ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރި މީހަކަށް ނޫނީ ޞިރާޠުމަގު ހުރަސްނުކުރެވޭނެއިރު ތަޤްވާވެރިންނަކީ ކޮބައިކަން އެނގޭތަ؟: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރި މީހަކަށް ނޫނީ ޞިރާޠުމަގު ހުރަސްނުކުރެވޭނެއިރު ތަޤްވާވެރިންނަކީ ކޮބައިކަން އެނގޭތަ؟: ބިލާލް އައްސަދު

ދުނިޔޭގައި އުޅޭއިރު ތިމާމެން މިތިބީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށް ބުނި ނަމަވެސް އެވަރަކުން ޤިޔާމަތް ދުވަހަކު ނުފުދޭނެއެވެ. އެމަގު ހުރަސްކުރެވިގެން ނޫނީ ސުވަރުގެ ނުވައްދަވާނެ ޞިރާޠުމަގު ހުރަސްކުރުމަކީ ތަޤްވާވެރިންނަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ތަޤްވާވެރިން ނޫން މީހުންނަށް ޖެހޭނީ ރޮއި އާދޭސްކުރަން މަޑުކޮށްގެން ތިބޭށެވެ!  

އެމީހުންނާއިއެކުގައި އެކުގައި ދުނިޔޭގައި އުޅުނު ތަޤްވާވެރިންނަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދެއްވަވާ ނޫރުގެ ބޭނުންކޮށްގެން ތަޤްވާވެރިން ޞިރާޠުމަގު ހުރަސްކުރަން ތަޤްވާވެރިން ދަތުރުފެށުމުން އެމީހުންގެ ފަހަތުން ދިއުމަށް މަސައްކަތްކުރާނެއެވެ. އަދި އެމީހުންނަކީ ތިމަންމެންގެ އެކުވެރިންކަމަށްބުނެ އަޑުއުފުލާނެތެވެ. ނަމަވެސް އެވަގުތު މަލާއިކަތުން ވަޑައިގެން އެމީހުން ހުއްޓުވާނެތެވެ. ކުރިއަށްދާނެ ފުރުޞަތެއް އެމީހުންނަކަށް ނުދެއްވަވާނެތެވެ.  

ދެން ބަލައިލަންވީނ ތަޤްވާވެރިންނަކީ ކޮބައިތޯއެވެ؟ އެމީހުންނަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއްކުރަން އެމީހާގެ ނަފްސް އެދޭހިނދު ﷲ ތަޢާލާއަށް ބިރުވެތިވެ އެކަމެއް ނުކުރާ މީހުންނެވެ! އެކަން ޙަރާމްކުރެއްވެވީ ކީއްވެގެންކަން ހޯދަން މަސައްކަތްކުރަން އެމީހުން ބޭނުމެއް ނުވާނެއެވެ. ނަހީކުރައްވަވާފައިވާކަން އެނގުމުން އެމީހުންނަށް ފުދޭނެއެވެ.  

ހަމައެއާއިއެކު އެކަމެއް ކުރަން ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައި އޮތްކަމެއް ނުކުރަން އެމީހާގެ ނަފްސް ކިތަންމެ ވަރަކަށް އެދުނު ނަމަވެސް ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވެ އެކަމެއް ކުރާނެތެވެ. އެކަން ކުރުމަށް އަމުރުފުޅުކުރެއްވެވީ ކީއްވެގެންކަން ހޯދަން މަސައްކަތްކުރަން އެމީހުން ބޭނުމެއް ނުވާނެއެވެ. ކުރަން އަމުރުފުޅު ކުރައްވަވާފައިވާކަން އެނގުމުން އެމީހުންނަށް ފުދޭނެއެވެ.

 

 -ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން