ދުލާ ވަޅީގެ އެއްގޮތްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދުލާ ވަޅީގެ އެއްގޮތްކަން އެނގޭތަ؟

ދުލަކީވެސް ހަމަ ވަޅިއެއްފަދަ ތޫނު އެއްޗެކެވެ. ވަޅިއަކާއި ނުލައި ކާއެއްޗެތިވެސް ރޯނުފިލުވޭނެއިރު ހަމައެވަޅިން އަމިއްލަ ކަރުވެސް ބުރިކޮށްލެވިދާނެއެވެ. ވަޅިން ފައިދާކުރުމާ ގެއްލުން ލިބުން އޮތީ ވަޅީގެ ބޭނުންކުރާ ގޮތުގެ މައްޗަށެވެ. ދުލަކީވެސް ހަމައެފަދަ އެއްޗެކެވެ. ސުވަރުގެ ވަންނަންވެސް ބޭނުންކުރަންވީއެވެ. ބޭނުންކުރާ ގޮތަކުން ނަރަކައަށް ވަންނަންވެސް ޖެހިދާނެއެވެ. 

ވިސްނަންވީ މިޙަދީޘްފުޅަށެވެ! 

"އެންމެ ގިނަބައަކު ސުވަރުގެ ވަންނަނީ ﷲއަށް ތަޤްވާވެރިވުމާއި، ިވެތި ޚުލްޤެވެ. (ރިވެތި ޚުލްޤުގެ ސަބަބުންނެވެ.) އަދި އެންމެ ގިނަބަޔަކު ނަރަކައަށް ވަންނަނީ އަނގައާއި ފަރްޖުގެ ސަބަބުންނެވެ." ޙަދީޘް 

ތިބާ ނަމާދުކުރަމުއެވެ. ޤުރްއާން ކިޔަވަމުއެވެ. ޛިކުރުތައް ކިޔަމުއެވެ. އެކަންކަން ކުރާ އަނގައަކީ (ދުލަކީ) ތިބާ ނަރަކައަށް ވައްދާ ގުނަވަންކަމުގައި ހަދަން ހެޔޮވާނެހެއްޔެވެ؟

 

ދުލުން ކިތަންމެ ގިނަ ހެޔޮ ކަންކަން ކުރިނަމަވެސް މީހުންނަށް ނުބައިބަސްތައް ބުނެ، ޣީބަ ބުނެ، އަރައިރުންވެ، ދޮގުހަދައި އެނޫންވެސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރާނަމަ މިޙަދީޘްފުޅުގައިވާ ފަދައިން އެދުލުގެ ސަބަބުން ނަރަކައަށް ވަންނަންޖެހިދާނެއެވެ.

އެކަމަށް ދަލީލު ލިބޭ އިތުރު ޙަދީޘްފުޅެއް ބަޔާންކޮށްލާނަމެވެ. ފަރުޟާއި ސުންނަތް ކުރަމުން ރޭއަޅުކަންވެސްކޮށް، ޞަދަޤާތްދީ އުޅުނު އަންހެނަކު އޭނާގެ އަވަށްޓެރިޔާއަށް ނުބައި ބަސްތައް ބުނެހަދާތީ އޭނާ ވައްދަވާނީ ނަރަކައަށްކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅެވެ.

(ޙަދީޘްފުޅާއި އިތުރު ތަފްޞީލް ލިޔުމުގެ ތިރީގައިވާ ގުޅުންހުރި ލިޔުމުން ބައްލަވާ!) 

ދުލުން ބުނާ ކޮންމެ ބަހަކީ ޙައްޤު ބަހެއް ކަމުގައި ހަދަން މަސައްކަތްކުރަންވާނެއެވެ. ޙަދީޘްފުޅުގައި އޮތީ ޙައްު ބަސް ނޫނީ ނުބުނުމަށާއި ޙައްޤުބަސް ބުނވެން ނެތްނަމަ ބަހެއް ނުބުނެ ހަނުހުރުމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/107873/he-prays-and-fasts-and-prays-qiyaam-but-he-mistreats-his-wife-and-neighbours

 

 

 

މިއަދު އޮންލައިން