އައިނު އަޅައިގެން ނަމާދުކުރުމާއިމެދު އެނގެން ޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
އައިނު އަޅައިގެން ނަމާދުކުރުމާއިމެދު އެނގެން ޖެހޭ ކަންކަން-

ބައެއް މީހުން އެމީހުންގެ ލޮލުގައިވާ އައިނު އަޅައިގެންހުރެ ނަމާދުކުރެވޭނެ ކަމާއިމެދު ސުވާލު އުފައްދައެވެ. އަދި ކޮންމެހެން ނަގަން ނުޖެހޭ ޙާލަތުގައިވެސް ނަމާދުކުރަންވުމުން އައިނު ނަގައެވެ.  

މިކަމުގައި ޝައިޚް މުޙައްމަދު ޝާފިޢް ވިދާޅުވެފައިވަނީ:  

އައިނު އަޅައިގެން އަދި ލޮލަށް ކޮންޓެކްޓް ލެންސު ލައްވައިގެން ނަމާދު ކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ ސަޖިދަކުރާ ވަޤުތު ސާޖިދަކުރާ މީހާގެ ނޭފަތާއި ނިތްކުރި ސަޖިދަކުރާ ތަނުގައި ރަނގަޅަށް ޖެހުން އޭގެ ސަބަބުން މަނާ ނުކުރާނަމައެވެ.  

އެގޮތަށް މެދުވެރިވާނަމަ، (ސަޖިދަކުރާއިރު ނިތްކުރިއާއި ނޭފަތް ނުޖެއްސޭނެނަމަ) ނަމާދުގެ ކުރިން ޢައިނު ނެގުން ލާޒިމުވާނެއެވެ. ނުވަތަ ސަޖިދައަށް ދިޔުމުގެ ކުރިން ނެގުން ލާޒިމުވާނެއެވެ.  

އިމާމު ބުޚާރީ ރަޙިމަހުﷲ އާއި އިމާމު މުސްމު ރަޙިމަހުﷲ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  

( أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ : عَلَى الْجَبْهَةِ وَأَشَارَ بِيَدِهِ عَلَى أَنْفِهِ وَالْيَدَيْنِ ، وَالرُّكْبَتَيْنِ ، وَأَطْرَافِ الْقَدَمَيْنِ ).މާނައީ:  

"ހަތް ގުނަވަނުގެ މައްޗަށް ސަޖިދަކުރަން ތިމަންކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. ނިތްކުރީގެ މައްޗަށެވެ. އަދި އެކަލޭގެފާނުގެ އަތުން ނޭފަތަށާއި ދެއަތްތިލައަށް އަދި ދެކަކުލަށް އަދި ދެފައިތިލައިގެ އިނގިލިތަކުގެ ކުރިއަށް އިޝާރާތްކުރެއްވިއެވެ." 

އަޅާފައިވާ ބޮޑު އައިނެއްގެ ސަބަބުން ހަތް ގުނަވަނުގެ މައްޗަށް ރަނގަޅަށް ސަޖިދަނުކުރެވޭ މީހަކާ ބެހޭގޮތުން އައްޝައިޚް މުޙައްމަދު ޞާލިޙު އަލްޢުޘައިމީން އާ ސުވާލު ކުރެވުނެވެ. 

ވިދާޅުވިއެވެ. ނޭފަތުގެ ކުރި ސަޖިދަކުރާ ތަނުގައި ނުޖެހޭގޮތަށްކުރާނަމަ އެ ސަޖިދަ ކަމަކުނުދާނެއެވެ. ސަބަބަކީ އެ އައިނުގެ ސަބަބުން ނޭފަތް ބިންމަތީގައި ޖެހުން މަނާކުރެއެވެ. އެހެންކަމުން މިގޮތަށް ކުރާ ސަޖިދަ ޞައްޙައެއް ނުވާނެއެވެ. 

ސަޖިދަކުރާ ތަނުގައި ނޭފަތް ނުޖެހޭނަމަ، ނަމާދުކުރާ މީހާ އޭނާ ސަޖިދަކުރާއިރު އައިނު ނަގަންޖެހޭނެއެވެ. 

مجموع فتاوى الشيخ ابن عثيمين” (13/186) .

 

 

މިއަދު އޮންލައިން