އެމެރިކާގެ އެހީ ކަނޑާލުމުން ސޫދާނުގަ ޙާލުގައި ޖެހިފައިވާ ކާންދޭ ބަދިގެތަކުން 80 އިންސައްތަ ބަދިގެ ބަންދުވެއްޖެ! އެތައް މިލިއަން މީހުން މަރުގެ ތުންފަތްމަތީގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެމެރިކާގެ އެހީ ކަނޑާލުމުން ސޫދާނުގަ ޙާލުގައި ޖެހިފައިވާ ކާންދޭ ބަދިގެތަކުން 80 އިންސައްތަ ބަދިގެ ބަންދުވެއްޖެ! އެތައް މިލިއަން މީހުން މަރުގެ ތުންފަތްމަތީގަ!

ޣާއްޒާގެ މައްސަލައަކީ އެންމެ ބޮޑު މައްސަލަކަމަށްވެފައި އޮއްވައި އަދި އެކަމަށް ޙައްލެއް ނުހޯދިގެން އުޅެނިކޮށް ވަށައިގެން ހުރި މުސްލިމް ޤައުމުތަކުގައި ކަންބޮޑުވުންތައް އިތުރުވަނީއެވެ!

އެމެރިކާގެ އެހީ ކަނޑާލުމުން ސޫދާނުގަ ޙާލުގަ ޖެހިފައިވާ މީހުންނަށް ކާންދޭ ބަދިގެތަކުން 80 އިންސައްތަ ބަދިގެ ބަންދުވެއްޖެއެވެ. އެތައް މިލިއަން މީހުން މަރުގެ ތުންފަތްމަތީގައެވެ. މިހާރުވެސް ހައިހޫނުކަމުގައި ދުވާލަކު އެތައް ސަތޭކަ ބައަކު މަރުވަމުންދާ ސޫދާނުގައި މަރުވާ މީހުންގެ ޢަދަދު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.  

ސޫދާނަކީވެސް މުސްލިމް ޤައުމެކެވެ. 2020 ގެ ހިސާބުތައް ދައްކާ ގޮތުން އާބާދީގެ 91 އަކީ މުސްލިމުންނެވެ. އަދި އެންމެ ގިނައީވެސް ސުންނީ މުސްލިމުންނެވެ. މިއަދަދު ބަދަލުކޮށްލައި މުސްލިމުންގެ ނިޞްބަތް ކުޑަކުރަން އެމެރިކާގެ ބަޖެޓުގައި ހިމަނައިގެން ޚަރަދުކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ.  

ސުވާލަކީ މާތް ﷲ އިމެއް ނެތި ތަނަވަސްކަން ދެއްވަވާފައިވާ ޢަރަބި ޤައުމުތައް ކޮބައި ހެއްޔެވެ؟ ޢަރަބި ކަރައިގެ ގިނަ ޤައުމުތަކުގައި ހައިހޫނުކަން ޢާންމުވެފައިވާއިރު އެކަމަށް ވިސްނައިލެވެނީ ކިހައިވަރަކަށްބާވައެވެ!  

ސޫދާނުގެ ރައްޔިތުންނަށް މިހައި ނިކަމެތި ޙާލެއް އެޖެހުނީ އެމެރިކާގެ އެހީ ކެނޑުމުންކަމަށްވާނަމަ ސޫދާނުގެ ގިނަ ބައަކަށް އެމީހުންގެ ރިޒުޤާއި ގުޅިފައިވަނީ އެމެރިކާކަމަށް ޤަބޫލުކުރެވި އެމީހުންގެ ޢަޤީދާއަށް ބަދަލު އައުމުގެ ފުރުޞަތު ނެތްކަމަށް އެކިޔާ އިސްލާމީ ވެރިންނަށް ވިސްނެނީ ހެއްޔެވެ؟  

 

 

މިއަދު އޮންލައިން