ހިފާ ރޯދައިގެ ސަބަބުން ތިބާގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވެވުމަށް އޮތް މަގު-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ހިފާ ރޯދައިގެ ސަބަބުން ތިބާގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވެވުމަށް އޮތް މަގު-: ބިލާލް އައްސަދު

ރޯދަހިފަންވީ 3 ކަމަކަށް އެދިގެންނެވެ. އެއީ ތަޤްވާވެރިކަން އިތުރުކުރުމާއި ތިމާގެ އަޚްލާޤް ރަނގަޅުކުރުމަށާއި ރޫހާނީ ބާރު ވަރުގަދަކޮށް އީމާންކަން ވަރުގަދަކުރުމެވެ. 4 ވަނަ ކަމެއް އިތުރުކުރާނަމަ އެކަމަކީ ތިމާގެ ޞިއްޙަތަށް ފައިދާކުރުމެވެ.  

ރޯދަހިފަންވީ ﷲ ތަޢާލާއަށް ލޯބިންނެވެ. ﷲ ތަޢާލާ ފަރުޟުކުރައްވަވާފައިވާ ކަމަކަށްވާތީ އެންމެ ފުރިހަމައަށް އެކަން ކުރުމުގެ ނިޔަތުގައެވެ. ރޯދައަށްހުރެ ހުރިހާ ކަމެއްވެސް ކުރަންވާނީ މިބުނި މަޤްޞަދުތައް ޙާޞިލުކުރުމަށެވެ.  

ޙަދީޘްފުޅުން އެނގެން އޮތްކަމަކީ ﷲ ތަޢާލާއަށް ލޯބިން، ކިޔަމަންތެރިކަމާއިއެކު ރަމަޟާން މަހުގެ ރޯދަހިފައިފި މީހެއްގެ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާނެ ކަމަށެވެ. އަދި މިބަޔާންކުރިމަގުން ރޯދަހިފައި އެކަމުގެ ޘަވާބު ﷲ ތަޢަލާގެ ޙަޟްރަތުން އެދިގެން ކެތްތެރިވެ އިންތިޒާރުކުރުންމަތީގައި ދެމިހުރެޖެ މީހަކަށް އިމެއް ނެތި ޘަވާބު ދެއްވަވާނެކަންވެސް އެނގެން އެބައޮތެވެ.  

ވީމާ ރޯދަހިފަންވީ މިބަޔާންކުރި މަޤްޞަދުތައް ޙާޞިލުކުރުމަށެވެ. އެކަމުގައި އިޚްލާޞްތެރިވެ ޢަމަލުކޮށްފި މީހަކަށް އޮތީ އުފާވެރިކަމެވެ. ސުވަރުގެއެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން