ގެދޮރަށް ވަނުމުގެ ފުރުޞަތު ޝައިޠޯނުންނަށް ނުދޭން ކުރަންވީ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ގެދޮރަށް ވަނުމުގެ ފުރުޞަތު ޝައިޠޯނުންނަށް ނުދޭން ކުރަންވީ ކަންތައް-

"ޖިންނި ޝައިޠޯނުންގެ ކިބައިން ގެދޮރު ސަލާމަތްކުރަން ބޭނުންވާނަމަ ނުކުންނަމުންނާއި ވަންނަމުން ޛިކުރުތައް ކިޔާށެވެ. ގެއަށް ވަންނަން ދޮރުހުޅިވާއިރުގައާއި ގެއަށް ވަންނައިރު ބިސްމިﷲ ކިޔާށެވެ! އަދި ކަނަތުފައި އިސްކޮށްގެން ގެއަށް ވަންނާށެވެ. އަދި ކާންފަށަމުން ވެސް ބިސްމިﷲ ކިޔާށެވެ!" 

މިހުންނަނީ ސަމާލުކަންދޭ މީހަކަށް ކުރަން އެއްވެސް އުނދަގޫ ކަންކަމެއް ނޫނެވެ. މައްސަލައަކަށްވަނީ ސަމާލުކަން ނުދެވޭ ކަމެވެ. 

ޝައިޠޯނުންގެ ލަޝްކަރަށް އެއްވެސް ފުރުޞަތެއް ނެތީ ޤިޔާމަތް ދުވަހުއެވެ. އެދުވަހު ﷲ ތަޢާލާ ލަޢްނަތް ލެއްވެވި ބޮޑު އިބިލީހަށްވެސް ހުންނަންޖެހޭނީ އެންމެ ނިކަމެތި ޙާލުގައެވެ. ދާއިމަށް ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބް ލިބޭނެކަން ޔަޤީންކުރެވޭތީ ރޮއިހޭރޭ ޙާލުގައެވެ. އާދަމްގެފާނަށް ސަޖިދަނުކުރި ދުވަހު ދެއްކުނު ބޮޑާކަމަށް ކަރުނައަޅާނެއެވެ. 

ކޮންމެއަކަސް ދުނިޔޭގައި 2 ލަޝްކަރެއްވެއެވެ. އެއީ މަލާއިކަތުންގެ ފައުޖުތަކާއި ޝައިޠޯނާގެ ލަޝްކަރެވެ. އަހުރެމެންނަށް އޮތީ ޝައިޠޯނާގެ ލަޝްކަރުގެ ކިބައިން އަހުރެމެން ސަލާމަތްވެ ތިބުމަށާއި އަދި އަހުރެމެންގެ ގެދޮރު ސަލާމަތްކުރަން މަސައްކަތްކުރުމެވެ.

 

 -ޢިލްމްވެރިންގެ ބަސްފުޅުތަކުން

 

 

މިއަދު އޮންލައިން