ޢިލްމާ ހެޔޮ ވިސްނުން ދެއްވެވުން އެދިގެންނާ ސުވަރުގެ ދެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެއް- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޢިލްމާ ހެޔޮ ވިސްނުން ދެއްވެވުން އެދިގެންނާ ސުވަރުގެ ދެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެއް- ޤުރްއާނުން

ބަރަކާތުން ފުރިގެންވާ ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް ފެށިގެން ކުރިއަށްދަމުން ގޮސް ފުރަތަމަ 10 ނިމެނީއެވެ. އަބަދުވެސް ހަނދާންކޮށްދެވޭ ފަދައިން މިއީ ދުޢާކުރުމުގެ މޫސުމެވެ. ހާރުދަމުގައާއި ރޯދަވީއްލާ ވަޤުތުގައި ދުޢާކުރުމަށް މަގުފަހިވެފައި އޮތް މިފަދަ ދުވަސްތަކެއް ފާއިތުވަމުންއިރު މިފަދަ ދުޢާތައް ކުރުން ގިނަކުރަމާހެއްޔެވެ؟  

ހާރުކެއުމުގެ ވަޤުތާއި ރޯދަވީއްލާ ގަޑީގައި ކުރާ ދުޢާ ޢިޖާބް ކުރައްވަވާނެތެވެ. އިން ޝާ ﷲ. މިދެ ފުރުޞަތު ފާހަގަމިކުރަނީ މިއީ ރަމަޟާން މަހު ކޮންމެ މީހަކަށްވެސް ޙާޞިލުކުރެވެން ފުރުޞަތަކަށްވާތީއެވެ.

﴿83﴾ رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ 

އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް علم އާއި، ވިސްނުން ދެއްވާނދޭވެ! އަދި صالح ންގެތެރެއިން މިއަޅާ ލައްވާނދޭވެ!   

އިންސާނާއަށް އެންމެ މުހިންމީ ޢިލްމެވެ. ހަމައެއާއިއެކު ހެޔޮ ވިސްނުންވެސް ބޭނުންވެއެވެ. ޙިކުމަތްތެރިއަކަށް ވެވޭނީ ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ކުރަން އެނގޭ މީހުންނަށެވެ. މަތިމައްޗަށް ކިތަންމެ މަތީ ފާސްތަކެއް ނެގިނަމަވެސް އެމީހެއްގެ ކިބައިގައި ހެޔޮގޮތް ވިސްނުމުގެ ބާރު ނެތްނަމަ ލިބިފައި ހުރި ﷲާށްތަކުން ހިފޭނެ ބޭނުމެއް ނެތެވެ.

ހަމަ އެއާއިއެކު ތިމާއަކީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންތިބި ޞާލިޙުންގެ ތެރެއިން ލައްވަވައި ދެއްވެވުމަށްވެސް މިދުޢާގައި އެބަ އޮތެވެ.

ދެން މިއޮތީ އެންމެ ބޮޑަށް ބޭނުންވެގެން މިއުޅޭ ކަންތައް ޙާޞިލުވުން އެދިގެން ކުރަން އޮތް ދުޢާއެކެވެ. މިބުނަނީ ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި ހިމެނުމުގެ ވާހަކައެވެ.   

﴿85﴾ وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ 

އަދި نعمة ގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާނދޭވެ! 

(އައްޝޫރާ: 83، 84، 85)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން