ޙަދީޘްފުޅުގަ އޮތީ ކޮންމެ މަހަކުވެސް މަދުވެގެން ޚަތިމެއް ކުރުމަށެވެ! އެކަމަކުވެސް ރަމަޟާން މަހު ގިނަކުރަން މަސައްކަތްކުރާށެވެ! ޢުޘްމާން އަލް ޚަމީސް

ކިޔުމަށް ހޭދަވާނީ 2މ 7ސ
ޙަދީޘްފުޅުގަ އޮތީ ކޮންމެ މަހަކުވެސް މަދުވެގެން ޚަތިމެއް ކުރުމަށެވެ! އެކަމަކުވެސް ރަމަޟާން މަހު ގިނަކުރަން މަސައްކަތްކުރާށެވެ! ޢުޘްމާން އަލް ޚަމީސް

ޢާއިޝަތު ރަފާޙް ޢަލީ

 

މީހަކު ޝައިޚާ ސުވާލްކުރިއެވެ. ރަމަޟާން މަހު ޤުރްއާން އެއްކޮށް ކިޔެވުމަކީ (ޚަތިމްކުރުމަކީ) އަޅުކަމެއް ހެއްޔެވެ؟ އަދި އެއް ޚަތިމަށްވުރެ ގިނައިން ޚަތިމްކުރުމަކީ ރަނގަޅު ކަމެއް ހެއްޔެވެ؟ ނުވަތަ ރަނގަޅު ގޮތަކީ އާޔަތުގެ މާނައަށް ވިސްނުން ހެއްޔެވެ؟ 

ޝެއިޚްގެ ޖަވާބު: ކޮންމެ މަހަކު ކީރިތި ޤުރްއާން ކިޔަވާ ޚަތިމްކުރުމަކީ ސުންނަތެކެވެ. އެކަމަކީ ހަމައެކަނި ރަމަޟާން މަހު ކުރަން އޮންނަ ކަމެއް ނޫނެވެ.  

Abdullah ibn Amr reported: The Messenger of Allah, peace and blessings be upon him, said, “Read the Quran once in every month.” I said, “I have strength to do more.” The Prophet said, “Then read it in twenty nights.” I said, “I have strength to do more.” The Prophet said, “Then read it in seven nights, and do not do more than that.”

Source: Ṣaḥīḥ al-Bukhārī 4693, Ṣaḥīḥ Muslim 1971

Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim  

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޢަބްދުﷲ އިބްނު ޢަމްރު އިބްނު އަލް ޢާޞް އަށް ޙަދީޘްކުރެއްވިއެވެ. ކޮންމެ މަހަކު ކީރިތި ޤުރްއާނުން ޚަތިމެއް ކުރާށެވެ. އަދި އެއަށްވުރެ އިތުރުކުރުމަށްވެސް ވަނީ ހިތްވަރު ދެއްވަވައިފައެވެ.  

އެހެންކަމުން ކީރިތި ޤުރްއާނުން ކޮންމެ މަހަކު ޚަތިމެއް ކުރުމަކީ ސުންނަތެކެވެ.

ނަމަވެސް ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރެވެ. ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރެވެ. ވީމާ ކިޔެވުން ގިނަކުރާށެވެ!  

ސަލަފުއްޞާލިޙުންގެ ގިނަ ބޭފުޅުން އެހެން މަސްމަހު ކީރިތި ޤުރްއާން ކިޔަވާ ވަރަށްވުރެ ގިނައިން ރަމަޟާން މަހު ކީރިތި ޤުރްއާން ކިޔަވައެވެ. އެކަމުގެ ސަބަބުން މީހުން ކީރިތި ޤުރްއާނަކީ ހަމައެކަނި ރަމަޟާން މަހު ކިޔަވަން އޮންނަ ފޮތެއް ކަމަށް ދެކެން ފެށީއެވެ. ނަމަވެސް އެއީ ރަނގަޅު ބުނުމެއް ނޫނެވެ.  

ކޮންމެ މަހަކުވެސް ކީރިތި ޤުރްއާން އެއްކޮށް ކިޔަވާ ނިންމަން ވާނެއެވެ. އެކަން ކުރެވޭނީ ދުވާލަކު ފޮތެއް ކިޔަވައިގެންނެވެ.  

އަދި އިބްނު ޢައްބާސް ރިވާކުރައްވާފައިވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ކޮންމެ މަހަކު ކީރިތި ޤުރްއާނުން ޚަތިމެއް ނުކިޔަވާ މީހާ ކީރިތި ޤުރްއާން ދޫކޮށްލައިފިއެވެ.  

މިއަދު އޮންލައިން