ދަތުރުވެރިޔާ ޖަމާޢަތުގެ އެންމެންނަށްވެސް ރައުޟާއަށް ވަދެވުނު- އަދިވެސް ވަދެވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ދަތުރުވެރިޔާ ޖަމާޢަތުގެ އެންމެންނަށްވެސް ރައުޟާއަށް ވަދެވުނު- އަދިވެސް ވަދެވޭ!

ޢުމްރާވުމުގެ އަޅުކަމަށް މީހުން ގެންގޮސް ޚިދުމަތް ދިނުމުގައި ރެކޯޑް ޙާޞިލްކުރަމުން އަންނަ ދަތުރުވެރިޔާ ޖަމާޢަތުން ބުނީ ރަމަޟާން މަހުގެ ޢުމުރާއަށް މިހައިތަނަށް މައްކާއަށް ގޮސް މަދީނާއަށް ދިއަ އެންމެންނަށް (ހުރިހާ އަންހެނުންނަށާ ހުރިހާ ފިރިހެނުންނަށް) މަސްޖިދުއްނަބަވީގައިވާ އުޑުގެ ބިންކޮޅު "ރައުޟާ" އަށް ވެދެވުނު ކަމަށެވެ. އަދި މިހާރުވެސް ވަދެވޭ ކަމަށެވެ. 

"ވަރަށް ބާރު ބޮޑުކޮށް މިދަނީ. ފަހު ދިހައިގައި ކަންކަން ކުރިމަތިވާނެ ގޮތް ކިޔާކަށް އަދި ނޭނގެ. އެކަން އެނގޭނީ އެހިސާބުން، އެއްވެސް ބައަކަށް ލިބޭ ޚިދުމަތެއް އަޅުގަނޑުމެންގެ ޖަމާޢަތުގެ މީހުންނަށްވެސް ނުލިބިއެއް ނުދާނެ! އިން ޝާ ﷲ." ޖަމާޢަތުން ބުނެފައިވެއެވެ. 

"އަޅުގަނޑުމެން މަދީނާއަށް ގެންދަނީ ވަޤުތު ލިބޭނެ ގޮތަށް! 3 ދުވަހާ 2 ރޭ ލިބޭނެ! ވީމާ ރައުޟާއަށް ވަދެވޭނެ އެންމެންނަށްވެސް! އަޅުގަނޑުމެން ޚިދުމަތް މިދެނީ ބޮޑު ފައިދާއެއް ނެގުމަކަށް ނޫން! ވީހާ ފުރިހަމަ ޚިދުމަތެއް ދޭން މަސައްކަތް މިކުރަނީ! ޚިދުމަތް ދެވޭނެ ގޮތަށް ކަންކަން ކުރަމުން މިގެންދަނީ! އިން ޝާ ﷲ 

"ޑިސެމްބަރު މަހު މަދިނާއަށް ގެންދެވުނު ބައަކަށް ރައުޟާއަށް ނުވަދެވުމުގެ މައްސަލައެއް ކުރިމަތިވި. ދެން އަޅުގަނޑުމެން މައްކާއަށް އެމީހުން ގެނައުމަށްފަހު އަލުން މަދީނާއަށް ގެންގޮސް ރައުޟާއަށް ވެއްދުވީ. އެއީ ޖަމާޢަތުން ކޮށްދޭންޖެހޭނެ ކަމަކަށްވާތީ އިތުރަށް ޚަރަދުކޮށްގެންވެސް އަޅުގަނޑުމެން އެޚިދުމަތްދިނީ. އެހެންވެ މިބުނަނީ މިކަމުގައި އަޅުގަނޑުމެން ބަލަނީ ލިބޭނެ ފައިދާޢަކަށް ނޫނޭ! ވީހާ ފުރިހަމައަށް ޚިދުމަތް ދިނުމަށޭ! މާތް ﷲ ވާގިފުޅާއެކު އެގޮތުގަ ދެމިތިބޭނީ!" ގްރޫޕުގެ އިސްވެރިއަކު ވިދާޅުވިއެވެ. 

ޙައްޖު ކޯޕޮރޭޝަން ފިޔަވައި ޑިސެމްބަރު މަހުވެސް އެންމެ ގިނަ ބައަކު ޢުމްރާއަށް ގެންގޮސްފައިވަނީ ދަތުރުވެރިޔާ ޖަމާޢަތުންނެވެ. ރަމަޟާން މަހުވެސް 500 އަށްވުރެ ގިނަ މީހުން އެޖަމާއަތުން އިން ޝާ ﷲ ޢުމުރާވާނެއިރު އެންމެ ފަހު ގްރޫޕް ފުރާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން