ޑްރައިވިންގ ލައިސަންސް ތިއަރީ އިމްތިޙާނު މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ކުރިއަށް ގެންދަން ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ޑްރައިވިންގ ލައިސަންސް ތިއަރީ އިމްތިޙާނު މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ކުރިއަށް ގެންދަން ފަށަނީ

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 6 މާރިޗު 2025 އިން ފެށިގެން މި މިނިސްޓްރީގެ ފަރާތުންނެވެ. މިއީ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ތެރެއިން އެއް ޚިދުމަތެވެ.

މިހާތަނަށް މި އިމްތިޙާނު ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ. ނަމަވެސް މިއަދުން ފެށިގެން މި ޚިދުމަތް ފޯރުކޮށްދޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުންނެވެ. މި ބަދަލާއެކު، އިމްތިޙާނު ހެދުމުގެ އިންތިޒާމުތައް އަދި ކަމާގުޅޭ އެހެނިހެން ކަންކަން ބަލަހައްޓާނީ ސީދާ މިނިސްޓްރީންނެވެ.

ގްރޭޓަރ މާލެ ސަރަޙައްދުން މި ޚިދުމަތަށް އެދޭ ފަރާތްތަކުން ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، ތިއަރީ އިމްތިޙާނު ހަދާ ސެންޓަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިޚްތިޔާރު ކުރަންވާނެއެވެ. މި ބަދަލުގެ ސަބަބުން، ޑްރައިވިންގ ލައިސަންސް ހެދުމުގެ މަރުޙަލާތައް އެއް ތަނަކުން ކުރިއަށް ގެންދެވޭނެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން