މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ވުޒާރާއިން ފަށަނީ: ވަޒީރު އާދަމް ޝަރީފު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ވުޒާރާއިން ފަށަނީ: ވަޒީރު އާދަމް ޝަރީފު

މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ވުޒާރާއިން ފަށާނެ ކަމަށް، ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މި ގޮތަށް ވަޒީރު ވިދާޅުވެފައި ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކްސްގައި މިއަދު ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވުފައި ވަނީ، މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، މާލޭގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް 2025 މާރިޗު 8 ވަނަ ދުވަހުން ފެށިގެން ވުޒާރާއިން ކުރިއަށް ގެންދާނެ ކަމަށެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ވާރޭވެހޭ ކޮންމެ ފަހަރަކު މަގުތަކުގައި ފެންބޮޑުވެގެން ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުންނާއި، ވުޒާރާގެ ޕަބްލިކް ވާރކްސް ޔުނިޓުގެ މުވައްޒަފުން ނުކުމެ އޮންނަނީ ކުރަންޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން، ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ އެކި އިދާރާތަކުން މިހާރުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ދާދި ފަހުން މާލޭ ސިޓީ ކައުންސިލުން ވަނީ 6 ޖީއެސްޓީސީ މޫވްމަންޓުގެ ދެ ޕަމްޕް ގެނެސް ބޭނުންކުރަން ވެސް ފަށައިފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން