކަން ނުވަތަ އިންގްރިޑިއަންޓްސް އަކީ ކޮބައިކަން ބަލައިލެވޭނެއެވެ. އިންޓަރނެޓުން ސާޗްކޮށްލެވޭނެއެވެ. އެއީ އަދާކުރަންޖެހޭ ފަރުދީ ޒިންމާއެކެވެ. 

އެގޮތަށް ހޯދާ ހޯދުމުގެ ތެރެއިން އެނގޭ ކަންކަން އެހެން މީހުންނަށް ހާމަކޮށްލުމަކީވެސް ކުރަން ރަނގަޅު ކަމެކެވެ. ގިނަ މީހުންނަކީ ކަންކަން ހޯދައި ބެލުމަށް އެހާބޮޑަށް ސަމާލުކަންދޭ ބައަކަށް ނުވާތީއެވެ.

މިފަދަ ކަންކަން ފާހަގަކޮށް ހަނދާންކޮށްދޭންޖެހެނީ އޫރުގެ ބައިތައް ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ނޭނގި ވަރަށް ފަހުންވެސް އެފަދަ އުފެއްދުމެއް ބާޒާރު ފިހާރައަކުން ވިއްކުނު މައްސަލައެއް ފެންމަތިވެފައިވާތީއެވެ. އެކަންވެސް ފާހަގަކުރެވުނީ ގަތް މީހަކު އެއިގެ ތަފްޞީލް ހޯދުމުންނެވެ. 

އަހަރެމެންނަށް މީރުވެގެން މިކެވޭ ބައެއް ބާވަތްތަކާއި ލޯބިން ދަރިންނަށް ކާންދެވޭ ތަކެތި ޙަލާލުކަމާއިމެދު ވިސްނަވާލައްވަމުތޯއެވެ. ބައެއް ކުންފުނިތަކުން އުފައްދާ ޖެލެޓިން އުފައްދަން އޫރުގެ ހަން ބޭނުންކުރެއެވެ. އަދި އެޖެލަޓިން ބޭނުންކޮށްގެން މީރު ކާބޯތަކެތިވެސް އުފައްދައެވެ. 

ވިސްނަވައިލައްވާށެވެ! ޖެލަޓިން ކެޔަސް ކިތަންމެ ރީތި އެހެން ނަމެއް ކިޔަސް އޫރުގެ ހަން ބޭނުން ކޮށްގެން އުފައްދާތަކެތި މުސްލިމުންނަށް ޙަރާމްވާނެއެވެ. 

މުސްލިމުންނަށް ޙަރާމް އެއްޗެއް ބޭނުންކޮށްގެން އުފައްދާ އެއްޗެއް ނުކައި ވާންއޮއްވައި ކާންވީ ކީއްކުރަން ހެއްޔެވެ؟ 

"ކިތަންމެ ހައިޖީނިކްކޮށް އުފައްދާފައިވީނަމަވެސް އޫރުގެ އެއްވެސް ބާވަތެއް ބޭނުންކޮށްގެން އުފައްދާފައިވާ އެއްވެސް އެއްޗެއް މުސްލިމުންނަށް ހުއްދައެއް ނުވާނެއެވެ. އެއިގެ ޙުކުމަކީ ޙަރާމެވެ.": ޑޜ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

What is gelatin made from?

Gelatin is usually made from pig skins, bovine hides and beef and porcine bones.

This is because they have a high concentration of raw collagen. These raw materials are by-products of the meat industry. If there was no use for these materials, they would be thrown away. So gelatin production helps to prevent wastage and is therefore considered sustainable and a part of the circular economy. 

S GELATIN VEGAN OR VEGETARIAN?

Gelatin is derived from decaying animal skins, boiled and crushed bones, and the connective muscle tissues of cows and pigs who were killed in slaughterhouses. So no, it is neither vegetarian or vegan.  

ގުޅުންހުރި  ވީޑިއޯ ބައްލަވާ ލެއްވުން ވަރަށް މުހިންމު:  

 

 

މިއަދު އޮންލައިން