މިހާރުވެސް އެންމެ ގިނަ ބައަކު ސުވާލުކުރަމުން ގެންދަނީ ޤިޔާމަތްވާނެ ވަޤުތަކާއިމެދުގައެވެ. މިޤަރުނު ނިމުމުގެކުރިން ޤިޔާމަތްވާނެތޯވެސް ސުވާލުކުރެއެވެ؟ މިސުވާލުގެ ޖަވާބުގައި ބުނެވޭނީ ކީކޭ ހެއްޔެވެ؟ ޤިޔާމަތްވާނެ ވަޤުތާއިބެހޭ ގޮތުން ޖިބްރީލްގެފާނު، ރަސޫލް ﷺ އަށް ސުވާލު ދެންނެވުމުން ދެއްވެވި ޖަވާބު ހަނދުމަކުރާށެވެ!
ކޮންމެއަކަސް އެވަޤުތަކީ ކޮބައިކަން ޖިބްރީލްގެފާނަކަށްވެސް އަދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކަށްވެސް އެނގިވަޑައެއް ނުގަންނަވައެވެ. އެވަޤުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ޙަދީޘްފުޅުތަކުން ޔަޤީންވާ ކަމަކީ ﷲ ތަޢާލާގެ އަމުރުފުޅަށް ތާޅަފިލި ފުމެއްލައްވަވާނެ މަލާއިކަތާ މިހާރުވެސް ހުންނެވީ ފުމެލައްވަން ތައްޔާރުވެވަޑައިގެން ﷲ ތައާލާގެ އަމުރުފުޅުގެ އިންތިޒާރުގައިކަމެވެ. ބައެއް ޙަދީޘްފުޅުތަކުން އެނގެން އޮތް ގޮތުގައި މަލާއިކަތާ މިހާރުވެސް ހުންނެވީ ތާޅަފިލި ތުންފަތްފުޅުގައި ޖައްސަވައިގެން ﷲ ތަޢާލާގެ އަމުރުފުޅުގެ އިންތިޒާރީގައެވެ.
Abu Sa’id al-Khudri reported: The Messenger of Allah, peace and blessings be upon him, said, “How can I be comfortable while the holder of the trumpet is holding it to his lips, his head lowered and waiting for the order to blow it?” The Muslims said, “What should we say, O Messenger of Allah?” The Prophet said, “Say: Allah is enough for us, and excellent is the Caretaker. We trust in Allah, our Lord.”
Source: Sunan al-Tirmidhī 3243
Grade: Hasan (fair) according to Al-Tirmidhi
މީސްތަކުންނޭވެ! ދުނިޔެ ނިމި ޤިޔާމަތްވުމުގެ ބައްދަލުވާނެ ހަމައެކަކުވެސް އަދި ދުނިޔޭގައި ނެތްކަމަށް ބުނެވިދާނެއެވެ. އެއީ ޤިޔާމަތްވުމުގެ ކުރިން ފައުލުވާނެ ބޮޑެތި ޢަލާމާތްތައް އަދި ފައުޅުނުވާތީއެވެ. އެކަމަށް އަދި އެތައް ގިނަ އަހަރުތަކެއްވެސް ނަގައިފާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
ދުނިޔެ ނިމެން އަދި އަހަރުތަކެއް އޮތުމަކީ އެއްވެސް މީހަކަށް އޮތް ހިތްހަމަޖެހުމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ކޮންމެ ވަޤުތަކުވެސް ޤިޔާމަތްވެދާނެއެވެ. މިވަޤުތުވެސް ޤިޔާމަތްވެދާނެއެވެ. އެހެނީ އިންސާނާގެ ޢަޖަލު ހަމަވެ މަރުވާ ވަޤުތުން ފެށިގެން، ނުވަތަ މަލަކުލްމައުތު އެމީހެއްގެ ފުރާނަ ހިއްޕަވާ ވަޤުތުން ފެށިގެން އެމީހަކަށް އެއޮތީ ޤިޔާމަތްވެފައެވެ.
ބިރުވެތިވާންވީ އެކަމަށެވެ. އާޚިރަތް ލިބެން އޮތީ އެކަމަށް ބިރުވެތިވެވިގެންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޝައިޚް ވައްހާޖް ތަރިންގެ ބަސްފުޅަށް ވިސްނައިލުން ވަރަށް މުހިންމެވެ. ޤިޔާމަތް އައިސް ބައްދަލުކޮށްފިކަމުގެ އިންޒާރުތައް މިދަނީ ލިބެމުންނެވެ! ޤަބޫލުނުކުރެވޭ މީހުންނަށް ޤަބޫލުކުރެވޭނީ އަލިފާނުގެ ޜާޅުބާނި އައިސް ވަށައިލުމުންނެވެ. އެއީ އެކަން ހިނގާނެ ގޮތްކަން އޮތީ މާކުރިންސުރެ އެނގޭށެވެ! ބައެއް މީހުން ދެކޭ ގޮތުގައި ކޮންމެ ކަމެއް މެދުވެރިވާންވުމުން މަތިން އަޑެއް ނުވަތަ އިންޒާރެއް އަންނަން ޖެހޭނެއެވެ!
ނަމަވެސް އެއީ އެއްވެސް އަސްލެއްގެމައްޗަށް ބުނާ ވާހަކައެއް ނޫނެވެ. ޙަޤީޤަތް އެއީ ޙަޤީޤަތް ކަމުގައި ޤަބޫލުނުކުރި މީހުން ކުރިންވެސް ތިބީ އެގޮތުގައެވެ. ހަނދު އިރުއްވައި ދެއްކެވުމުންވެސް އެމީހުންގެ ކާފިރުކަންވީ އިތުރެވެ.! "އެއީ އިރާޤް ހަނގުރާމަ ފެށުމުގެ ހަމަ ވަރަށް ކުޑަ ދުވަސްކޮޅެއް ކުރިއެވެ.
އެމެރިކާގެ ރެސްޓޯރަންޓެއްގައި ދިރޭ މަހެއް މަރާލަން އުޅުމުން އެ މަސް ވާހަކަތަކެއް ބުނަން ފެށިއެވެ. އެކަން ނުއެނގި އެމީހާ މަހުގައި ތަޅައި މަސައްކަތް ކުރީ މަސް މަރައިލުމަށެވެ. އެތަނުގައި ހުރި ހިބްރޫ ބަސް އެނގޭ ޔަހޫދީއަކު ބުންޏެއްވެ. އެމަސް އެބުނާ އެއްޗެއް އަހަރެންނަށް އެނގެއެވެ. އެމަސް އެބުނަނީ ޤިޔާމަތްވުމުގެ ވަގުތު ދާދި ގާތްވެއްޖެއެވެ.
ކޮންމެ މީހަކީވެސް އެމީހާ ކުރި އަމަލުތަކުގެ ޒިންމާ އުފުލަން ޖެހޭނެ މީހެކެވެ. ކަލޭމެން ބީބީސީގެ ލައިބްރަރީ ހާވައި ބަލައި ހޯދާށެވެ. މިވާހަކަތައް ފެންނާނެއެވެ." (މިވާހަކަ ބީބީސީގެ ލައިބްރަރީގެ ލިންކަތަކާއިއެކު ދާދިފަހުންވެސް ވާނީ މިއަދުނޫހުގައި ޝާޢިޢުކޮށްފައެވެ.)