އުފަންވެލި ޝޮޕްތަކުން ކެރެޓް އަގުހެޔޮކޮށް ކިލޯއެއް 17 ރުފިޔާއަށް ވިއްކަން ފަށިފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
އުފަންވެލި ޝޮޕްތަކުން ކެރެޓް އަގުހެޔޮކޮށް ކިލޯއެއް 17 ރުފިޔާއަށް ވިއްކަން ފަށިފި

އުފަންވެލި ޝޮޕްތަކުން ކެރެޓް އަގުހެޔޮކޮށް، ކެރެޓް ކިލޯއެއް 17 ރުފިޔާއަށް ވިއްކަން ފަށިފިއެވެ. މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރަމޯޝަންގައި 10 ކިލޯގެ ކޭހެއް ވިއްކާނީ 160 ރުފިޔާއަށެވެ. 

މިއަގަކީ ބާޒާރުގައި މިހާރު ކެރެޓް ލިބެންހުރި ޢާންމުއަގުތަކަށްބަލާއިރު 50 އިންސައްތަ ހެޔޮ އަގެކެވެ. 

ކެރެޓްގެ އިތުރުން މި ޕްރަމޯޝަނުގައި: 

ތާޒާ ފޭރުކިލޯއެއް ވިއްކަނީ 65 ރުފިޔާއަށެވެ. 2.5 ކިލޯގެ ކޭހެއް 150 ރުފިޔާއަށެވެ. 

ކަސްޓަމަރުންގެ އިތުބާރާ މަޤްބޫލުކަން ހޯދާފައިވާ މަޑިހާ ބަނާނާ ކިލޯއެއް ވިއްކަނީ 40 ރުފިޔާއަށެވެ. 13 ކިލޯގެ ކޭހެއް 400 ރުފިޔާއަށެވެ. 

ލޮނބޯ ކިލޯއެއ 45 ރުފިޔާއަށް ވިއްކާއިރު 8 ކިލޯގެ ކޭހެއް ވިއްކަނީ 300 ރުފިޔާއަށެވެ. 

މީގެ އިތުރުންވެސް ތަފާތު އެންމެ ގިނަ ބާވަތްތަކުގެ މޭވާއާއި ތަރުކާރީ، ކުކުޅާ ކުކުޅުމަހުގެ ބާވަތްތަކާއި ގެރިމަހާއި މިނޫންވެސް ކާބޯތަކެތީގެ ގިނަ ބާވަތްތައް އުފަންވެލި ޝޮޕްތަކުން ގެންދަނީ ހެޔޮ އަގުތަކުގައި ވިއްކަމުންނެވެ.

 

މިއަދު އޮންލައިން