އެކަމަކު ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮންނަ ފަދަ ރަމަޟާންމަސް އައީމަ އެއީ (އަރަބި) ނުވަތަ (އަރަބި) ތިޔަބައިމީހުން ކައިބޮއި އުޅެން، ތިޔަބައިމީހުން ކުޅިވަރުކޮށް މަޖާކޮށް އުޅެން ﷲ ސުބުޙާނަހޫ ވަތަޢާލާ ފަރުޟު ކުރެއްވި މައްސަރެކޭ. އާ އެހެންޏާ އަޅުގަނޑުމެން ރަމަޟާން މަސް ނޫން މަސްމަހުގައިވެސް ކުޅިވަރުކުޅެ މަޖާކޮށް ހަދަމު. އެކަމު ރޭގަނޑުގެ ވަގުތުތަކުގައި ރޭގަނޑުގެ މެންދަމާއި ޖެހެންދެކަ ކުޅިވަރާއި މަޖަލުގައި ބޮޑެތި މުބާރާތްތައް ރާވާ އިންތިޒާމް ކޮށް ޓީވީތަކާއި ރޭޑިއޯ ތަކާއި ހުރިހާ އެއްޗެއްގައިވެސް މުނިފޫހި ފިލުވުމަށްޓަކައި. ޝައިޠާނުންތައް އެބަ ކަސްތަޅު އެޅުވެއޭ. މި ކާއިނާތަށް މިއަންނަ ބަދަލަކީ ކޮބާ. ﷲ ސުބުޙާނަހޫ ވަތަޢާލާ މި ކާޢިނާތަށްވެސް މިހާ ބޮޑެތި ބަދަލުތައް ގެންނަވާ އަޅުގަނޑުމެން ޣާފިލްކަމުގެތެރޭ އެތައް ބަޔަކު އިންތިހާއަށް ގެއްލިގެން މިދަނީ. (އަރަބި) ރަމަޟާންމަހުގެ ފުރަތަމަ ރެއިން ފެށިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި މިވަނީ. (އަރަބި)"ޝައިޠާނުންތައް ކަސްތަޅު އެޅުވެއޭ. އޭގެ ތެރޭގައިވާ މާރިދުންތައް އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރައްވަވައޭ. އޭގެތެރެއިން އެއްވެސް ދޮރުކޮޅެއް އެއިލާޙު ނުހުޅުއްވަވައޭ." ވިސްނަވާ މުޅި ބޮޑެތި ބަދަލުތައް މިހިރަ އަންނަނީ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް އެއިލާޙު ހުޅުއްވަވައޭ، އޭގެތެރެއިން އެއްވެސް ދޮރުކޮޅެއް އެއިލާޙު ބަންދު ނުކުރައްވަވައޭ.
އަޅުގަނޑުމެންގެ ފާފަތައް ފުއްސަވާ ދެއްވާ އަޅުގަނޑުމެން އެ ނަރަކައަށް ދިއުމަށް އެވާ މަގު ބަންދުކޮށްދެއްވާ ސުވަރުގެއަށް ދިއުމަށް ވާ މަގު ފަހިކޮށްދެއްވަނީ މި މައްސަރަށްޓަކާ. ބޮޑެތި ބަދަލުތަކެއް އެ އިލާޙު މި ގެންނަވަނީ. އަދި އެއާ އެކީގައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަނީ (އަރަބި) "ﷲ ގެ ހަޒްރަތުގައި ނިދާ އިއްވަވާ ބޭކަލަކު، މަތިން ނިދާ އިއްވަވާ ބޭކަލަކު ނިދާ އިއްވަވާނެއެވެ." (އަރަބި) "އޭ ހެޔޮކަމަށް އެދޭ މީހާއެވެ. ހެޔޮކަމަށް ދަހިވެތިވެފައިވާ މީހާއެވެ. ހެޔޮ ޢަމަލުތަކަށް ބޭނުންވެފައިވާ މީހާއެވެ." (އަރަބި) "ތިބާ މި މައްސަރާޢި ކުރިމަތިލާށެވެ. އަވަސްވެގަންނާނެށޭ މިމައްސަރުގައި މިވާ ދަރުމައާއި ޘަވާބު، ދިންނެވުމާއި ފުއްސެވުން ޙައްޤު ވުމަށްޓަކާ" (އަރަބި) " އޭ ނުބައި ކަންތައް ކުރުންމަތީ އާދަވެފައިވާ މީހާއޭ. ނުބައި ކަންތައްތަކުން ދުރުހެލި ނުވެވިފައިވާ މީހާއޭ. ނުބައި ކަންތައްތައް ކުރުންމަތީ ދެމި ހުންނަ މީހާއޭ." (އަރަބި) " ތިބާ އެކަންތައްތައް ހުއްޓާލާށެވެ. މި މައްސަރުގެ ހުރުމަތަށްޓަކާ، މިމައްސަރުގައި މިވާ ދަރުމައާއި ޘަވާބަށްޓަކާ، ދިންނެވުމާއި ފުއްސެވުމަށްޓަކާ އެކަންކަން ދޫކޮށްލާށޭ. އެއްފަރާތް ވާށޭ. އެކަންކަމުން އެއްކިބާ ވާށެވެ.´"
އެއަށްފަހު ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވަނީ (ޢަރަބި) " އަދި ﷲ ތަޢާލާއަށް ވެއޭ މިރޭތަކުގެ ތެރެއިން ކޮންމެ ރެއެއްގައި އެއިލާޙުގެ އަޅުތަކުންގެ ތެރެއިން އެތައްބަޔަކު ނަރަކައިން މުއްތި ކޮށްދެއްވާ ސަލާމަތް ކޮށްދެއްވުން." އަޅުގަނޑުމެން ވިސްނަވާ އަޅުގަނޑުމެން ތެރެއިން ކިތައް މީހުންތޯ މި ރަމަޟާންމަހުގައި ރޭތަކުގައި ހޭދަކުރާއިރު ދެއަތް އުފުލާ ދުޢާ ކުރަނީ (اللهم أجرنا من النار) " މިއަޅާ ނަރަކައިން މުއްތިކޮށްދެއްވާ ސަލާމަތް ކޮށްދެއްވާންދޭވެ." އެތައް ބަޔަކު އެއިލާޙު އެހެރަ ނަރަކައިން ސަލާމަތް ކޮށްދެއްވުމަށް ކަނޑައަޅުއްވަވަނީ. އަދި ގޭގަ އަޅުގަނޑުމެންނަށް ނަމާދުގެ ސަޖިދައިގައިވެސް، ރޭގަނޑުގައި ހާއްސަކޮށް ފަރުޟު ނަމާދު ތަކުގައިވެސް އެ ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ކިޔުމަށްފަހު އަދި ޚާއްސަކޮށް ސުންނަތް ނަމާދުތަކުގައި ރޭ އަޅުކަމުގައި ތަރާވީޚް ނުވަތަ ދަމުނަމާދު ކަމުގައި އަޅުގަނޑުމެން ކީ ނަމަވެސް އެއީ އެއްނަމާދެއް. ސަޖިދައިގައި އެ އޮންނަ އިރު، ﷲ އާ އެންމެ ކުއްތަންވާ ގަޑީގައި އަޅުގަނޑުމެން މި ދުޢާ އެންމެ ފަހަރަކު ނަމަވެސް ދަސްކޮށްލައިގެން ކިޔާލަން ކީއްތޯ ވާނީ، ނަރަކައިން ސަލާމަތް ވުމަށް އެދޭނަމަ.
އެހެންވީމާ މިކަމުން މަޙްރޫމްވާ ބައެއް ކަމުގައި، މިކަމުން އެއްކިބާވާ ބައެއް ކަމުގައި އަޅުގަނޑުމެން ނުވާންވީ ކިހިނެއްތޯ އަޅުގަނޑުމެންނަށް މިހާ މަތިވެރި ދަރުމައާއި ޘަވާބު އެއިލާޙު މިންވަރު ކޮށްދެއްވާފައި ވާއިރު. އަޅުގަނޑުމެންފަދަ ހެޔޮޢަމަލުތައް މަދު ފާފަތައް ގިނަ ބަޔަކު މީގެން މަހްރޫމްވެގަންނާނީ ޙަޤީގަތުގައިވެސް އަބާއްޖަވެރިއަކު މެނުވީ އޭގެން މަހްރޫމްވެ ނުގަންނާނެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެހެން ޙަދީޘް ބަސްފުޅެއްގައި ބަޔާން ކުރައްވާފައިވޭ. އެގޮތުން އެކަލޭގެފާނު ބަޔާންކުރައްވަނީ " ރަމަޟާންމަސް އައުމުން (އަރަބި) "ރަމަޟާންމަސް ތިޔަބައިމީހުންނާ ބައްދަލު ކުރައްވައިފިއެވެ." (އަރަބި) " ބަރަކާތްތެރި ވެގެންވާ މައްސަރެކެވެ. އެ މައްސަރުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންގެ މައްޗަށް ރޯދަހިފުން ފަރުޟު ކުރެއްވެވިއެވެ."
- ޝައިޚް އާދަމް ނިޝާން އަލީގެ ދަރުސަކުން