އަންހެނުންނަށް ރަސޫލާ (ޞޢޥ) ދެއްވެވި މަތިވެރި ޤަދަރާ ސަމާލުކަން އެނގޭނަމަ ދުނިޔޭގެ ހުރިހާ އަންހެނުން ތިބޭނީ އިތުރުއެކަލޭގެފާނުގެ ފަހަތްޕުޅުގަ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 5މ 43ސ
އަންހެނުންނަށް ރަސޫލާ (ޞޢޥ) ދެއްވެވި މަތިވެރި ޤަދަރާ ސަމާލުކަން އެނގޭނަމަ ދުނިޔޭގެ ހުރިހާ އަންހެނުން ތިބޭނީ އިތުރުއެކަލޭގެފާނުގެ ފަހަތްޕުޅުގަ!

އިސްލާމް ދީނާއި ގުޅުވައިގެން އަންހެނުން ނިކަމެތި ކުރުމުގެ ގޮތުން ތަފާތު ވާހހަކަތައް ފަތުރައެވެ. އަޅުގަނޑުގެ ސުވާލަކީ އެކަމުގަ އެއްވެސް ޙަޤީޤަތެއްވޭތޯއެވެ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެފަދަ ވާހަކަތައް ފަތުރާ އެއް ބައަކު އެފަދަ ވާހަކަތައް ފަތުރަނީ ޙަޤީޤަތް އެނގި ތިބެގެން ޙަޤީޤަތް އޮޅުވާލުމުގެ ބޭނުމުގައެވެ. އަނެއް ބައަކު ދައްކަނީ ޙަޤީޤަތް ރަނގަޅަށް އޮޅުން ނުފިލާތީއެވެ.

ތިއައީ ތަފާތު ޢިބާރާތުން ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. ތިރީގައިވާ ލިޔުމުން އެކަނިވެސް ވަރަށް ގިނަ ޙަޤީޤަތްތައް އެނގިލައްވާނެއެވެ. އިން ޝާ ﷲ

ކޮންމެ ގޮތަކަށް ބެލިނަމަވެސް އިންޞާފުވެރިކަމާއިއެކު ބަލައިފިނަމަ އެނގިގެންދާނީ އިސްލާމްދީނުގައި އަންހެނުންނަށް ދެއްވަވާފައިވާ ޤަދަރުގެ މަތިވެރިކަމެވެ. އެހެންކަމާއިއެކުވެސް ޙަޤީޤަތް ނުއެނގި ތިބެ "އިސްލާމްދީނުގައި އަންހެނުންނަކީ ލޯބިލިބިގެންނުވާ އަދި އެއްވެސް ކަމެއް ކުރުމުގެ ޙައްޤެއް ލިބިގެންނުވާ އަދި އެމީހުންނަކީ، ދީނުގެ އުސޫލުތަކަށް ގަދަކަމާއި މަޖުބޫރުކަމުން ބޯލަނބާ ބައެއް" ކަމަށްބުނެ މުސްލިމު އަންހެންބޭކަބަލުންނާ ގުޅޭގޮތުން ވަރަށް ގިނައިން ވާހަކަދައްކައެވެ.

މިފަދަ ވާހަކަތައް ގިނައިން ދައްކައި އުޅެނީ އިސްލާމް ދީނުގެ ޢަދާވާތްތެރިންނެވެ. އެއް ސަބަބަކީ އެމީހުންނަށް އިސްލާމް ދީނުގައި އޮތް ގޮތް ނުއެނގުމެވެ. ދެވަނަ ސަބަބަކީ އެނގުމުން ޙަސަދަވެރިވާ ކަމެވެ. އެހެންވެ އިސްލާމް ދީނުގެ ޙަޤީޤަތް އޮޅުވާލައި އަގުވަށްޓާލުމުގެ ބޭނުމުގައި އެފަދަ ވާހަކަތައް ދައްކަނީއެވެ.

 

ކީރިތި ރަސޫލާ ގެ ޙަޔާތްޕުޅަށް ބަލައިލާފިނަމަ އެކަމުގެ ޙަޤީގަތް ވަރަށް ރަނގަޅަށް ހާމަވެގެންދާނެއެވެ. އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުނީ އަންހެނުންނަކީ ދެރަ، ނިކަމެތި ބައެއްގެ ގޮތުގައިދެކި އެމީހުންގެ އެތައް ޙައްޤުތަކަކަށް އަރައިގަނެގެން އުޅުނު ޒަމާނެއްގައިއެވެ. އެހެންނަމަވެސް އެކަލެގެފާނު އިސްވެހުންނަވާ އަންހެނުންނަށް އިޙްތިރާމާއި ޤަދަރުކުރުމުގެ އެންމެ ފުރިހަމަ ނަމޫނާ ދެއްކެވިއެވެ.

 

އެގޮތުން، މިބަލައިލަނީ އެކަލޭގެފާނުގެ ޢުމުރުފުޅުގައި އަންހެނުންނަށް އިހްތިރާމާއ ޤަދަރުކުރެއްވި 4 ގޮތެއްގެ މައްޗަށެވެ.

• ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ ލޯތްބާއި އިޙްތިރާމުގެ މައްޗަށެވެ.

 

ކީރިތި ރަސޫލާ ، އެކަލެގެފާނުގެ ހުރިހާ އަނބިކަނބަލުންނާމެދުވެސް ކަންތައްކުރެއްވީ ވަރަށް ފުރިހަމައަށެވެ. އެބޭކަނބަލުންނާއިއެކު ވަގުތު ހޭދަކުރައްވާ، ހިތްހެޔޮކަމާއި އަޅާލުންދެއްވާ، އަދި އެކަލޭގެފާނު ދެއްވެވި ލޯތްބަކީ އޭގެ ދެވަނެއްނުވާ އެއްޗެކެވެ.

" ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާކަމެކެވެ. އެއީ، ތިޔަބއިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެމެދުގައި ލޯތްބާއި، އޯގާވެރިކަންލެއްވެވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހުރި ހެކިތަކެއްވާކަންކަށަވަރެވެ. "

سورة الرّوم : 21

ކީރިތި ރަސޫލާ ގެ އެންމެ ފުރަތަމަ އަނބިކަނބަލުން، ޚަދީޖާ (ރަޟިޔަﷲޢަންހު) އަކީ، އެކަލޭގެފާނުގެ އިޙުސާސްތައް ދެނެގަނެ އަޅާލުންދެއްވި ބޭކަނބަލެކެވެ. އަދި ކީރިތި ރަސޫލާ އަށް އެންމެ ފުރަތަމަ ވަޙީ ބާވާލެއްވެވުނުއިރު އެކަލޭގެފާނަށް ހިތްވަރުދެއްވެވީވެސް އެކަމަނާއެވެ. އަދި މުޖުތަމަޢުގައި އަމަންއަމާންކަށް ޤާއިމުކޮށް ފިތުނަ ފަސާދަތައް ނައްތާލުމަށް ކުރެއްވި މަސައްކަތްޕުޅުގައި ، އެކަލޭގެފާނު ހިތްވަރާއި އެއްބާރުލުން އެކަމަނާގެ އަރިހުން ލިބިވަޑައިގެންނެވިއެވެ.

ހަމައެއާއެކު، އެކަލޭގެފާނުގެ އަނބިކަނބަލުން، ޢާއިޝާ ( ރަޟިޔަﷲ ޢަންޙު )، ކީރިތި ރަސޫލާ ގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސްތަކުގައި، އެކަލޭގެފާނުގެ އަރިހުގައި ހުންނެވިއެވެ. ކީރިތި ރަސޫލާ އާއި ޢައިޝަތުގެފާނުގެ ކައިވެނީގެ ޙަޔާޕުޅުގައި، އެކަލޭގެފާނު އެކަމަނާ ބެއްލެވީ ވަރަށް ލޯބިންނެވެ. އެގޮތުން، އެކީގައި ކުޅުއްވުމާއި، ބުއިމެއް ހިތްޕަވާއިރު އެކަމަނާ އެތަށިން އެބުއިން ހިތްޕެވި ދިމާލުން އެކަލޭގެފާނުވެސް އެބުއިން ހިތްޕެވުމާއި އަދި ގިނަގިނައިން ލޯބީގެ ބަސްފުޅުތައް ރައްދުކުރެއްވިއެވެ.

• އަންހެނުން މުހިއްމު ދައުރުތައް އަދާކުރުމުގެ ފުރުޞަތުދެއްވުން:

ކީރިތި ރަސޫލާ ގެ އަނބިކަނބަލުން ޢައިޝަތުގެފާނަކީ މިނިވަންކަމާއިއެކު ޢާންމުންގެ ތެޜޭގައި ވާހަކަފުޅުދައްކަވާ އުޅުއްވި ބޭކަނބަލެކެވެ. އަދި އަންޞާރުގެ އަންހެންކަނބަލުން، އެބޭކަނބަލުންގެ ލަދުވެތިކަން އެއްފަރާތްކޮށް އިސްލާމްދީނާ ގުޅޭގޮތުން ސުވާލުކޮށް ދީން އުނގެނެން މަސައްކަތްކުރުމުން، އައިޝަތުގެފާނު އެކަނބަލުންނަށް ތަޢުރީފު ކުރެއްވެވިއެވެ.

ހަމައެއާއެކު، ނުޞައިބާ ބިންތި ކައްޢާބަކީ އުހުދު ހަނގުރާމާގައި ކީރިތި ރަސޫލާ ހިމާޔަތްކުރެއްވުމުގައި މަސައްކަތްކުރެއްވި ބޭކަނބަލެކެވެ. އުހުދު ހަނގުރާމާގައި ދުޝްމިނުން އެކަލޭގެފާނު ވަށާލާފައިވަނިކޮށް ނުޞައިބާ، އެކަމަނާގެ ކަނޑި ނަންގަވާ، އެކަލޭގެފާނު ދިފާޢުކުރައްވަމުންދިޔަ މަދު ބަޔަކާއި ގުޅިވަޑައިގަތެވެ.

ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. " ތިމަންކަލޭގެފާނު ކަނާޢަތަށާއި ވައަތަށް ބެއްލެވިހިނދު، ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ނުޞައިބާ ބިންތި ކައްޢާބު ދުޝަމިނުންނާއި ހަނގުރާމަކުރަމުންދިޔަ މަންޒަރެވެ. " ( ކަންޒުލް އުއްމާލު ) އަދި އެކަލޭގެފާނު އެކަމަނާއަށް ވަރަށް ތަޢުރީފުކުރެއްވިއެވެ،

އަދި އެކަމަނާވަނީ ހުނައިން ހަނގުރާމާގައިވެސް މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. ހަމައެއާއެކު އަބޫބަކުރުގެފާނުގެ ޚަލީފާކަމުގެ ދަޢުރުގައިވެސް ބައެއް ހަނގުރާމަތަކުގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވާ، ލިބިވަޑައިގެންނެވި ޒަހަމެއްގެ ސަބަބުން

އެކަމަނާގެ އެއް އަތް ބުރިވިއެވެ.

• ކީރިތި ރަސޫލާ އެކަލޭގެފާނުގެ ދަރިކަނބަލުންދެކެ އިންތިހާއަށް ލޯބިވެވަޑައިގެންނެވިއެވެ.

އެކަލޭގެފާނުގެ ދަރިކަނބަލުން، ފާޠިމާ ( ރަޟިޔަﷲ ޢަންހު ) ދެކެ ލޯބިވެވަޑައިގަންނަވާ މިންވަރު ދެއްކެވުމަށް އެކަލޭގެފާނު ފަސްޖެހިވަޑައެއްނުގަންނަވައެވެ. އެގޮތުން، އެކަމަނާ ކޮޓަރިކޮޅަށް ވަދެވަޑައިގަންނަވާހިނދު އެކަލޭގެފާނު ތެދުވެވަޑައިގަންނަވާ، އެކަމަނާއަށް ބޮސްދެއްވާ، އެކަމަނާގެ އަތްޕުޅުގައި ހިތްޕަވައި އެކަލޭގެފާނު އިށީންދެވަޑައިގެން އިންނެވި ތަނުގައި އެކަމަނާ ބައިންދަވަތެވެ.

އެކަމަނާ ދެކެ ކީރިތި ރަސޫލާ ލޯބިވެލައްވާ މިންވަރު ހާމަކުރައްވަވައި ދެއްވެވުމުގެ ގޮތުން، ކީރިތި ރަސޫލާ ޙަދީޘްކުރެއްވިކަމަށް އަލް މިސްވަރު ބިން މަޚްރަމާ ރިވާކުރެއްވިއެވެ. " ފާތިމާ ( ރަޟިޔަﷲ ޢަންހު ) އަކީ ތިމަންކަލޭގެފާނުގެ އެއްބައެވެ. އެކަމަނާގެ ކޯފާއިސްކުރާ މީހަކަށް ތިމަންކަލޭގެފާނު ކޯފާއިސްކުރައްވާނަމެވެ." ( ސަޙީހް އަލް ބުޚާރި )

• އަންހެނުންނާއިމެދު މުޖުތަމަޢު ދެކޭގޮތް އެކަލޭގެފާނު ބަދަލުކުރެއްވެވިއެވެ.

ކީރިތި ރަސޫލާ އެކަލޭގެފާނުގެ މުޖުތަމަޢުގައި އުޅުއްވި އަންހެން ބޭކަބަލުންނަށް މުހިއްމު ސަމާލުކަމެއްދެއްވެވިއެވެ. އެގޮތުން. ފިރިހެނުންގެ ބާރުގައި ތިބި އެއްވެސް އަގެއްނެތް ބައެއްގެ ގޮތުގައި ތިއްބާ، މުޖުތަމަޢުގައި ފިރިހެނުންނާއި ހަމަހަމަބައެއްގެ ގޮތުގައި ފާހަގަކުރައްވަވައި އެކަށޭނެ ޙައްޤުތައް ޤާއިމުކުރެއްވެވިއެވެ. އަދި އަންހެނުންނާއިމެދު، ކެތްތެރިކަމާއިއެކު ހިތްހެޔޮކޮށްހިތާ އެބޭކަނބަލުންގެ ޝަކުވާތައް އަޑުއެއްސެވިއެވެ.

މީގެ 1400 އަހަރުކުރިން އަޅުގަނޑުމެންގެ ރަސޫލާ އަންހެނުންގެ މަތިވެރިކަން އަހަރެމެންނަށް ދަސްކޮށްދެއްވެވިއެވެ.

އަދި އިސްލާމްދީން މެދުވެރިކޮށް އަންހެނުން ބާރުވެރިކުރުވާ ވެވުނު މިންވަރަކުން، އެންމެ ފުރިހަމައަށް ﷲ ޞުބުޙާނަހޫ ވަޠަޢާލާއަށް ކުށްތަންވުމަށް ހިތްވަރުދެއްވެވިއެވެ. އެހެންކަމުން، ކީރިތި ރަސޫލާ އަންހެނުންނަށް ޤަދަރުވެރިކުރެއްވިފަދައިން، އަހަރެމެންވެސް އަންހެންބޭކަނބަލުންނަށް އިޙްތިރާމުކުރަންއާދަކުރާށެވެ. ކީރިތި ރަސޫލާ އެތައް ފަހަރަކު ޙަދީޘް ކުރައްވާފައިވެއެވެ. " އަންހެނުންނަށް ހެޔޮކޮށްހިތާށެވެ " ( ސަޙީހް އަލް ބުޚާރީ އަދި ސަހީހް މުސްލިމް

 

މިއަދު އޮންލައިން