ތަރާވީހް ނަމާދަކީ ރޯދައިގެ ރޫޙާ ގުޅިފައިވާ މަތިވެރިކަން ބޮޑު ނަމާދަކަށްވާއިރު ތަރާވީޙް ނަމާދު ދިގުވެގެން ޝަކުވާކުރާ މީހުން ނިކަން އަހުރެންނަށް ޖަވާބުދީބަލަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތަރާވީހް ނަމާދަކީ ރޯދައިގެ ރޫޙާ ގުޅިފައިވާ މަތިވެރިކަން ބޮޑު ނަމާދަކަށްވާއިރު ތަރާވީޙް ނަމާދު ދިގުވެގެން ޝަކުވާކުރާ މީހުން ނިކަން އަހުރެންނަށް ޖަވާބުދީބަލަ!: މުފްތީ މެންކް

ރަމަޟާން މަސް އައުމުން ގިނަބައަކު ތަރާވީޙް ނަމާދުކުރެއެވެ. ނަމަވެސް އެމުޖުތަމަޢުގައި ތިބި މުސްލިމުންގެ ޢަދަދުގެ ނިޞްބަތުން ބަލައިފިނަމަ ތަރާވީޙްނަމާދުކުރަނީ ގިނަބައަކު ކަމަކަށް ނުބުނެވޭނެއެވެ. ވީމާ އެކަމުން އެނގެނީ ތަރާޥީޙް ނަމާދުނުކުރާވެސް ގިނަބައަކު ތިބޭކަމެވެ. 

މީސްތަކުންނޭވެ! ތަރާވީޙް ނަމާދަކީ ފަރުޟެއް ނޫންކަން އަހުރެންނަށްވެސް އެނގެއެވެ. އެކަމަކު ބުނަންހެއްޔެވެ. އެއީ މަތިވެރިކަން ބޮޑުވެގެންވާ ނަމާދެކެވެ. އެއިގެ އިތުރުން އެއީ ހިތަށް އެންމެ ބޮޑަށް ފިނިކަން ގެނެސްދޭވެސް ނަމާދެކެވެ. އެހެން ގޮތަކަށް ބުނާނަމަ ރޯދައިގެ ރޫޙާ ގުޅިފައިވާ ނަމާދެކެވެ. 

ދެން ބަލަންވީ ތަރާވީޙް ނަމާދު ދިގުލައިގެން އުޅޭމީހުންނަށެވެ. ތަރާވީޙް ނަމާދަށް ބަލައިފިނަމަ ދިގުކޮށް ކުރިނަމަވެސް ދޮޅުގަޑިއެއްހައި އިރުން ނުމޭނެއެވެ. 2 ގަޑިއިރު ހަމައެއް ނުވާނެއެވެ. މިޔުޒިކްޝޯއެއް ބަލަން ގޮސްފައި 4،5 ގަޑިއިރު ފަހުން ނަމަވެސް ޝޯ ނިންމާލަން އުޅޭކަން އެނގޭއިރަށް އެންމެން ގޮވާނީ "އަދި އެއްލަވަ" އެވެ. 

ދެން ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ ބާވައިލެއްވެވި ޤުރްއާނަށް މިދެވެނީ ކޮން ސަމާލުކަމެއް ހެއްޔެވެ؟ ސުވަރުގެ ލިބެން މިއެދެވެނީ ކިހައިވަރަކަށް ހެއްޔެވެ؟ 4،5 ގަޑިއިރު ކޮޅަށް ހުރުމަކީ މައްސަލައަކަށް ނުވެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ދޮޅުގަޑިއިރު ކޮޅަށް ހުންނަން މިވަނީ ބޮޑުކަމަކަށެވެ. އެކަމަކުވެސް ބުނާނީ ސުވަރުގެ ބޭނުން ކަމަށެވެ. އެބަހުގައި އޮތީ ކޮން ބުރަދަނެއް ހެއްޔެވެ؟

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން