އެންމެ ޞިއްޙަތު އެއްގޮތެއް ނުވާނެއެވެ. ވީމާ ރޯދައިގެ ވަރުބަލިކަން ތަންކޮޅެއް ބޮޑަށް އިޙްޞާބްކުރަންޖެހޭނެ ބައަކުވެސް އުޅޭނެއެވެ. އަދި ކުޑަކުދިންގެ ތެރޭގައި، ޚާއްޞަކޮށް އަލަށް ރޯދަހިފަން ފަށާ ކުދިންގެ ތެރޭގައި މިފަދަ ކަންކަން ހުންނާނެއެވެ. ވީމާ މިބުނެދެނީ ވަރަށް ފައިދާހުރި ދެކަމެކެވެ. ބުއްދިވެރިންނަކީ ކޮންމެ ކަމަކުން ނަމަވެސް ހޯދެން އޮންނަ އެންމެ ބޮޑު ފައިދާއެއް ހޯދަން މަސައްކަތްކުރާ މީހުންނެވެ.
ރޯދަ ހިފައިގެން ތިބޭއިރު ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއްވެސް އިޙްޞާޞްކުރެވޭނެއެވެ. އިރުއޮއްސެން ގާތްވާވަރަކަށް ވަރުބަލިކަން ބޮޑުވެސްވާނެއެވެ. އެހެންކަމުން ރޯދަވީއްލަން ގާތްވެގެން އަންނައިރު ގިނަބައަކަށް ވަރަށް ވަގުތު ދިގުވާހެން ހީވެދާނެއެވެ.
ހީވިނަމަވެސް ހިފިރޯދައިގެ ޘަވާބުކޮޅު ދޫކޮށްލަން ޓީވީތަކުން ފޮނުވާ ރޯދައަށް ފައިދާނުކުރާނެ ޕްރޮގްރާމްތައް ނުބަލާށެވެ! މާނައަކީ ﷲ ތަޢާލާ ހުއްދަދެއްވަވާފައިވާ އިންތަކުގެ ބޭރުން މަންޒަރުދައްކާ ޓިވީ ޕްރޮގްރާމަތައް ނުބަލާށެވެ. ޤުރްއާނާއި ދަރުސް އަޑުއަހައި ބެލޭނެ ޕްރޮގްރާމްތައް ބަލާށެވެ.
ހަވީރުވުމުން ނުވަތަ އިރުއޮއްސެން ކައިރިވުމުން ފުރަތަމަކަމަކަށް ހިތްވަރުކޮށްލައިގެން 10 މިނިޓްތެރޭ 10 އަޅުން މިނިވަންކުރާށެވެ! މާނައަކީ 10 އަޅުން މިނިވަންކުރިކަމުގެ ޘަވާބު ލިބިގަންނާށެވެ! ތިބާގެ ފަތުގައި 100 ހެޔޮކަން ލިޔުއްވަވައި ފާފައިގެ ފަތުން 100 ފާފަ ފުއްސަވައިލައްވަވަން ފުރުޞަތު ހޯދާށެވެ. ހަމަ ވަރަށް ކުޑަކުޑަ ޢަމަލަކުންނެވެ.
100 ފަހަރު ކިޔައިގެން 10 އަޅުން މިނިވަންކުރުމުގެ ޘަވާބު ލިބޭ 100 ހެޔޮކަން ލިބޭ 100 ފާފަ ފުހެވޭ:
لَا إِلَهَ إِلَّا اللهُ, وَحْدَهُ لَا شَرِيكَ لَهُ, لَهُ المُلْكُ وَلَهُ الْحَمْدُ, وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ
الله މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވެއެވެ. އެއީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ. ވެރިކަންވަނީ އެއިލާހަށެވެ. އަދި އެންމެހާ ޙަމްދެއްވެސް ވަނީ އެއިލާހަށެވެ. އަދި އެއިލާހު ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ.
ދެންވެސް ވަގުތު ދިގުލައި ފޫހިވަނީހެއްޔެވެ؟ ދުނިޔޭގައި ހުރެ ސުވަރުގޭގައި ކަދުރު ރުއް އިންދަން އަވަހަށް ފަށަންވީއެވެ. ކޮންމެ 2 މިނިޓަކުން 100 ރުށް އިނދައިލެވޭނެއެވެ!
ސުވަރުގޭގައި ކަދުރުރުކެއް އިންދަން ކިޔާށެވެ! ކީވަރަކަށް އެދަނީ އިންދެމުންނެވެ!
سُبْحَانَ اللهِ الْعَظِيْمِ وبِحَمْدِهِ
މަތިވެރިވެވޮޑިގެންވާ މާތް الله ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ. އަދި އެއިލާހަށް ޙަމްދު ލިބިވޮޑިގެންވެއެވެ.
رواه الترمذي 3456
ސުވަރުގޭގައި ކަދުރުރުއް އިންދުމުގެ ޕްރޮގްރާމަކީ ދަރިން ބައިވެރިކޮށްގެން އެކުދިން ލައްވައިވެސް ކުރިއަށް ގެންދެވިދާނެ ޕްރޮގްރާމެކެވެ. ބުނާށެވެ! "ދަރިފުޅާއެވެ! ރޯދަ ވީއްލަންވުމުގެ ކުރިން ސުވަރުގޭގައި ކަދުރު ރުއްކޮޅެއް އިންދަމާ ހިނގާށެވެ." ގޭގައި ގިނަ ކުދިން ތިބިނަމަ އެންމެ ގިނައިން ރުއް އިންދޭ ކުއްޖަކު ބަލާގޮތަށްވެސް ޕްރޮގްރާމް ކުރިއަށް ގެންދެވިދާނެއެވެ.
އެފަދަ ކަމަކަށް ކުދިންގެ ވިސްނުން ބަދަލުވުމުން ވަރުބަލިވާކަން އިޙްޞާޞް ކުރެވުން ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން