ކުޑަޔަސް ދަރިން މިސްކިތުގެ ޖަމާޢަތަށް ގެންދާށެވެ! ކުޑައިރު "ސިޔާސަކޮށް އުޅުނު ކުދިން މިއަދު އެގެންދަނީ އިމާމްވެ ނަމާދުކުރަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ކުޑަޔަސް ދަރިން މިސްކިތުގެ ޖަމާޢަތަށް ގެންދާށެވެ! ކުޑައިރު "ސިޔާސަކޮށް އުޅުނު ކުދިން މިއަދު އެގެންދަނީ އިމާމްވެ ނަމާދުކުރަމުން!

ދަރުސްއަށް ފަށައިގަތުމުގެ ކުރިން ލޮލަށް ފެންނަމުން އަންނަ ކަމެއް ފާހަގަކޮށްލާނަމެވެ. ކުޑައިރު މިސްކިތަށް ގެންދިއުމުން ކުޑަކޮށް "ސިޔާސަ"ކޮށް އުޅުނު އެތައް ކުދިންނެއް މިއަދު އެގެންދަނީ އިމާމްވެ ނަމާދުކުރަމުންނެވެ!

ކޮންމެ ބެލެނިވެރިއަކުވެސް ވިސްނާލަންވީ ތިމާއަށް ކުޑައިރު މިސްކިތުގައި އުޅެވުނު ގޮތަށެވެ. ހަމައެކަނި އެކަމަށް ވިސްނައިލިނަމަވެސް ދަރިން މިސްކިތަށް ގެންދަން ހިތްވަރުލިބޭނެއެވެ. އިން ޝާ ﷲ

ދަރުސް:

އަހަރެމެންގެ ތެރެއިން ބައެއް ބެލެނިވެރިން ކުދިން ނަމާދަށް މިސްކިތަށް ނުގެންދަނީ ރޮއިފާނެތީއެވެ. ނަމަވެސް ސުންނަތުގައި އޮތީ ނަމާދަށް ކުދިން ގެންދިއުމެވެ. އެކަމުން ލިބޭނެ ފައިދާތައް މާގިނައެވެ.

ރަސޫލް ﷺ ވަނީ ކުދިން ރޯއަޑުއިވިވަޑައިގަތުމުން ނަމާދު ކުރުކުރައްވަވައިފައެވެ. ނަމާދު ކުރުކުރެއްވެވީ އެކުއްޖާ ރުއިމުން އޭނާގެ މަންމައަށް އުނދަގޫވެދާނެތީކަމަށް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

When he -prayer and peace of Allah be upon him- hears a child crying while he’s praying he would lighten his prayer so the mother could finish prayer and carry him, see what he needs so he would stop crying. He said: “I rise up to pray, with the intention to elongate my prayer, thereupon I hear the cry of a child which makes me shorten my prayer disliking to make it hard on his/her mother.”

[Reported by Al-Bukhari 868]

ރަސޫލް ﷺ ވަނީ އިތުރުއެކަލޭގެފާނުގެ ކާފާފުޅު ދެދަރިކަލުން ކަމުގައިވާ ޙަސަންގެފާނާއި ޙުސައިންފާނު މިސްކިތަށް ގެންދަވައިފައެވެ. ނުހަނު ތުއްޕުޅު ޢުމުރުފުޅުގައެވެ. އެދެބޭފުޅުންގެ ސަބަބުން ނަމާދުކުރެއްވެވުމަށް އުނދަގޫފުޅުވެވަޑައިގެންނެވި ޙާލަތުގައިވެސް ވަނީ އެބޭފުޅުން ގޮވައިގެން ނަމާދުކުރައްވަވައިފައެވެ. އަދި އެކަން އެދެބޭފުޅުންނަށް މަނާކުރައްވަވާފައެއްވެސް ނުވެއެވެ.

ކުދިން ބޮޑުވަމުން އަންނައިރު ގޭގައި ކުރާ ނަމާދުތަކުގައި ކުދިން ބައިވެރިކުރާށެވެ. ވީވަރަކުން ކަންކަން އުނގަންނައިދީ ތަމްރީނުކުރާށެވެ! މިސްކިތަށް ގެންދިއުމުން އެހެން މީހުންނަށް އުނދަގޫވުން ކުޑަކުރުމަށްޓަކައެވެ. އުނދަގޫވި ނަމަވެސް އެއީ މައްސަލައެއްކަމަށް ނުދެކޭށެވެ. އެންމެންވެސް އެކަމަށް އެބާރުލުންދީ މިސްކިތަށް ކުދިންގެ ލޯބި ޖައްސުވަން މަސައްކަތްކުރާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން