ތިބާކުރި ދުޢާ ޢިޖާބަ ކުރައްވަވައިފިކަމަށް ޤަބޫލުކުރެވިދާނެ އެންމެ ޢާންމު ޢަލާމާތާއި އެހެންވެސް ބައެއް ޢަލާމާތްތައް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ތިބާކުރި ދުޢާ ޢިޖާބަ ކުރައްވަވައިފިކަމަށް ޤަބޫލުކުރެވިދާނެ އެންމެ ޢާންމު ޢަލާމާތާއި އެހެންވެސް ބައެއް ޢަލާމާތްތައް!: ބިލާލް އައްސަދު

ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށް އެދި ދުޢާކުރަމުން ގޮސް ﷲ ތަޢާލާއަށްޓަކައި ލޮލުން ކަރުނަ އޮހޮރިއްޖެނަމަ އެއީ ތިމާ ކުރި ދުޢާޢިޖާބަ ކުރައްވަވައިފި ކަމަށް ބެލެން އޮތް ކަމެކެވެ. ނަމަވެސް އެގޮތަށް ލޮލުން ކަރުނަ އޮހޮރުމަކީ ވަރަށް މަދު ފަހަރަކު ނޫނީ ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ.  

ނަމަވެސް ވަރަށް ގިނަ ބައަކަށް ޙާޞިލުކުރެވޭ ކަމެއް ބުނެލާނަމެވެ. އެއީ ދުޢާކުރުމަށްފަހު ހިތަށް ހަމަޖެހުން ލިބުމެވެ. ތިމާ އެދުނު ކަންތައް އެދުނު ގޮތަށް ޙާޞިލުނުވިޔަސް ދުޢާކުރުމުން ހިތަށް ހަމަޖެހުން ލިބިއްޖެނަމަ އެއީ ތިމާ ކުރި ދުޢާ ޢިޖާބަކުރައްވަވައިފިކަމުގެ ޢަލާމާތެއްކަމަށް ބެލެވިދާނެއެވެ. މިޢަލާމާތަކީ އެންމެ ޢާންމު ޢަލާމާތް ކަމަށްވެސް ބެލެވެއެވެ.  

މީގެ އިތުރުންވެސް ދުޢާކުރުމަށްފަހު ހަށިގަނޑަށް ލުއިކަމެއް ލިބިއްޖެކަން އިޙްޞާޞްކުރެވުމާއި ކަންބޮޑުވުން އޮތް ކަންތައް އެގޮތަށް އޮތަސް އެކަމަށް ކަންބޮޑުވުން ފިލުމަކީވެސް ދުޢާ ޢިޖާބަކުރައްވަވައިފި ކަމަށް ބެލެވޭ ކަންކަމެވެ. ހަމައެއާއިއެކު ކުރިއަށްވުރެ އީމާންކަން ވަރުގަދަވެ ޘާބިތުކަން އިތުރުވެ ތަޤްވާވެރިކަމުގައި ކުރިއަށްދިއުމުގެ ހިތްވަރު އިތުރުވުމަކީވެސް ކުރި ދުޢާ ޢިޖާބަ ކުރައްވަވައިފި ކަމުގެ ޢަލާމާތެއް ކަމަށް ބެލެވެއެވެ.  

ވިސްނާށެވެ! ކަމެއް ދިމާވުމުން ދުޢާކުރުމަށް އަވަސްވެގަތުމުގެ ވިސްނުން ލިބިއްޖެނަމަވެސް އުފާކުރާށެވެ! އެފަދަ ވިސްނުން ދެއްވަވަނީވެސް ﷲ ތަޢާލާއެވެ. ވީމާ ދުޢާކުރުމުގެ ވިސްނުން ލިބި ދުޢާކުރުމަށް އަވަސްވެގަނެވިއްޖެނަމަ އެއީވެސް ކުރި ދުޢާ ޢިޖާބަ ކުރައްވަވާނެކަން ޔަޤީންކުރަން އޮތް ސަބަބެކެވެ. ޔަޤީންކަމުގައި ހ7ުރެއްޖެ މީހަކު މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝަ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން