ދެމަފިރިން އެއްދާންކުރާއިރު އެކަކު ނަމަވެސް ދުޢާކުރާށެވެ! އެއީ ފައިދާ ބޮޑު ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ދެމަފިރިން އެއްދާންކުރާއިރު އެކަކު ނަމަވެސް ދުޢާކުރާށެވެ! އެއީ ފައިދާ ބޮޑު ކަމެކެވެ!

ކޮންމެ ކަމަކުންވެސް އުފާވެރިކަމާއި ކާމިޔާބު ލިބުން އޮތީ ޤުރްއާނާއި ސުންނަތުން އެކަމެއް ކުރަން އެނގެން އޮތް ގޮތަށް ކުރުމުންނެވެ.   

بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا   

މިދުޢާއަކީ ފިރިހެނާ އޭނާގެ އަނބިމީހާއާއި ރޭކުރުމަށް އެދޭއިރުއިރު ކިޔުމަށް ޝަރުޢުކުރެވިފައިވާ ދުޢާއެވެ. އިބްނު ޢައްބާސް رضي الله عنهما ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. 

لَوْ أَنَّ أَحَدَكُمْ إِذَا أَرَادَ أَنْ يَأْتِىَ أَهْلَهُ قَالَ بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا فَإِنَّهُ إِنْ قُضِيَ بَيْنَهُمَا وَلَدٌ فِى ذَلِكَ لَمْ يَضُرَّهُ الشَّيْطَانُ أَبَدًا. 

"متفق عليه، ورواه أصحاب السنن وغيرهم" 

މާނައީ: ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާއާ ޖިމާޢުވުމަށް ބޭނުންވެއްޖެ ހިނދު މިފަދައިން ބުނެފިނަމަ  

"އޭ މާތްﷲއެވެ. އަޅަމެން ޝައިތާނާ އާ ދުރުކޮށްދެއްވާނދޭވެ. އަދި އަޅަމެންނަށް ދެއްވާ ރިޒްޤުންވެސް (އެބަހީ: ދަރީންގެ ކިބައިން) ޝައިޠާނާ ދުރުކޮށް ދެއްވާނދޭވެ." 

ހަމަކަށަވަރުން އެދެމީހުންގެ ފަރާތުން ދަރިއެއް ލިބުމަށް މިންވަރު ކުރެވިފައިވާނަމަ އެކުއްޖާއަށް އެއްގޮތަކަށްވެސް ޝައިޠާނާގެ އުނދަގޫ ނުފޯރާނެއެވެ."  

ނަމަވެސް އަންހެންމީހާ އެދުޢާ ކީ ނަމަވެސް އެއީ މައްސަލައެއްނޫނެވެ. އެހެނީ އަޞްލަކީ [އެކަމަކީ ވަކިބަޔަކަށް] ޚާއްޞަކުރެވިފައިވާކަމެއްކަމުގައި ނުވުމެވެ.

 

- މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން