ދަނޑުވެރިންގެ އުފެއްދުންތައް އަގުހެޔޮކޮށް ބާޒާރަށް ގެނައުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދަނޑުވެރިންގެ އުފެއްދުންތައް އަގުހެޔޮކޮށް ބާޒާރަށް ގެނައުމަށް މަޝްވަރާކޮށްފި

ދަނޑުވެރިން އުފައްދާ ތަކެތި އަގުހެޔޮކޮށް ބާޒާރަށް ގެނެވޭނެ މަގުފަހިކުރުމާއި މާރކެޓު ހޯދައިދިނުމާ ގުޅޭގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މިއަދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމް.އައި.ޑީ.އެފް.ޒެޑް) އަދި އެގްރޯނެޓްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވިިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، އެކި އިދާރާތައް ގުޅިގެން ކުރެވޭ މަސައްކަތުން، ދަނޑުވެރިންނަށް މި ދާއިރާގައި ހުރި ފުރުސަތުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރުވެ އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

"މި ބައްދަލުވުމުގައި ދަނޑުވެރިން އުފައްދާ ތަކެތި އަގުހެޔޮކޮށް ބާޒާރަށް ގެނެވޭނެ މަގުފަހިކުރުމާއި މާރކެޓު ހޯދައިދިނުމާ ގުޅޭގޮތުން ވަރަށް މުހިންމު މަޝްވަރާތަކެއް ކުރެވުނު," ވުޒާރާގެ ބަޔާނެއްގައި ބުނެފައިވެއެވެ.

ރައީސް މުޢިއްޒު އިބްރާހީމްގެ ސަރުކާރުން ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ހިއްސާ އިތުރުކތުރުކުރުމަށް އަދި އެ ދާއިރާއިން ޒުވާނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިއުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މި މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައި، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.

 

މިއަދު އޮންލައިން