ރޯދަމަހަކީ އަހަރެމެންގެ ތެރޭގައި ވަރަށްގިނައިން ކެއިންބުއިމުގެ ބާވަތްތައް ތައްޔާރުކުރާ، މަހެކެވެ. މި ގޮތަށް ގިނަ ބާވަތްތައް ތައްޔާރުކުރިކަމުގައި ވީނަމަވެސް އިސްރާފް ނުވާނެގޮތަކަށް ޢަމަލުކުރަމާހެއްޔެވެ.
މި ލިޔުމުގައި މި ބަލާލަނީ ތައްޔާރުކޮށްފައި ހުންނަ ކާނާ ގަނޑުކުރާނެ ގޮތަށެވެ.
- ގަނޑުކުރަން ގަސްތުކުރާ ބައި، ކެއްކުމަށްފަހު ހިހޫވުމުން 2 ގަޑިއިރުތެރޭ ގަނޑުކުރާށެވެ.
- ތައްޔާރުކޮށްފައި ހުރި ކާނާ މަތިޖެހޭ އައިސްބިއުބް ޓެރޭއަކަށް ނުވަތަ ތައްޓަކަށް އަޅާށެވެ.
- ޓެރޭއަށް ނުވަތަ ތައްޓަށް އަޅާއިރު ބައި އިންޗިވަރު ހުހަށް ބައިދަންވާނެއެވެ.
- މަތިޖެހެން ނެތްނަމަ ރަނގަޅަށް ވައި ބަންދުނުވާނެހެން ޕްލާސްޓިކް ރެޕް އަޅާށެވެ.
- ގަނޑުކުރާބައިގައި ރޯމަސްފަދަ ތަކެތި ހުރިނަމަ އެތަކެތީގައި އެއްވެސް ވަރަކަށް ނުހޭކޭގޮތަށް ވަކިން ބަހައްޓާށެވެ.
- ގަނޑުވުމުން ކާނާ/ ކިއުބްތައް ޓްރޭއިން ނެގުމަށްފަހު އެކަމަށް ޚާއްސަކުރެވިފައި ހުންނަ ފްރީޒަރ ކޮތަޅެއްގައި ނުވަތަ ވައިބަނދުވާ ތައްޓަކަށް އެޅުމަށްފަހު ގަނޑުކުރާބައިގައި ރައްކާކޮށްފައި ބަހައްޓާށެވެ.
- ތަށި ނުވަތަ ކޮތަޅުގައި ތައްޔާރުކުރި ތާރީޚް އަދި ކޮން ކާނާއެއްކަން އެގޭނެގޮތަށް ލޭބަލް ކުރާށެވެ.
ކާނާ ފަހަށްރައްކާކުރުމަކީ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް އެޅިދާނެ ރަނގަޅު ފިޔަވަޅެކެވެ.
ހަބަރު: ސަރުކާރު