ކުއްލިއަކަށް ކުރިމަތިވާ ސްޓްރެސްއިން ވަރަށް ފަސޭހައިން ސަލާމަތްވެވޭ ކަމެއް!-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކުއްލިއަކަށް ކުރިމަތިވާ ސްޓްރެސްއިން ވަރަށް ފަސޭހައިން ސަލާމަތްވެވޭ ކަމެއް!-

ކަންބޮޑުވާންޖެހޭ ޙާލަތެއް މެދުވެރިވުމަކީ ކޮންމެ ވަޤުތަކުވެސް މެދުވެރިވެދާނެ ކަމެކެވެ. މީހަކާ ވާހަކަދައްކަމުންދާއިރު ދެކެވޭ ވާހަކައަކުންވެސް ހާސްވެ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް މެދުވެރިވެދާނެއެވެ.  

މިޙާލަތުގައި ކުރިމަތިވާ ސްޓްރެސްއިން އެންމެ ފަސޭހައިން ސަލާމަތްވެ ހަމަޖެހުން ލިބޭ ކަމެއް ބުނެލާނަމެވެ. މިއީ ތަޖުރިބާއިން އެނގޭ ކަމެކެވެ.  

ފުރަތަމަ ކަމަކަށް ފުންކޮށް ނޭވާއެއްލާށެވެ! ދެވްނަ ނޭވާ އެތެރެއަށް ހިފަހައްޓައިގެން ހުރެ އަނގައި މަޑުމަޑުން ބޭރުކޮށްލާށެވެ! މިއީ ކުރަން ފަސޭހަކަމަކަށްވުމުން ގިނަ ބައަކަށް ބަލައިގަންނަން އުނދަގޫވަނީއެވެ. މާބޮޑެތި ކަންކަމުން ނޫނީ ޙައްލެއް ނުލިބޭނެކަމަށް ވިސްނެނީއެވެ.  

މިވާހަކަ އެކުވެރިއެއްގެ ގާތުގައި ބުނި ދުވަހު އޭނާ ޤަބޫލުވެސް ނުކުރިއެވެ. އެއިގެ އެތައް ދުވަހެއްފަހުން ބައްދަލުވެގެން ބުނީ ކުއްލިއަކަށްދިމާވިކަމެއްގައި ސްޓްރެސް ބޮޑުވެ ނޭވޭލާންވެސް އުނދަގޫވި ޙާލަތެއްގައި އެހަދާންވެގެން ޢަމަލުކުރުމުން ވަރަށް ފަސޭހައިން ހަމައަކަށް އެޅުނު ކަމަށެވެ.  

އަޅެ ނިކަން ތަޖުރިބާކޮށްލަބަލާށެވެ!  

- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން