ނިދަން ފަސޭހަވަރަކަށް އަނދިރިކިރިނަމަވެސް އަލިކަމެއް ނުބަހައްޓައި އެކުގަ އަނދިރިކުރާނަމަ ޝައިޠޯނުން ގަޖަހަ ހަދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ނިދަން ފަސޭހަވަރަކަށް އަނދިރިކިރިނަމަވެސް އަލިކަމެއް ނުބަހައްޓައި އެކުގަ އަނދިރިކުރާނަމަ ޝައިޠޯނުން ގަޖަހަ ހަދާނެ!

އެއްވެސް އަލިކަމެއް ނެތި ކޮޓަރި އެކުގައި އަނދިރިކޮށްގެން ނިދުމާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރެއެވެ. އެހެންވެ އެކަމުގަ ވިސްނަންވީ ބައެއްކަން ހަނދުމަކޮށްލައިދޭނަމެވެ.

ގަދަ އަނދިރީގައި ނިދަން ފަސޭހަވާ ބައަކުވެސް އުޅެއެވެ. ނަމަވެސް އެއީ އެންމެ ރައްކައުތެރި ގޮތެއް ނޫނެވެ. ސަބަބަކީ އަނދިރި ތަނަތަނުގައި ޝައިޠޯނުން ޖަގަހަ ހަދައިގެން ތިބޭތީއެވެ.

ނިދާއިރު ނިދާތަކުގައި އަލިކަން ބެހެއްޓުމާއިބެހޭ ގޮތުން އަހަރެން ބުނާނީ ނިދާއިރުވެސް ކޮންމެވެސް ވަރެއްގެ އަލިކަމެއް ބެހެއްޓުން ރަނގަޅު ކަމަށެވެ. އެއީ އެނދުން ސޫތްޕެއް ފަދަ އެއްޗެއް ފެނުން، ނުވަތަ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން، ކޮންމެވެސް ގޮތަކުން މީހަކު އެތަނަކަށް ވަންނަމަވެސް އެއީ ކާކުކަން އެނގުން ފަދަ ކަންކަމަށް ފަސޭހަވާނެތީއެވެ.

މީގެ އިތުރުން ކުޑަކުދިން ނިންދަވާ ކޮޓަރީގައި އަލިކަމެއް ބެހެއްޓުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ކިތަންމެ ވަރަކަށް ސާފުތާހިރުކޮށްގެން ގެންގުޅުނަސް ދިރޭ ސޫތްޕެއް ފަދަ އެއްޗެއް އުޅެފާނެތީއެވެ. އެނދަށް އަރައި ހަފައިފާނެތީއެވެ. އަލިކަން ނުހުންނަ އަނދިރި ތަންތަނުގައި އެބާވަތުގެ ކަންކަން ހިނގުމުގެ ފުރުޞަތު ބޮޑުވެގެންދާތީއެވެ.

ނިދާއިރު އަލިކަން ބަހައްޓަންޖެހޭ ވަކިމިނެއް ދީނުން އަހުރެންނަކަށް ނުއެނގެއެވެ. ހަމައެކަނި ވިސްނައިލަންވީ މިބުނި ކަންކަމަށެވެ. ރައްކައުތެރިކަމުގެ ގޮތުން ބަލަންޖެހޭ ކަންކަމަށް ބެލުމެވެ. އެކަން އޮތީ އެމީހަކަށް ފަސޭހަގޮތަކަށް ކުރުމެވެ. އެމީހަކަށް ސަލާމަތާއި ރައްކައުތެރިކަން ލިބޭނެ އެންމެ ރަނގަޅު ގޮތަކަށް ޢަމަލުކުރާށެވެ! ޚާއްޞަކޮށް ނިދަން އެންމެ ފަސޭހަވާނެ ގޮތަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން