ސަރުކާރު ހޮސްޕިޓަލްތަކުން ބަލިމީހުންނަށް ޒިޔާރަތްކުރާ ވަގުތު އިތުރު ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ސަރުކާރު ހޮސްޕިޓަލްތަކުން ބަލިމީހުންނަށް ޒިޔާރަތްކުރާ ވަގުތު އިތުރު ކޮށްފި

ސަރުކާރުން މާލެ ސަރަހައްދުގައި ހިންގާ ހަތަރު ހޮސްޕިޓަލަކުން ބަލިމީހުންނަށް ޒިޔާރަތްކުރާ ވަގުތު އިތުރު ކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ރަމަޟާން މަހާ ގުޅިގެންނެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުލްރައްޒާޤް ޙަލީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލޭ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލުން ބަލިމީހުންނަށް ޒިޔާރަތްކުރާ ވަގުތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިއަދު އޮންލައިން