އަދި ކިއެއް، އަޅުގަނޑުމެންގެ ޢަމަލުގެ ތިލަފަތް ބަރުކޮށްލުމަށްޓަކާ އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުސަތެއް ލައިލަތުލް ޤަދްރިއަކީ. އެ ޤަދަރު އުފުލިގެންވާ މާތްރޭ. އަޅުގަނޑުމެން އިންސާނެއްގެ ޢުމުރަކީ 70، 80 ވަރަކަށް އަހަރު. ބަލަމާ ގިނަވެގެން 100 ވަރަކަށް އަހަރު. އޭގެ ތެރެއިން އަޅުގަނޑުމެން ބާލިޣުވާ ޢުމުރަށް ގޮސް، އެ ބަލަމާ 15އަހަރު ކަނޑާފަ ބާކީ އޮތް 85 އަހަރުކަމަށް މިސާލަކަށް. ނުވަތަ އެއީ 50، 60 އަހަރު ކަމަށް ވިޔަސްވެސް މާލިޣު ވުމަށްފަހު އޭނަގެ ދުނިޔޭގެ ދިރިހުރުމާއި ދޭތެރޭގަ އޭނައަށް ގިނައީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް، ހެޔޮ ޢަމަލްތައް ކޮށް އުޅުނު ދުވަސްތައްތޯ. ވަޤުތުތައް ތޯ؟ ނުވަތަ ﷲ އަށް އުރެދި ފަރުވާ ކުޑަކުރެވި ދީނުގެ ކަންކަމަށް ދޫކުރެވި އުރެދުމަށް އަރައިގަނެވުނު ދުވަސްތައްތޯ؟ ހިސާބު ކޮށްލައިފިކަމުގައި ވާނަމަ، އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު އެމީހުންގެ ޢަމަލްތައް، ހެޔޮ ޢަމަލްތައް މަދުކަމަށް އިޙްސާސް ކުރެވޭނެ.
އަޅުގަނޑުމެން ޙަޔާތުގައި ދުވާލެއްގެ މައްޗަށް، ނަމާދަށް ފަރުޟު 5 ނަމާދަށް ހަމައެކަނި ބަލައިލަމާ. ބައި ގަޑިއިރަށް ބަލައިފިއްޔާމު ދުވާލެއްގެ މައްޗަށް އެއީ ގާތްގަނޑަކަށް 2 ގަޑިއިރާއި ބައި ފަސްނަމާދަށް އެ ދިޔައީ. 24 ގަޑިއިރު ތެރޭ 2 ގަޑިއިރާއި ބައި. ދެން ވިސްނަވާ، އަޅުގަނޑުމެން ބާލިޣު ވުމަށްފަހު 5 އަހަރު 10 އަހަރު 15 އަހަރު ވާއިރު މި އަހަރުން ހިސާބު ކޮށްލައިފިއްޔާ އަޅުގަނޑުމެންނަށް ކިތައް އަހަރުތޯ އަޅުކަމުގައި ހޭދަ ކުރެވިފައިވާނީ. 10 އަހަރުން 5 އަހަރުވެސް ގާތްގަނޑަކަށް އަޅުކަމުގަ ހޭދަ ނުކުރެވޭނެ. އެހެންވެ އަޅުގަނޑުމެންނަށް އެންމެ ރެއެއްގައި އަޅުކަން ކޮށްލައިގެން، އެރޭގެ މަޣްރިބު ނަމާދު، އެރޭގެ އިޝާނަމާދު، އެރޭގަ އަޅުގަނޑުމެން ޤުރުއާނުން ކިޔަވައިލަނީ ސޫރަތުލް ފާތިޙާ އެކަނި މިސާލަކަށް އަލްޙަމްދު އެކަނި. އެރޭގަ އަޅުގަނޑުމެން ދެއަތް އުފުލާ ﷲ އަށް ދުޢާ ކޮށްލަނީ (اللّهُـمَّ اغْفِـرْ لي)" މިއަޅާއަށް ފާފަ ފުއްސަވާ ދެއްވާންދޭވެ. (اللهم اِنّي أَسْئَلُكَ الجَنّةُ) " މި އަޅާ އިބަ ﷲ ގެ ހަޒްރަތުން ޖަންނަތަށް، ސުވަރުގެއަށް އެދި ދަންނަވަމެވެ،" (اللهم أجرنا من النار) "މިއަޅާ ނަރަކައިން ސަލާމަތް ކޮށްދެއްވާ މުއްތި ކޮށްދެއްވާންދޭވެ."
އެންމެ ފަހަރަކު އެރޭ ދުޢާ ކޮށްލަނީ، އެއްހާސް މައްސަރު އޭނަ އެ ފަރުޟު ނަމާދު ކުރި ޘަވާބު. އެއްހާސް މައްސަރު އޭނަ އެ އަލްޙަމްދު ކިޔެވި ނަމާދު، އެއްހާސް މައްސަރު އޭނަ އެ ދުޢާކޮށްލި ޘަވާބު އިންޝާﷲ، ﷲ ސުބުޙާނަހޫ ވަތައާލާ ދެއްވަވާނެ. އެއީ މަދު ދުވަސްކޮޅެއް ނޫން. 83 އަހަރާއި 4 މަސް. 83 އަހަރާއި 4 މަސް އަޅުގަނޑުމެން އެންމެ ރަމަޟާން މަހެއްގައިވެސް ހިތްވަރާ ޢަޒުމާ އެކީގައި މަސައްކަތްކޮށް މި ރަމަޟާންމަހުގައި އެރޭ ތިމަންނަ ޙަސިލް ކުރާނަމޭ، އެ ޢަޒުމުގައި އެ ޤަސްދުގައި މަސެއްކަތްކޮށްފި މީހަކަށް ޔަޤީނުންވެސް ލިބޭނެ އިންޝާﷲ. އޭނަ އިޚްލާސްތެރިކަމާއެކީ މަސެއްކަތް ކޮށްފިކަމުގައި ވާނަމަ 83 އަހަރާއި 4 މަސްދުވަހުގެ ހެޔޮ ދަރުމައާއި ޘަވާބު އޭނަގެ ޢަމަލުތަކުގެ ތިލަފަތަށް އިތުރު ކޮށްލަން ލިބިފައިއޮތް ރަނުގެ ފުރުސަތެއް.
- ޝައިޚް އާދަމް ނިޝާން ޢަލީގެ ދަރުސަކުން