ޖިންނި ޝައިޠޯނުންގެ ކިބައިން ގެދޮރު ސަލާމަތްކުރަން ކުރެވިދާނެ ބައެއް ކަންކަން:
"އިރުއޮއްސޭ ވަޤުތު ގާތްވުމުން އަހަރެމެންގެ ގެދޮރުގެ ދޮރުތައް ލައްޕަމުއެވެ. އެއީ ޖިންނި ޝައިޠޯނުންގެ ކިބައިން ސަލާމަވެ ރައްކައުތެރިކަން ލިބިގަތުމަށެވެ. އެގޮތުން ދޮރުތައް ލައްޕާއިރު ބިސްމިﷲ ކިޔައި ﷲ ތަޢާލާގެ މަތިވެރި އިސްމުފުޅުން ދޮރުތައް ލައްޕާށެވެ. ﷲ ތަޢާލާގެ އިސްމްފުޅު ކިޔައި ލައްޕާފައިވާ ދޮރެއް އެއްވެސް ޖިންނި ޝައިޠޯނަކަށް ނުހުޅުވޭނެއެވެ."
"ޝައިޠޯނުން ގޭގެއަށް ވަންނަނީ ވަކިގެއެއް ކަމުގައިވެގެނެއް ނޫނެވެ. އެގެއެއްގައި ދިރިއުޅޭ މީހުންގެ ޢަމަލުތައް ހުންނަ ގޮތުން ވަންނަން ފުރުޞަތުލިބޭތީއެވެ. ގެއަށް ޝައިޠޯނުން ވައްދަން ބޭނުންނުވާނަމަ ސުންނަތުިގައިވާ ފަދައިން ރައްކައުތެރިވާށެވެ! އަދި ގޭގައި ދިރިއުޅޭ މީހުންނަކީ ފުރިހަމަ އީމާންތެރިނަ ކަމުގައިވާށެވެ! އަދި ގޭގައި މަދުވެގެން ކޮންމެ 3 ދުވަހަކުން ބަޤަރާތް ކިޔަވައި ނިންމަމުން ގެންދާށެވެ."
"ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ޢަމަލުތައް ގޭގައި ނުކުރާށެވެ! ނަމާދުކުރުމާ އެހެންވެސް ހެޔޮ ޢަމަލުތައް ވީހާ ގިނައިން ކުރާށެވެ! ފިރިހެނުންވެސް ގޭގައި ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ!"
ޖިންނި ޝައިޠޯނުންނާއިބެހޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން:
"ޖިންނީންނަށް އެއްވެސް ސިފައެއް ލިބިގެނެއް ނުވެއެވެ. އެކިފަހަރު އެކި ސިފައިގައި އެފެންނަނީ އެހެންވެގެންނެވެ."
"ކޮންމެ ޖިންނިއަކީ ޝައިޠޯނެއް ނޫނެވެ. ޖިންނީންގެ ތެރޭގައިވެސް މުސްލިމުން ހިމެނެއެވެ. ހުރިހާ ދީންތަކެއްގެ ޖިންނި ވެސް އުޅޭނެއެވެ. ހަމައެފަދައިން އިންސާނުންގެ ތެރޭގައިވެސް ޝައިޠޯނުންވެއެވެ. ވީމާ ހަމައެކަނި ޖިންނިންގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރުމަކުން ޝައިޠޯނުންގެ ކިބައަކުން ސަލާމަތެއް ނުވެއެވެ."
- ޢިލްމްވެރިންގެ ބަސްފުޅުތަކުން